ޑރ. އަލީ ނަސީރު މުހައްމަދު، އޭނާއަކީ މިހާރު ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލެޓްރަލް. ފައިލް ފޮޓޯ
19 ސެޕްޓެމްބަރ 2019 - 14:25
އދ. އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދަށް ފޮރިން މިނިސްޓްރީން އާ މަގާމެއް އަނެއްކާވެސް ދީފި އެވެ.
ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު "މިހާރު" އަށް ވިދާޅުވީ "ސެކްރެޓަރީ، މަލްޓިލެޓްރަލް"ގެ މަގާމު އަލީ ނަސީރަށް ދެއްވީ ސަފީރުކަން ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ އަށް ވަޑައިގަތުމުން ހަމަ އޭރު ކަމަށެެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ވެސް ނަަސީރު ބައިވެރިވެވަޑައިގަންނަވަ އެވެ.
ޑރ. އަލީ ނަސީރު މުހައްމަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަރިހުގައި ޗައިނާގައި. ފޮޓޯ: ފޮރިން މިނިސްޓްރީ
އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުކަމާއި އެމެރިކާއަށާއި ކެނެޑާ އަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމު ނަސީރަށް ދެއްވީ 2017 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. އެހާތަނަށް އޭނާ ހުންނެވީ ފޮރިން ސެކްރެޓަރީކަމުގެ މަގާމުގަ އެވެ. ނަސީރުގެ ސަފީރުކަން ނިމުމަކަށް އައީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަގާމަށް އައްޔަން ކުރެއްވި ތިލްމީޒާ ހުސައިން މިދިޔަ މޭމަހު މަގާމާ ހަވާލުވެވަޑައިގެންނެވުމުންނެވެ.
ސަފީރުކަން ނިންމަވާލެއްވި ދުވަހު ކުރެއްވި ޓްވީޓެއްގައި ނަސީރު ވިދާޅުވީ އދ. އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބުގެ މަގާމުގައި ޑިޕްލޮމެޓިކް އެންމެ މަތީ ހަރުފަތުގައި ރާއްޖެ ތަމްސީލު ކުރެއްވުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށެވެ.
ޑިޕްލޮމެޓިކް ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަލީ ނަސީރު ރާއްޖޭގެ ފޮރިން ސާވިސްއާ ގުޅިވަޑައިގެންނެވީ 1985 ވަނަ އަހަރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތުހީ
25 September 2019
މަގާމު ދިން ސަބަބު މިއަދު ޔާމީންގެ ޝަރީއަތުން އެއޮތީ ފެންނަން. ޔާމީންގެ ދިފާއުގައި އަޒީމާ ހެކިބަސް ދިނުން ހުއްޓުވުން. ހަޑި ކަމެއް ސަރުކާރުން ކުރި. ހުތުރު ގޭމެއް. ގައުމު ބަނޑަށް ޖެހެނީ.
މުރާސިލް
20 September 2019
ޔާމީން ގެ ސިޠާސަތު މާރަގަޅު އޭނަޔައް ތާއީދު ކުރިބަޔަކަށް ނުހައްގުނަނަމަވެސް ފަޅުރަށްތަކާއި ފޮލެޓްތަކާއި ފައިސާލިބުނު . މިވެރިކަމުގައިވެސްމިވރިންގެ ގާތްމީހުނާއި ޔާމީންގެ ގާތް މީހުނަށް މަގާމާއި ޕްރޮޖެކްޓް ތައް ގެއްލުމުގެ ބަދަލް ލިބެނީ ގުރުބާނީ ވިމީހުން ތިބީ ބާކީވެފަ ކޮމްމެ ބަޔަކުވެސް ވެރިކަމަށް އައުމަށްޓަކާ ޑީމޮކްރެސީ،އާދެވުނީމަ އަމިއްލަ އެދުން މިގައުމު ރަގޅުޥާނެ އެއްގޮތެއްވެސް ނެތް ކައުންސިލް އިން އިންތހހާބު ބޮއިކޮޓްކުރުން އޮތީ އޭރުން އެގިދާނެތާ
މަލްޓިލެޓްރަލް
19 September 2019
ސެކްރެޓަރީ، މަލްޓިލެޓްރަލްއޭ
އޮނަރަބްލް އަފީފު ދީދީ
19 September 2019
ޔާމީނުގެވެރިކަމުގައި ރާއްޖޭގެ ޤާނޫނުއަސާސީއާއިޤާނޫނުތަކާއި އަދި ބައިނަލްއަޤުވާމީ އެތައްމުއާހަދާތަކާއިހިލާފަށް ރައްޔިތުންގެމައްޗަށްވެރިވެގަނެ ދައުލަތުގެޙަޒާނާކަޅާކޮށް ޤާނޫނުހަދާމަޖިލިސްމެންބަރުންހައްޔަރުކޮށް މަޖިލީހުގެޖަލްސާތައްހުއްޓުވާ ކޮމަންވެލްތް ފަދަޖަމާއަތްތަކުން ރާއްޖެވަކިކޮށް މުޅިދައުލަތްދުނިޔޭގައިއެކަހެރިކޮށް ނޯތުކޮރެޔާ އާއި ޒިމްބާބްވޭ ގެހާލަތަށްވައްޓާލިއިރު ތިޔަބުނާ ކެރިއަރ ޑިޕޮލޯމެޓް ހުންނެވީ މިކަންކަން ދިފާއުކުރެއްވުމުގައި އަވަދިނެތި.
މުޖޫ
19 September 2019
ޑރ. އަލީ ނަޞީރަކީ (އަލިނީ) އަކީ ކެރިއާ ޑިޕްލޮމެޓެއް. ސިޔާސީ މީހެއްނޫން. ކެރިއާ ޑިޕްލޮމެޓުންނަކީ އޭރެއްގައި އޮންނަ ސަރުކާރުގެ ފޮރިން ޕޮލިސީ ތަންފީޒުކުރުމަށް މަސައްކަތްކުރުން. އަލިނީ އަކީ ދާއިރާއަށް ޤާބިލު މޮޅު މީހެއް.
ނެތްތަ
19 September 2019
މިކަމާ، އަޒީމާ ބުދަދުވަހު ދޭންއުޅޭ ހެއްކާ އެއްވެސް ގުޅުމެއް ހަމަ ނެތްތަ؟
ބަރާބަރު
19 September 2019
ޑރ. އަލީ ނަސީރަކީ ހުރިގޮތަށް ހުރި ޙާރިޖީ އިންސްޓިޓިއުޓެއް. އެންމެ ޖޫނިއަރ ލެވެލުން އެންމެ އުހަށް ދަތުރުކޮށް، ޚާރިޖީ ދާއިރާއިން އިން ޕީ.އެޗް.ޑީ ޙާސިލްކޮށްގެން ހުރި ވަރަށް ޤާބިލް ކުޅަދާނަ ބޭފުޅެއް. ފޮރިން މިނިސްޓްރީގައި އުޅޭތާ 28 އަހަރުވެއްޖެ. ކުރީ ސަރުކާރު، އަނެއް ސަރުކާރު، މި ސަރުކާރު ނުވެ، މިފަދަ ޤާބިލް ފަރާތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް މަޤާމުތަކަށް ޕޮލިސީލެވެލްގައި ހިންގަން ލުމަކީ ޤަޢުމަށް ނުހަނު މުހިންމު އަދި ބޭނުންތެރިކަމެއް.
ފަތީ
19 September 2019
ނަސީރުގެ އަޚްލާޤު ފެނިއްޖެ. ޑރ. ޢާޞިމާ ދިމާކޮށްލީމަ
ގަހުމް
19 September 2019
ފޮރިން ސާރވިސް އަށް ވަރަށް ގާބިލު ބޭފުޅެއް. ސަރުކާރުގެ ނިންމުން ވަރަށް ރަގަޅު ކަމަށް އަޅުގަނޑު ގަބޫލުކުރަން.
ލުޖާ
19 September 2019
ނަސީދާ ގުޅުން އޮތީމަ މީނަވެސް ޕީޖީވެސް އަޖައިބޔ