އެންޑީއޭގެ އޯޕަންޑޭ ފެށުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ވާހަކަދައްކަވަނީ.-- ފޮޓޯ: ޖެންޑާ މިނިސްޓްރީ
14 ސެޕްޓެމްބަރ 2019 - 13:40
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ތަފާތު ވިސްނުމެއް ގެންގުޅެންޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އޯޕަންޑޭ ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގައުމެއްގެ ތަރައްގީއަށާއި ކުރިއެރުމަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިވާއިރު މަސްތުވާތަކެތީގެ ވަބާއަކީ އެއް ގޮންޖެހުން ކަމަށެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު އެއީ ގައުމު ބިނާުކުރުމުގައި ދަތިތަކާއި ހުރަސްތައް ކުރިމަތިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އީޖާދުވަމުންދާ އާ ގޮތްތަކާ އެއް ހަމައެއްގައި މަސައްކަތް ކާމިޔާބުކުރަން އާ ޕްލޭންތަކަށް މަސައްކަތްކުރަންޖެހެ އެވެ. އޭގެތެރެއިން ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން މުޅި މުޖުތަމައުއަށް ކުރާ އަސަރު އެންމެންނަށް ވިސްނޭނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން އިގްތިސޯދީގޮތުން ވެސް ނޭދެވޭ އަސަރުކުރަމުންދާ ކަމަށެވެ. ރާއްޖޭޣެ އިގްތިސޯދުގައި ދައުރުވާ ބޭރު ފައިސާ ބޭރަށްދިއުމާއި ވަޒީފާގެ ބާޒާރަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އުފެއްދުމަށް ހުރަސްއެޅިގެން ދިއުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.
"އެހެންކަމުން މަސްތުވާތަކެއްޗާ ދެކޮޅަށް ތެދުވެ، މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން އެކި ފަންތީގައި އަންނަނީ ކެނޑިނޭޅި މަސައްކަތްތައް ކުރަމުން. އޭގެތެރޭގައި މަސްތުވާތަކެތިން ލިބޭ ގެއްލުންތަކާ މެދު އާއްމުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހުނަނުދީ ރައްކާތެރިކަމާއެކު ތަންފީޒީ އެކި ބާވަތުގެ ފިޔަވަޅުތައް އެޅުން ހިމެނޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، އެކަމުގެ ސަބަބުން އަސަރުކުރާނީ މަސްތުވާތަކެތީގެ ޝިކާރައަށްވެފައިވާ މީހާ އާއި އެ މީހެއްގެ އާއިލާއަށް އެކަނި ކަމަށް ގިނަ ބަޔަކަށް ވިސްނިފައި އޮތް ކަމުގައި ވިއަސް އެކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެންނަށް ފޯރާ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެތައް ބަޔަކު ފަރުވާ ހޯދުމަށް ފަހު އަނބުރާ މުޖުތަމައުއަށް ނިކުންނަށް، އެދިފައިވާއިރު، އަމިއްލަ ފަރާތްތަކުން ރިހެބިލިޓޭޝަން ސެންޓަރުތައް ހެދުމަށް ހުޅުވާލުމަކީ އެ ފަދަ އެއް ސިޔާސަތުކަމަށާއި އެއީ ބައެއް ގައުމުތަކުން ކާމިޔާބާއެކު ތަޖުރިބާކުރަމުން އަންނަ ސިޔާސަތެއްކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނިރު
15 September 2019
ރަށް ރަށުގަައި މަސްތުވާތަކެތި ވިއްކަނީ ފާޅުގައި. ބައިއަޅަނީ ފުލުހުނަށް. ރިޕޯޓުކުރާކަށް އާންމުނަކަށް ނުކެރޭ، ރިޕޯޓު ކޮށްފަ ގެއަށް ދާއިރު ވިއްކާމީހުން ތިބެނީ ގޭދޮރުމަތީ. މިއީ ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމް.
ވާލުސޮރު
15 September 2019
ސިދާތާމެން ތެދުބަހުން ކަން އޮންނަ ގޮތަށް ބުނީމާ ބައެއް ފޭކު ދިވެހިންނަށް ހަޖަމެއްނުވޭ. އެކަމެއް އޮންނަ ގޮތް ގަބޫލުކޮށްގެން އެކަމެއް ހައްލުވެސް ގެނެވޭނީ
އަހުމަދު.
15 September 2019
މަސްތުވާ ތަކެތީގެ ބޮޑެތި ހާލިތައް އެކި ރަށރަށުގަ އެބަހުރި. ހަމަ އެރަށް ރަށުގަ ޕޮލިސް ސްޓޭޝަން ތަށްވެސް އެބަހުރި. މާލޭން އެތަކެތި ގެންދިއުމެއްވެސް ނުހުއްޓުވެ. ޕޮލިހުން މިކަންކަމުގެ ތެރެއަށް ވަދެ އިހުލާސްތެރިކަމާއެކު މިކަން ހައްލުކުރާކަށް ބޭނުމެއްނުވެ. ވީމާ މިކމުގެ ހައްލަކީ ރަށްރަށުގަހުރި ހުރިހާ ޕޮލިސް ސްޓޭޝަން ތަށް ބަންދުކޮށްފައި ޕޮލިހުންގެ ވަޒީފާތަށް އުވާލާ މަސްތުވާތަކެތީގެ މައްސަލަތަށް ހައްލުކުރުމަށް ރައްޔިތުންނާ ޙަވާލުކުރުން ނޫންގޮތެއްނެއް.
ނަރީމާ
15 September 2019
"އާގޮތެއް، އެހެން ގޮތެއް" ހޯދާކަށް ނުޖެހޭ... މަސްތުވާތަކެއްޗޭ ބުނާއިރަށް، ޤާނޫނު ހުއްޓި، ދައުލަތް މަރުތަޅު އެޅެވޭކަށް ނުޖެހޭ.. މަސްތުން ސާފު ރާއްޖެއެއް ހޯދަންޖެހޭ. އެކަން ނުކުރެވެންޏާ ބަހަނާނުދައްކާ، ހަނުހުރުން ވެސް މާރަނގަޅު.
ކިޑު
15 September 2019
ކޮންމެ މަސްތުވާތަކެއްޖެއް ފަހަތުގައި ބެޑުސީޓެއް
ފެން ފޯއް ރުއްކެޑި
15 September 2019
މަސްތުވާތަކެތި ގެންގުޅޭ އެއްމްން ކައިރީބުނޭ އްތިކޮޅު ހިފައިގެން ނައްތާލަން އަމިއްލައަށް އަންނާށޭ އެވަރުކަމެކޭ ތީ
ތަށަމަ
14 September 2019
ސިންގަޕޫރު ނަމޫނާއަކަށްހަދާ! ހުއްޓުނީ
ޑަބަލްބެޑުސީޓް
14 September 2019
ބެޑުސީޓެއް އޮޅާލަނިކޮން ހުއޓިދާނެ
ގާފިލާ
14 September 2019
މަސްތުވެގެން މަގުގައި ހިނގާނުލެވި ކިތައް މީހުންފެނޭ..ފުލުހުންނަށްވެސް ފެންނާނެތާ އެކަމު މަސްތުވެގެން ހުއްޓަސް މައްސަލައަކަށްނުވޭ..އެހެންނަމަ ހައްޔަރުކޮށް ގެންދާނެ.
ރުވާފު
14 September 2019
އާވިސްނުން ވިސްނަންވީ ކޮންބައެއްތަ..ވިސްނާ ދިރާސާކޮށްހަދާ ވާހަކަ ނުދައްކާ ހުއްޓުވަންޖެހޭ އަމަލީ މަސައްކަތްކޮށްބަލަ..