ގދ. ފަރެސްމާތޮޑާ ރޭއަލިވާގޭ އަހުމަދު ޝިފާއު.
27 އޯގަސްޓް 2019 - 20:59
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު ކަމާއި އެތަނުގެ ރައީސްގެ މަގާމުން ގދ. ފަރެސްމާތޮޑާ، ރޭއަލިވާގޭ އަހުމަދު ޝިފާއު، މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ ވަނީ ވަޒީފާ ބެހޭ ޓްރައިބިއުނަލުން އިސްތިއުފާ ދެއްވަން ނިންމަވައި މިއަދު ރައީސް އޮފީހަށް ސިޓީ ފޮނުއްވައިފަ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލާ މިދިޔަ މެއި މަހުގެ ތެރޭގައި ގުޅިވަޑައިގަތް ޝިފާއު އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެ އެވެ.
ޝިފާއު ޓްރައިބިއުނަލް އަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ ހުންނެވީ ކަސްޓަމްސްގެ މަތީ މަގާމެއްގަ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އައިމިނަތު އަބްދުﷲ ޒުހައިރާއި ފާތުމަތު މަހީރާ މުހައްމަދާއި އަބްދުﷲ މިފްރާޒް ނިޒާރާއި މުހައްމަދު ޒާހިރާއި މަރިޔަމް ޝަމްއާ އިބްރާހިމާއި މަރިޔަމް ރިޝްފާ އެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާގެ މައްސަލަތައް ބަލާ އިދާރާ އެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްުޔަންކޮށް، ވަކި ކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާއޫދު
28 August 2019
ތި ޓްރައިބިއުނަލުން އަދުލުވެރިކޮށް މައްސަލައެއް ނިންމަނީ ވަރަށް މަދު ފަހަރަކު. މައްސަލަތައް ނިންމަނީ މަގުބޫލު އުޒުރެއްނެތި ކަންޒު ކަހަނބުގެ ސްޕީޑްގައި. މައްސަލައެް ނިންމާ ދުވަސް ލިޔުމުން އަންގާފަ ކުއްލިއަކަށް ކެންސަލްކޮށްފަ 6 މަސްދުވަސްވަންދެން އެކަށީގެންވާ ޖަވާބެއްނުދީ ހިފަހައްޓާފަވެސް އެބަހުރި .