ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޒަރުބައިޖާންގައި. --- ފޮޓޯ: ފޮރިން މިނިސްޓްރީ
26 އޮކްޓޯބަރ 2019 - 15:45
ދުނިޔޭގެ އެކި ގައުމުތަކާއި ޖަމިއްޔާތަކާ އެކު ރާއްޖެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ރާއްޖެ އަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި މިއަދު ވިދާޅުވެއްޖެ އެވެ.
ނަން-އެލައިންޑް މޫވްމަންޓްގައި ހިމެނޭ ގައުމުތަކުގެ ވެރިންގެ 18 ވަނަ ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ޝާހިދު ބައިވެރިވެވަޑައިގެން ސަމިޓްގައި ތަގްރީރު ކުރައްވަމުން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު އާ ސަރުކާރެއް އުފެދުނީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.
އާ ސަރުކާރެއް ރައްޔިތުން ހޮވީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ގާނޫނު ނަގަހައްޓައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ރާއްޖެ އަށް ތަރައްގީ ގެނައުމަކީ ވެސް ސަރުކާރުގެ އަމާޒަކަށް ހެދި ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"މިއަދު އަޅުގަނޑު ފަހުރުވެރިކަމާ އެކު ފާހަގަ ކުރާނީ މިކަންކަމަށް އަމަލު ކުރާކަން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރެވެ. އެކަމުގެ ނުރައްކާ ރާއްޖެ ފަދަ ގައުމުތަކަށް އޮތް އިރު، އެކަން ހައްލު ކުރަން ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ 2050 އާ ހަމައަށް 200 މިލިއަނެއްހާ މީހުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރެފިއުޖީންނަށް ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފައިވާ އިރު، އޭގެ ކުރިން ހައްލު ބޭނުންވާ ކަމަށެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެ އަށް ދެން އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމްގެ ނުރައްކަލެވެ. ޓެރަރިޒަމްގެ ނުރައްކަލަކީ މިހާރު ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑެތި ނުރައްކާތައް ގޮތުގައި ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހުރިހާ ގައުމުތަކުން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.
ޝާހިދު ވަނީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން ހިންގަމުން އަންނަ ކަންކަމާ ދެކޮޅަށް ތަގްރީރު ކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވީ އިޒްރޭލުން ގަވާއިދާ ހިލާފަށް ޕަލަސްތީނުގެ ބިންތައް ހިސާރު ކުރަމުންދާ ދިއުން ރާއްޖެ އިން ކުށްވެރިކުރާ ކަމަށެވެ. އަދި ރާއްޖެ އިން އަބަދުވެސް ތާއީދު ކުރަނީ ފަލަސްތީނާއި އިޒްރޭލް ދެ ދައުލަތެއްގެ ގޮތުގައި އޮތުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާ ބައެއް ގައުމުތަކުގެ ވެރިންނާ ޝާހިދު ވަނީ ބައްދަލުކުރައްވައި، މުހިއްމު މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ނޮން އެލައިންޑް މޫވްމަންޓަކީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަންއާ ދެމެދު ހިނގި ދެބަސްވުންތަކުގެ ތެރޭގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ވަކިކޮޅަކަށް ނުޖެހި ތިބުމަށް މީގެ 58 އަހަރު ކުރިން އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުގައި 120 ގައުމުން ބައިވެރިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
27 October 2019
ހަދާންވާގޮތުން 1960 ގެ ތެރޭގައިވެސް ސަރުކާރުގެ ބޮޑުން ދައްކަވާ ވާހަކައެއް "އެމެރިކާއާއި އެއްވަރަށް ފައިހަމަކުރަމުން" ދާވާހަކަ. ދެން މިދިޔަ 5 ދޮޅޮހަކަށް އަހަރު މިދެވުނީ ފަހަތަށްބާ؟ ދުނިޔޭގެ ނިސްބަތުން އެމެރިކާގެ ފައި އޮތީ މާކުރީގަ.
ރަންނަމާރި
27 October 2019
އަޅުގަޑަށް ހީވަނީ ގައުމުމިދަނީ ފައިހިއްޕެމުން ހެނޭ
ހުސޭނީ
27 October 2019
މަނިކުފާނުގެ ފައި އެކިގައުމުތަކުގަ ޖެހޭކަން އެބައިނގޭ...
ރިފީ
27 October 2019
ރާއްޖެ ދުނިޔޭގައި ފައި ހަމަކުރަމުން މިދަނީ ދަރަނިވެރިކަމުގެ ގޮތުންތޯ؟
ގާބޯ
27 October 2019
ރާއްޖޭގެ އެއްފައި މަދުވީމާ، މިދަނީ ކޮރު ޖަހަމުން. އިޤްތިސާދު ވަނީ ހީނަރުވެފަ.
ބޮޑުމީހާ
27 October 2019
މިމީހުން ބޭރު ގައުމަކަށް ގޮސްފިއްޔާ މުޅިންވެސް ރާއްޖެއަކީ ޓެރަރިސްޓުން ތިބޭ ތަނެއް، އަދި ވަރަށް އަވަހަށް އަޑިއަށްދާ ތަނެއްގެ ގޮތުގައި ޕްރޮމޯޓްކުރަނީ. މީގެ ބޭނުމަކީ ކޮބާ ބާ؟
އަބްދުއްالله
27 October 2019
ފައިހަމައެއް ނުކުރެވޭ. ތަހުޒީބުވެފައިވާ އެއްވެސް ރަށްއެއްގައި، މީހުން ވަކި ދީނަކަށް އުޅޭކަށް، ގަދަ ބަދަވިކަމާއި އެކު މަޖުބޫރެއް ނުކުރޭ. ފައިހަމަކުރެވޭނީ ތަހުޒީބުވުމަށް ފަހުން.
ދޮންމީހަ
27 October 2019
މުސްލިމަކު އެހެން ދީންތަކަކަށް ނަސްރުދޭނެ ނަމަ އޭނަގެ އަޤީދާއާމެދު ސުވާލު އުފެދޭ. އިންސާނާ ހެއްދެވީ ﷲ އަށް އަޅުކަން ކުރުމަށް. ސެކިއުލާ ފިކުރަކީ އިސްލާމް ދީނެއް ނޫން. ދީނުން ބޭރުވާ މީހާގެ ހުކުމް ދީނުގައި ބޮޑު.
6989
27 October 2019
އެމީހަކު ބޭނުންހާ ގޮތަކަށް އުޅެން ﷲ ހެއްދެވިތަނެއް ނޫން މިދުނިޔެއަކީ، ހިތުހުރި ގޮތަށް އުޅުނު މީހުން ކަމުގައިވާ، ފިރުއައުނާ ހާމާނާ ގާނޫރާ، ލޫތު ޢަލައިހި ސަލާމްގެ ގައުމާއި، އާދްބާގައިގެ މީހުން ހަލާކު ކުރައްވާފައިވަނީ، ބޭނުންހާ ގޮތަކަށް ނޫޅެވޭނެކަން ﷲ ތަޢާލާ އެންގެވުމަށް. އަހަރެމެން މުސްލިމުން މިގައުމުގައި ހިތުހުރިގޮތަކަށް ބަޔަކު އުޅެން ދޫކޮށްލުމަކީ ﷲ ތަަޢާލާގެ ކޯފާއަށް އެދިގޮވުން. އަމިއްލައަށް ހަލާކަށް އެދި އާދޭސްކުރުން. ނުވާނެ ތިކަމެއް.
ކަރީޕަހުމީ
27 October 2019
އެކަން ވަރައް ރަނގަޅައް އެބަ އނގޭ މިއަދުގެ ޙަބަރުން މާފަރު އެއަރޕޯޓޤ ހިންގާނެ ފަރާތެއް ހޯދާވާހަކަ މީހަކު ލަދުންވެސް ބޯހަލާކުވާ ވާހަކަ ބަޔަކު މިޔައްވުރެ ނިކަމެތި ހާލުގައި ތިބިއިރުވެސް އަމިއްލަ މަސައްކަތުން އެއަރޕޯޓެއް އަޅައިގެން ހިންގަމުން އައި ބަޔެއް މިއަދު ތައުލީމީ އެތައް ޒުވާނުންނެއް މިގައުމުގައި ތިއްބާ ރައްޔަތުންނައް ލިބެން އޮއް މަންފާއެއް ބޭރުބަޔަކަށް ހިބައިން ކަހަލަ ގޮތަކައް ދޭން ޙިޔާލް ކޮއްލައްވާއިރު ކޮބާތޯ ގައުމިއްޔަތު ލަދު މިގަން ނަން
ޕަކާސް
27 October 2019
ނަމަނަމަ!!! ރާށްޖެ ދުނިޔެއިން ބޭރަށް ނުގެންދާތި !!!!!މިރުހުކުޅި ދަށްކާލެވިދާނެ....
ބޯލަބޭ
27 October 2019
މިހާރު ފައިހަމަ ކޮއްގެން ދުނިޔެއާ އެކު ބޯލްރޫން ޑާންސް ކުރައްވަނީތޯ، ރަނގަޅޭ ކުރިއަށް، ބާރަށް ކުރިއަށް