ކުޅުދުއްފުށީ މަތިން ނަގާފައިވާ ފޮޓޯއެއް: އެއާޕޯޓު ހަދަން ނެގި ދެ ގޯއްޗެއްގެ ވެރިފަރާތަށް ފައިސާ މިއަދު ހަވާލުކުރާނެ ކަމަށް މެޖިސްޓްރޭޓް ކޯޓުން ބުނި .-- ފޮޓޯ: އިރުޝާދު
03 ސެޕްޓެމްބަރ 2019 - 15:02
އެއާޕޯޓު އަޅަން ހދ. ކުޅުދުއްފުށިން ނެގި ދެ ގޯއްޗަކަށް ބަދަލުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކޮށްފި އެވެ.
އެ ރަށުގައި އެއާޕޯޓު އަޅަން 18 ގޯތި ނެގި އިރު، ގޯތީގެ ބަދަލަށް ދޭން ކަނޑައެޅި އަދަދާ މެދު ހިތްހަމަނުޖެހިގެން ދެ ގޯއްޗެއްގެ ވެރި ފަރާތް އެ މައްސަލަ މިދިޔަ އޮކްޓޫބަރު މަހު ހައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަ ބެލުމަށް ފަހު، މައްސަލަ ހުށަހެޅި ޑޭޒީވިލާގެ ވެރިފަރާތް އަލީ އިސްމާއިލް އާއި ކުލަވަރުގޭގެ ވެރިފަރާތް މޫސާ ހަސަނަށް ދޭން ކަނޑައަޅާފައި ވަނީ އަދުލްވެރި ބަދަލެއް ނޫން ކަމަށް ހައި ކޯޓުން ނިންމި އެވެ. އަދި އެ މައްސަލަ އަލުން ބަލަން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުކުމް ކުރި އެވެ.
އެ ރަށު ކޯޓުން މި މައްސަލަ އަލުން ބެލުމަށް ފަހު އަލީ އިސްމާއިލަށް 1.1 މިލިއަން ރުފިޔާ އާއި މޫސާ ހަސަނަށް 950،000 ލައްކަ ރުފިޔާ ދޭން މިދިޔަ މަހު އަށެއްގައި ހުކުމްކުރި އެވެ. އެ ހުކުމާ އެއްގޮތަށް މިދިޔަ މަހު 29 ގައި ދައުލަތުން ވަނީ އެ ފައިސާ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ޖަމާކޮށްފަ އެވެ.
އަލީ އިސްމާއިލް "މިހާރު" އަށް ބުނީ ފަހުން ކަނޑައެޅި އަދަދާ މެދު ވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ. ނަމަވެސް މައްސަލަ ދިގުދެމިގެންދާނެތީ، އިސްތިއުނާފު ނުކުރަން ނިންމީ ކަމަށް ބުންޏެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ބުނީ އެ ދެ މީހުންނާ މިއަދު ފައިސާ ހަވާލުކުރާނެ ކަމަށެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ގޯތީގެ ބަދަލުގައި ދޭން ކަނޑައެޅި ފައިސާއާ މެދު ހިތްހަމަނުޖެހިގެންނެވެ. ޑޭޒީވިލާގެ ބަދަލުގެ ގޮތުގައި އެފަހަރު ކަނޑައެޅީ 850،000 ރުފިޔާ އެވެ. އަދި ކަލަވަރުގޭގެ ބަދަލުގައި 650،000 ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޯގަޓު
04 September 2019
ހ.ދ ގައި ޖެހިޖެހިގެން ހުންނަ ރަށްރަށުގައި އެއާޕޯޓު އަޅައިދޭއިރު ކީއްވެގެންތޯ ހ.އގައި އެގޮތަށް އަޅައިނުދެނީ. ކީއްވެގެންތޯ މިދިއްދުއާއި އިހަވަންދޫގަ އެއާޕޯޓު ނެތީ.
ބޯންތަށި
04 September 2019
ކަލެޔަށް ފުރަތަމަ ޖިއޮގްރަފީ ކިޔަވައިދޭން ޖެހޭނީ. އެއިރުން ތިޔަކަހަލަ ގަމާރު ސުވާލެއް ނޫފެދޭނެ
ޕިއުނިކާއްތޯ ވާމޮސް އެންތޯނިއޯ
04 September 2019
ދިއްދޫ މީހުން ފްލައިޓް ލަސް ވެގެން އެއަރޕޯޓް ހަލާކު ކޮއްލަފާނެތީ. ދިއްދޫ މީހުންގެ ވިސްނުން އަދި އުޅެނީ ދެހާސް އަހަރު ފަހަތުގަ ކަމައްވާތީ. ތަންކޮޅެއް ތަހުޒީބުވެލީމަ ރަނގަޅު ވާނެ
Solah
03 September 2019
އަލިބެއްޔާ. ޔާމީން އެ 2 ގެ ނެގީ ޔާމީނުގެ އަމިއްލަ ބޭނުމަށްތަ؟
އާޒިމްކަޅޭ
03 September 2019
ފައިސާ ފައިސާ ވައްކަން ވައްކަން. ދެވަނަ ކަމެއް ކުރާތީ އެބަފެނޭ؟
އަލިބެއްޔާ!
03 September 2019
ސަޅިއެއްނު. ޔާމީނު ގެ ނެގީ. އިބޫ ބަދަލު ދޭން މިޖެހުނީ.
ހަސަނު ގެ އަލީ
03 September 2019
ބަދަލު ދެން ޖެހެނީ ރައްޔިތުންގެ ފައިސާ އިން . ކޮންމެ މީހަކު ވެރިކަމަށް ހުއްޓަސް
މާރަނގާ - އައްޑޫ ސިޓީ
03 September 2019
މާލޭ އެއަރޕޯޓާއި ގޭން އަދި ހަނިމާދޫ މި 3 އެއަރޕޯޓް އިންޓަނޭޝަނަލް އެއަރޕޯޓްގެ ގޮތުގައި ތަރައްޤީކޮށް ރާއްޖެއަންނަ ބަޖެޓް އެއަރލައިން ތަކަށް މާލޭ އެއަރޕޯޓް ބަންދުކޮށް ގޭން އަދި ހަނިމާދޫ ބޭނުން ކުރުމަށް އެންގުމާއި އެކު މޯލްޑިވިއަންގެ މައި ހަބަކަށްވެސް ގޭން ނުވަތަ ހަނިމާދޫ ހަދާ މާލޭ އެއަރޕޯޓްގެ ލޯޑް ކުޑަކުރާންޖެހޭ. * * ކުޅުދުއްފުށިންހަނިމާދުއަށް 100 މީހުންގެ ޑެއިލީފެރީބާއްވާ ތިތަންސިފައިންގެބޭނުމަށްހަމަޖައްސާ ދައުލަތުންއިސްރާފްޙަރަދުކުރުން ހުއްޓާލާ.
ވަރައްސަލާން
03 September 2019
ގަމާރުކަމައެވެ ހަނިމާދޫ އަކީ ވަރައް ހަނިކޮން ދިގުކޮއް އޮންނައަށެއް 35 މޭލައް ވައި ޖެހުނަސް ފުލައިޓު ނުޖެއްސޭނެ އަރިބިތައް ވައިހުންނާނީ ނަމަވެސް އެނޫން ގޮތަކައް ރަންވޭ އެޅޭކައްވެސްނެތް ނަމަވެސް ކުޅުދުއްފުށި އެއާޕޯޓަކީ 40 މޭލައް ވައިޖެހުނަސް ލޮކޭޝަން އިންނަގޮތުން ދެމޫސުމައް ފަހިއެއާޕޯޓެއް ދާދިމިދާކައް ދުވަހު 35 މޭލައްވައި ޖެހޭތީ 4 ގަޑިއިރު ވައިގެ ތެރޭއޮވެ ނުޖެއްސިގެންމާލެދިޔައީ ހަނދާން ވެއްޖެތަ ކުޅުދުއްފުށި އެއާޕޯޓު ހަމަބެސްޓުވާނެ ޖައްސާލައްޗޭ
ޙަސަން އަޙްމަދު
03 September 2019
ގޭން އެއާޕޯޓެއް ރާއްޖެއަކު ނޯވޭ. އޮންނަނީ ގަން އެއާޕޯޓެއް. އިނގިރޭސި އެކްސެންޓުން ކިޔަސް ގާފު އޭބޭފިލި ޖަހައިގެން ގޭނެކޭ ނުކިޔޭނެ. ލޮލް
ލައްޑޫ.
03 September 2019
ާހައްހައްހާ ހޭބަލިވިޔަސް ބޮޑުވަރު ގޭން މީ ކޯޗެއް ހައްހާ
ނަބީލާ
04 September 2019
ގޭން އޭ ކިޔުނަސް އެއީ ގޯހެއް ނޫން. މީހަށް ކިޔޭ ކުޑަކުޑަ ކުށަކަށް ތިޔަވަރަށް ފާޑު ކިޔާކަށް ނުޖެހޭނެ. ތިންކް އައުޓްސައިޑް ދަ ބޮކްސް.
ރޮށިދޮލަނގު
04 September 2019
ތީ ތިޔަފަރާތުގެ ހިޔާލު ނަމަވެސް އެއީ ހަމައިގަ ތިބޭބަޔަކު އެކަންކުރަން ހިތުވެސް ނުލާނެ ކަމެއް ފުރަތަމަވެސް ތިޔަބުނީ ކުޅުދުއްފުއްޓޭ މިރަށައް ތިކަހަލަ ނިޔަތެއްއޮވެ ކުޑަބޭރު އަރާލިޔަސް ނަތީޖާ ވަރައް ހިތިވާނެ އަމީންދީދީގެ ނިމިދިޔުމައް ބަލާލިޔަސް އެކަން ސާފުވާނެ ވީމާ ހަމައިން ނެއްޓޭވަގުތު ތިޒާތުގެ ހަސަދައިގެ ހިޔާލެއް އައުމަކީ ހަމައިގަތިބޭ މީހުން މިވަރައްވެސް ރައްދެއް ދޭންޖެހޭ ކަމެއްނޫން
ހަގީގީ ބަދަލު
03 September 2019
އަސްލު ތި މައްސަލަ ދެ ފަރާތުންވެސް އިސްތިއުނާފުކުރަން ފެނޭ. މި ޒަމާނަށް ބަލާއިރު ތިއަދަދު އަދިވެސް ކުޑަކަމަށް ފެންނާތީ. އިމާރާތް ކުރުމުގެ އަގު މައްޗައް ގޮސްފައިވަނީ ވަރަށްބޮޑަށް
ޔާމީނު ގެ ސައި
03 September 2019
ބައެއްގެ ދިރިއުޅުމުގެ އަގަކީ 1 މިލިޔަން ވެސް ހަމަ ނުވާއަގެކެވެ. އަނެއް ބަޔަކުގެ ސަޔަކަށް ވެސް 1މިލިޔަން ޑޮލަރެވެ.
މޫސާފުޅު
03 September 2019
ކުޅުދުއްފުށީގަ ކީއްވެގެންތޯ އެއާފޯތެއް އަޅަން ޖެހެނީ ޖެހިގެން އޮތް ރަށުގަ އެއާފޯތެއް އޮއްވާ އަދި ގިނަ ރަށްރަށާ ކައިރީގަ ހުރި އިހަވަންދޫ ފުނަދޫ މަނަދޫ ފަދަ ބިންބޮޑެތި ރަށްރަށުގަ އެއާފޯތު ނާޅާ. ފޯޓުވެސް ހެދީ ކުޅުދުއްފުށީގަ، މިހިސާބު އެހެން އެއްވެސް ރަށެއްގަ ފޯޓެއް ހަދައިނުދޭ. މާލެއާ ކުޅުދުއްފުށީގަ އެކަންޏެއްނޫނޭ ވޯޓުފޮށި ހުންނަނީ.
ލައުރާ
03 September 2019
ބޭފުޅާޔައް ނޭނގޭތޯ އެކަކުންޏެއް ހަރުކޮންނަންޖެހެނީ އެކަކުންޏެއްގެ ވަރުންކަން އެކަން ނޭނގޭނަމަ ވަރައްދެރަ
ވިސާމާ
03 September 2019
ތި ސުވާލު ދެން ކުރުމުގެ ބޭނުމެއް ނެތް އެއާޕޯޓު އެއޮތީ އަޅާފަ. ހދ އާބާދީގަ ދިރިއުޅޭ ހަތާވީސް ހާސް މީހުންގެ ތެރޭން 12 ހާސް މީހުން ދިރިއުޅެނީ ކުޅުދުއްފުށީގަ. އަނެއް 15 ހާހުގެ ތެރޭން އެންމެ ގިނަ ބަޔަކު އުޅެނީ ކުޅުދުއްފުށީ ކައިރި ރަށްތަކުގަ. އެހެންވީމަ ހދ އަތޮޅު ގިނަ ބަޔަކަށް ފަސޭހަ ވާނީ ކުޅުދުއްފުށި