ދިވެހި ހައްޖުވެރިންގެ ބަޔަކު ޖަމްރާތަކަށް ހިލަ އުކަން ދަނީ -- ފޮޓޯ: އަހުމަދު އަބްދުﷲ ސައީދު
19 ސެޕްޓެމްބަރ 2016 - 17:00
މި އަހަރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހާލު ސީރިއަސްވެގެން ފަރުވާދެމުން އަންނަ މީހާ އޮތީ ކޯމާއެއްގައި ކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ފިރިހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.
"އެ މީހާ އަށް ފަރުވާދެނީ އަދިވެސް އައިސީޔޫގައި، އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނާދޭ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ އޮންނަނީ ކޯމާއެއްގައި،" ޔާމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި އެ މީހާގެ ވަނަވަރު މީޑިއާ އަށް ހާމަކުރަން އާއިލާއިން ދެކޮޅެވެ. އެހެންކަމުން އެންމެ ކުޑަވެގެން އޭނާގެ އުމުރާއި، ދިމާވީ ކޮން މައްސަލައެއް ކަމެއް ވެސް ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި ހައްޖު ދުވަހުގެ ކުރިން އެ މީހާ އެޑްމިޓްކުރީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ.
މި ފަހަރު ހަރަމައިން ޖަމާއަތުގެ ހަވާލުގައި ދިޔަ މީހަކާއި ސިސިލްފަރު ޖަމާއަތުގައި ދިޔަ މީހަކު ވަނީ ނިޔާވެފަ އެވެ.
ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ވަނީ ފަށައިފަ އެވެ. އެގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ގިނަ ބަޔަކު މިހާރު އަތުވެއްޖެ އެވެ.
ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އަނެއް 1000 މީހުން ދިޔައީ އެހެން ފަސް ގުރޫޕެއް ކަމަށްވާ ސިސިލްފަރު، ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟާމި
20 September 2016
ޝަފާކަ ﷲ.
ޏަމޭ
19 September 2016
ނަން ހާމަ ނުކުރަނީ އަނެއްކާ ކިހިނެއްވީބާ.
ގގ
19 September 2016
ހައްޖަށް ދިޔަ 2،000 ދިވެހިންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ގެންދިޔައީ ހައްޖު ކޯޕަރޭޝަނުންނެވެ. އަނެއް 1000 މީހުން ދިޔައީ އެހެން ފަސް ގުރޫޕެއް ކަމަށްވާ ސިސިލްފަރު، ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުންނެވެ. ސަލާމް