ޚަބަރު / ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

ފަޅުން ބޯޓު ނުނެގި ބޮޑު މައްސަލަގަނޑެއް، 10 މިލިއަން ރުފިޔާގެ ބަދަލަކަށް އެދިއްޖެ!

ޑޑޑ

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓުގެ މައްސަލަގަނޑު ބޮޑުވެ، އެންމެ ފަހުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން 10 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެ އެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާ އެވެ.

އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީ އެވެ.

ޕާކަވަންއާ އެކު އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމަ އެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ) އެވެ. މި ފައިސާ ދައްކަން ދައްކަން ގްރޭޓާ މާލެ އަށް އެންގީ ފަސް ދުވަހުގެ ތެރޭގަ އެވެ.

މި މުއްދަތުގައި ފައިސާ ނުދިނުމުން މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައި، އެކަން ގްރޭޓާ މާލެ ކުންފުންޏަށް އަންގައިފަ އެވެ.

ޕާކަވަން އިން ކޯޓުގައި މައްސަލަ ކުރިއަށް ގެންދާ ލޯފާމުން ގްރޭޓާ މާލެ އަށް ފޮނުވައި ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އެއްބަސްވުމާ އެއްގޮތަށް ގްރޭޓާ މާލެ ކުންފުނިން އަމަލު ނުކުރުމުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ. ބޯޓު ނެގުމުގައި ކޮށްފައިވާ މަސައްކަތްތަކަށް، އެހެން ކުންފުނިތަކަށް ވެސް ފީ ދައްކަން ޖެހި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ މިހާރު އެދިފައި އޮތް އަދަދު އިތުރުވަމުން އަންނާނެ ކަމަށް ވެސް ލޯފާމުން ފޮނުވި ސިޓީގައިވެ އެވެ.

ބޯޓުގެ މައްސަލައިގައި ބަދަލު ހޯދަން ޕާކަވަން އިންވެސްޓްމަންޓުން ކޯޓަށް މައްސަލައެއް ވައްދާފައި އޮތް ކަން ގްރޭޓާ މާލެ ކުންފުނީގެ ބޯޑު މެމްބަރަކު "މިހާރު" އަށް ކަށަަވަރު ކޮށްދެއްވި އެވެ.

މަސައްކަތް ނުނިންމައި މާލީ ބޮޑު ބަދަަލަށް އެދުނު އިރު، ޕާކަވަންއާ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި އޮތް ކަމުގެ ތުހުމަތު ކުރި އެވެ. އޭސީސީން މައްސަލަ ބެލުމަށް ފަހު ބުނެފައި ވަނީ އެފަދަ އަމަލެއް ހިންގާފައި ނުވާ ކަމަށެވެ.

އެކަމަކު، ބޯޓު ނެގުމުގެ މަސައްކަތް ހަވާލުކުރި ގޮތުގެ މައްޗަށް ގްރޭޓާ މާލެ ކުންފުނިން ހެދި އިންޓާނަލް އޮޑިޓްގައި، ކުންފުންޏަށް ގެއްލުންވާ ފަދަ ގޮތަކަށް ހިނގި ބައެއް ކަންކަން ފާހަގަކޮށްފައިވެ އެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ރަޝީދު މިއަދު ވިދާޅުވީ ބޯޓުގެ ކަންކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އިންޓާނަލް އޮޑިޓެއް ކުރަމުން އަންނަ ކަމަށާއި ކުންފުނީގެ ބޯޑު މެމްބަރަކު އާއްމުކޮށްގެން އުޅެނީ ފައިނަލް ރިޕޯޓެއް ނޫން ކަމަށެވެ.

"ބޯޑުގެ މެމްބަރަކު ލީކްކޮށްގެން އުޅެނީ ޑްރާފްޓެއް، އެއީ ފައިނަލް ރިޕޯޓެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ޕާކަވަންއާ ބޯޓު ނެގުން ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމުގެ ތުހުމަތު ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް ވަނީ ކުރައްވައިފަ އެވެ. އެކަމަކު މި ތުުހުމަތު ގްރޭޓާ މާލެ ކުންފުނިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ދޮގުކޮށްފަ އެވެ.

މަޖިލީހުގެ ކޮމިޓީގައި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު ވިދާޅުވެފައި ވަނީ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް އަދި ކުންފުންޏަށް ގެއްލުންވާ ގޮތަށް ވެސް އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްވީ ސީހޯމް ސެފަޔާ އަކީ 2011 ވަނަ އަަހަރު ބަންގްލަދޭޝްގެ ޗިޓަގޮން ބަނދަރުން ރާއްޖެ އަށް އައި ބޯޓެކެވެ. އެ ބޯޓް ރާއްޖޭން ފުރުން ސިވިލް ކޯޓުން އޭރުގައި މަނާކުރީ ބޯޓްގެ ވެރިފަރާތާ ދެކޮޅަށް އެ ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށް ކަސްޓަމްސް އިން ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ކުރިން އޮތީ އަންގައިފަ އެވެ.

އެ ކުންފުންޏާ ކަސްޓަމްސްއާ ދެމެދު ބަދަލުކޮށްފައިވާ ސިޓީތަކުން އެނގޭ ގޮތުގައި ބޯޓް ރާއްޖޭން ފުރުން މަނާކުރި އިރު ރާއްޖޭގެ އެޖެންޓްގެ ގޮތުގައި ހަމަޖައްސާފައި އޮތް ކުންފުނި ވަނީ އެޖެންޓްކަމުން ވަކިވެފަ އެވެ. އެއަށް ފަހު ބޯޓްގެ އެޖެންޓްކަމާ ހަވާލުވި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތޮފާގެ މަސްލަހަތު އޮންނަ މޯލް ލިންކްސް ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށްފައިވާ ކަމަށާއި ބޯޓް ތިލަފުށި ފަޅުން އެ ކުންފުންޏަށް ވެސް ތަކުރާރުކޮށް އެންގި ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.

ތިލަފުށި ފަޅުގައި އޮތް ބޯޓު.

މައްސަލަ ފެށުން: ބޯޓާ ހަވާލުވާނެ ބަޔަކު ނުވި!

ހުއްދަ ނުހޯދައި ބޯޓު ތިލަފުށި ފަޅުތެރޭގައި 2012 ގައި އެޅުމުން، މިއީ ކޮން ބައެއްގެ ބޯޓެއްތޯ ބެލުމަށް، ގްރޭޓާ މާލެ ކުންފުނިން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެއާ ހަވާލުވާނެ ބަޔަކު ނުވެ، ތިލަފުށީގެ ތިމާވެއްޓާއި ކުންފުނީގެ ވިޔަފާރި އަށް ގެއްލުންވަމުން ދިއުމުން މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ.

ކޯޓުގައި މައްސަލަ ހިނގި އިރު ވެސް އެއީ ކޮން ބައެއްގެ އުޅަނދެއްތޯ ބަލަން އިއުލާން ކުރި އެވެ. މި މައްސަލައިގެ ތެރެއަށް ވަނުމަށް އައިލެންޑް ޓްރާންސްޕޯޓުން ހުށަހެޅި އެވެ. އެކަމަކު، ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ބޯޓުގެ އެޖެންޓުގެ ގޮތުގައި ވަކި ފަރާތެއް ހަމަޖެހިފައި ނުވާތީވެ، އެ ކުންފުނި ތަދައްހުލް ނުކުރި އެވެ. މީގެއިތުރުން، މޯލް ލިންކްސް ޕްރައިވެޓް ލިމިޓެޑުން ވެސް މައްސަލައިގެ ތެރެއަށް ވަންނަން ހުށަހެޅުމުން ސިވިލް ކޯޓުން އެ ފުރުސަތެއް ނުދިނެވެ.

ކޯޓުގެ ހުކުމުގައި، ރާއްޖޭގެ ސަރަހައްދުގައިވާ އެ އެއްޗެއްގެ މިލްކުވެރިޔަކު ނުވާ، ނުވަތަ ގާނޫނީ ބެލެހެއްޓުންތެރިކަން ލިބިފައި ނުވާ ކޮންމެ އެއްޗަކީ އެ އެއްޗެއްގެ މައްޗަށް ދިވެހި ދައުލަތުން ތަސައްރަފްކުރުމުގެ ބާރު ލިބިގެންވާ އެއްޗެއް ކަން ގާނޫނީ ހަމަތަކުން އެނގެން އޮންނަ ކަން ފާހަގަކޮށްފައިވެ އެވެ. ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ ބޯޓުގެ އެޖެންޓަކު އެޕްރީލް، 7، 2015 އާ ހަމައަށް ވެސް ހަމަޖައްސާފައި ނުވާތީ ކޯޓުން ހުކުމްކުރީ ބޯޓު ތިލަފުށި ފަޅުން ނެގުމުގެ ގާނޫނީ ހުރިހާ ބާރުވެރިކަމެއް ދިވެހި ދައުލަތަށް ދިނުމަށެވެ. ތިލަފުށި ފަޅުން ބޯޓު ނެގުމަށް ކޯޓުން ދިނީ އެއް މަސް ދުވަހުގެ މުއްދަތެކެވެ.

މި ހުކުމާ ގުޅޭ ގޮތުން ގްރޭޓާ މާލެ ކުންފުނިން ވަނީ ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދަން މުއާމަލާތްކޮށްފަ އެވެ. ހުކުމް ތަންފީޒުކުރާނެ ގޮތުގެ އިރުޝާދު ދޭން އެދި ލިއުމުން އެކި ފަހަރުމަތިން އެ މިނިސްޓްރީގައި އެދިފައިވާ ކަމަށް އިންޓާނަލް އޮޑިޓްގައިވެ އެވެ.

ޖޫން، 13، 2018 ގައި ކުންފުނިން ފިނޭންސަށް ފޮނުވި ސިޓީގައި، ބޯޓު އަގުކުރުމަށް މިނިސްޓްރީން ލަފާ ދިން ގޮތަށް މަސައްކަތް ކުރިއަށްދާ ކަން އަންގާފައިވެ އެވެ. އެ ބޯޓު އެތަނުގައި އޮތުމުން، އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ އިންސިނަރޭޓަ ގާއިމްކުރުން ފަދަ މަޝްރޫއުތައް ހުރަސްއެޅޭ ކަން ވެސް ފާހަގަކޮށްފައިވެ އެވެ. އެ ސިޓީގައި އެދުނީ، ބޯޓު ނަގާއިރު، ފަޅުތެރޭގައި ހުރި އެހެން އުޅަނދުތަކާ މެދު އަމަލުކުރާނެ ގޮތުގެ ލަފައަކަށެވެ.

ބޯޓު އަގުކުރަން ފުރަތަމަ ހަވާލުކުރި އެއްބަސްވުން ބާތިލްކުރީ!

- ބޯޓުގެ ހާލަތު ބަލައި އަގު ކޮށްދޭނެ ފަރާތެއް ހޯދަން ޖެނުއަރީ، 8، 2018، ގައި ހުޅުވާލުމުން 6 ފަރާތަކުން ބައިވެރިވި. އެކަމަކު ބިޑް ހުށަހެޅީ އެފްޖޭއެފް އެސޯސިއޭޓްސް އެލްއެލްޕީން. އެންމެ ފަރާތަކުން ކުރިމަތިލުމުން އެ ފަހަރު ބިޑް ބާތިލްކުރީ.

- އެ އަހަރުގެ ޖެނުއަރީ، 23، ގައި އަލުން ހުޅުވާލުމުން ތިން ފަރާތަކުން ބޯޓު އަގު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކުރިމަތިލި. އެންމެ މަތިން ޕޮއިންޓް ލިބި، މަސައްކަތް ހަވާލުކުރީ އެފްޖޭއެފް އެސޯސިއޭޓްސް އެލްއެލްޕީއާ.

- އެކަމަކު ބޯޓު ސާވޭކޮށް، އަގު ކުރަން އެ ކުންފުންޏާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރަން، ޖެނުއަރީ، 22، 2019 ގައި ނިންމައި އެކަން ކުރިއަށް ގެންދަން ކުންފުނިން އޮތީ ޕްރޮކިއުމެންޓް ސެކްޝަނަށް ލިއުމުން އެންގި. ސަބަބެއް ކަމަށް ބުނެފައި ވަނީ ކުންފުނީގެ މެނޭޖްމަންޓް ބަދަލުވުމާއި ގްރޭޓާ މާލެ އިން ބޯޓު ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އިއުތިޒާރެއް ނެތް ކަަމަށް ފިނޭންސުން ޖަވާބު ދީފައިވާ ކަމަށް ބުނެ.

- އެހެންވެ، އަގު ކުރަން އެފްޖޭއެފް އެސޯސިއޭޓްސް އެލްއެލްޕީއާ ހަވާލުކުރި މަސައްކަތް ބާތިލްކުރީ.

- ދެ ވަނަ ފަހަރަށް ބޯޓު އަގު ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ހުޅުވާލީ، ފެބުރުއަރީ، 17، 2019، ގައި. މައުލޫމާތު ސާފުކޮށް، ޝައުގުވެރިކަންފާޅުކޮށް ހުށަހެޅީ ބީއެމްސީ ސްލިޕްވޭ އެންޑް ސަލްވޭޖް އާއި ޕާކަވަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން.

- މި މަރުހަލާ ދަނިކޮށް އެންވަޔަރަމަންޓް މިނިސްޓްރީން ގްރޭޓާ މާލެ ކުންފުންޏަށް ސިޓީ އަކުން އަންގާފައި ވަނީ، ބޯޓު އެތަނުގައި އޮންނަ ނަމަ ތިލަފުށީގައި ކުރިއަށް ގެންދަން ރާވާފައިވާ ކުނި މެނޭޖްކުރުމުގެ 165 މިލިއަން ޑޮލަރުގެ މަޝްރޫ އަށް ހުރަސްއެޅޭނެ ކަމަަށް. އެހެންކަމުން ވަގުތުން ބޯޓު ނެގުމަކީ މުހިއްމު ކަމެއް ކަމުގައި ދެކި އީއޯއައި ހުށަހެޅި ދެ ފަރާތަށް ރިކުއެސްޓް ފޯ ޕްރޮޕޯސަލް ފޮނުވަން މެނޭޖިން ޑިރެކްޓަރު އިރުޝާދު ދެއްވި ކަމަށް އޮޑިޓްގައިވޭ.

- ބޯޓު އަގުކުރަން ޕްރޮޕޯސަލް ހުށަހެޅީ، ޕާކަވަން އިންވެސްޓްމެންޓާ މަސައްކަތް ހަވާލުކުރި. ޕާފޯމަންސް ގެރެންޓީގެ ގޮތުގައި 1.5 މިލިއަން ރުފިޔާގެ ގެރެންޓީއެއް ބަަހައްޓަން އެ ކުންފުނިން ހުށަހަޅާފައި އޮތް ނަމަވެސް ކަނޑައެޅި 10 ދުވަހުގެ މުއްދަތުގައި އެ ފައިސާ ގްރޭޓާ މާލެ އަށް ދައްކައިފައެއް ނުވޭ.

- މި ޕާފޯމަންސް ގެރެންޓީ ގްރޭޓާ މާލެ ކުންފުންޏަށް ދެއްކުމުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކުރި.

ބޯޓު ނެގުމުގެ މަސައްކަތް ދަނިކޮށް ބޮޑު މައްސަލަގަނޑެއް!

ގްރޭޓާ މާލެ ކުންފުނިން، މި އަހަރުގެ އެޕްރީލް، 16 ގައި، ޕާކަވަންއާ އެކު އެއްބަސްވީ 30 ދުވަހުގެ ތެރޭގައި، ތިލަފުށީގެ ފަޅުތެރެއިން ބޯޓު ނެގުމަށެވެ. އެކަމަށް ހުރިހާ ޚަރަދެއް ވެސް ކުރާ ގޮތަށް އެއްބަސްވެފައި އޮތީ ޕާކަވަން ކުންފުނިންނެވެ. އެ މަސައްކަތަށް ގްރޭޓާ މާލެ ކުންފުނިން އެއްވެސް ޚަރަދެއް ނުހިނގަ އެވެ. ބޯޓު ވިއްކައިގެން ލިބޭ ފައިސާ ލިބޭ ގޮތަށް އެއްބަސްވުމުގައި އޮތީ ޕާކަވަންއަށެވެ.

ކަނޑައެޅި މުއްދަތުގައި އެކަން ނުވާނެ ކަމަށާއި އިތުރު 20 ދުވަހަށް އެދި ޕާކަވަން އިން ކުންފުންޏަށް ސިޓީ ފޮނުވި އެވެ. އެއީ، ބޯޓު ނަގަން ބޭނުންވާ ޓަގު ލިބެން ދަތިވުމާއި ރޯދަ މަހު މަސައްކަތް ކުރާ ވަގުތު މަދުވުމުން ހުރަސްތަކެއް ކުރިމަތިވުމުން ކަަމަށް ބުނެ އެވެ.

މި މަސައްކަތް އެ ކުންފުނިން ކުރަމުން ދަނިކޮށް، ފުލުހުންތަކެއް ބޯޓަށް އަރައި ކޯޓު އަމުރެއް ދައްކައި ބޯޓުގައި މަސައްކަތް ކުރާ ބިދޭސީއަކު ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ. މިއީ ބޮޑު މައްސަލައެއްގެ ގޮތުގައި ނަގައި، ޕާކަވަންގެ މުވައްޒަފުންނަށް ރައްކާތެރިކަން ޔަގީންކޮށްދޭން ގްރޭޓާ މާލެ ކުންފުންޏަށް ސިޓީ ފޮނުވި އެވެ.

މި މައްސަލަ ޖެހުމާ އެކު ޕާކަވަން އިންވެސްޓްމަންޓުން ތުހުމަތުކުރީ ބޯޓު އަގުކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ގްރޭޓަ މާލެ ކުންފުނިން އޮޅުވާލައިގެން އެއްބަސްވުމެއް ހަދާފައި އޮތް ކަމަށެވެ. އެއީ، ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބުނު ކަމެއް ކަމަށް ބުނެ، ބަދަލުގެ ގޮތުގައި އެ ކުންފުނިން ހުށަހެޅީ 708،511 ޑޮލަރު ފަސް ދުވަހުގެ ތެރޭގައި ކުންފުންޏަށް ދެއްކުމަށެވެ.

އިންޓާނަލް އޮޑިޓުގައި ފާހަގަކުރި ބައެއް ކަންކަން

ބޯޓު ނެގުމާ ގުޅޭ ގޮތުން ކަން ހިނގި ގޮތުގެ މައްޗަށް ގްރޭޓާ މާލެ ކުންފުނިން ހެދި އޮޑިޓުގައި، ބޯޓު ނަގަން ހަވާލުކުރި ކުންފުނި އުފެއްދި ތާރީޚާއި ކުންފުނީގެ ގާބިލްކަން ހުރިތޯ ބަލާފައި ނުވާ މައްސަލަ ފާހަގަކޮށްފައިވެ އެވެ. އޮޑިޓުގައިވާ ގޮތުން، ބޯޓު ނެގުމުގެ މަސައްކަތް ހަވާލުކުރި ޕާކަވަން ކުންފުނި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްްރީކޮށްފައި ވަނީ، ބޯޓު ނެގުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލާން ހުޅުވާލި ދުވަހު އެވެ.

އެކަމަކު މި ތުހުމަތު މެނޭޖިން ޑިރެކްޓަރު ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވީ ކުންފުނި ރަޖިސްޓްރީކުރީ، އެ މަޝްރޫއު ހުޅުވާލި ދުވަހު ނޫން ކަމަށާއި އެ ކުންފުނި އުފައްދާފައި އޮތީ، މިއަހަރުގެ ކުރީކޮޅު ކަމަށެވެ. ޕާކަވަންގެ ފަރާތުން ބޯޓު ނެގުމުގެ މަސައްކަތާ ހަވާލުވި އަފްރާހަކީ، ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ސަލްވޭޖް އޮޕަރޭޝަންތަކުގައި އިސްކޮށް އަމަލީ ގޮތުން އުޅުނު ގާބިލް މީހެއް ކަން ލިޔެކިޔުންތަކުން ފެންނަން އޮތް ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

ޕާފޯމަންސް ގެރެންޓީ ވަކި މުއްދަތެއްގެ ތެރޭގައި ހަވާލުކުރަން އެއްބަސްވެ، ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކުރަން އެދި އެގޮތަށް ގްރޭޓާ މާލެ ކުންފުނިން އަމަލުކޮށްފައި ވުމަކީ އެންމެ ރަނގަޅު ޕްރެކްޓިސްއެއް ނޫން ކަަމަށް އޮޑިޓުގައިވެ އެވެ.

އީއޯއައިއާ އެކު ހުށަހަޅަން ޖެހޭ ކަމަށް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ވޭތުވެދިޔަ 3 އަހަރުގެ ފައިނޭންޝަލް ރިޕޯޓް ވެސް ޕާކަވަން އިން ހުށަހަޅައިފައެއް ނުވެ އެވެ. މީގެ އިތުރުން، ބޯޓު ނެގުމުގެ މަސައްކަތް ހަވާލުކުރުމުގެ ކުރިން ބޯޓު އަގުކުރުމުގެ މަސައްކަތް ނުކުރި ސަބަބާ މެދު ވެސް އޮޑިޓުގައި ސުވާލު އުފައްދާފައިވެ އެވެ.

މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި، ޕާކަވަންއާ، މަސައްކަތް ހަވާލުކުރުމުގައި ކުންފުންޏަށް ގެއްލުންވާ ފަދަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ އެވެ.

23 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 5%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

07 November 2019

އަނެއްކާ އަނެއް ބަދަލު. ނުގަވާއިދުން ކޮންޓްރެކްޓްތައް އެވާރޑްކުރާ މީހުން އުމުުރު ދުވަހަށް ޖަލު ހުކުމް އަންނަ ގޮތަށް ގާނޫނު ބަދަލުކޮށްބަލަ. ކޮންމެ ކަމެއްކޮށްފަވެސް ޒިންމާ ވާނެ ބަޔަކު ނުތިބޭ

The name is already taken The name is available. Register?

Ibrahim Rasheed Aboobakuru

06 November 2019

ޕާކަވަން އަށް ގެއްލުންވީ، ކޯޓުއަމުރަކާއިނުލައި ފުލުހުން މަސައްކަތްހުއްޓުވުމުން...މިކުންފުނިން ކުރިކަމެއްގެ ސަބަބުން ޕާކަވަން އަށް ގެއްލުމެއްވެފަ ނުއޮންނާނެ. ވީމާ، ބަދަލެއްދޭންޖެހޭނަމަ ދޭންޖެހޭނީ ފުލުހުން...

The name is already taken The name is available. Register?

މާންބެ

07 November 2019

ކަލޭ ތި މި ކުންފުނީގެ އެމްޑީ ކަަމައް މިހާތަނައް އައި މީހުންގެ ތެރެއިން އެންމެ ކޮރަޕްޓް މީހަ، މިހާރުވެސް ކެމިކަމް ގުދަންތައް ވެސް ބަޔަކައް އައުޓް ސޯރސް ކުރި އިރު ކުރީ ރައްޓެއްސަކައް، އަނެއްކަ އައުޓް ސޯރސް ކޮއްފަވެސް ކުންފުނީގެ ވެހިކަލް އާއި މުއައްޒަފުން ބޭނުން ކޮއްގެން އެތަން ހަދަނީ. މުޅި ކުންފުނީގެ ސްޓާފުން ބޭނުންވަނީ ކަލެ އިސްތިއެފާދީފަ މިތަނުން ދާން

The name is already taken The name is available. Register?

ލުބްލާ

06 November 2019

ޔާމީނު ސަރުކާރުން ވައްކަންކުރީ ފާޅުގަ ލާރިކައިގެން. މިސަރުކާރުން ވައްކަންކުރަނީ ފާޅުގަ “ބަދަލު” ދިނުމުގެ ނަމުގަ. ހުސް ވަގުން.

The name is already taken The name is available. Register?

އެމް

06 November 2019

ފުރަތަމަ ވެސް އެގްރީމެންޓް އާއި ހިލާފުވެފަ އޮތީ. ދެން ކޮން ބަދަލެއް ދޭކަށް.

The name is already taken The name is available. Register?

އަލީ!

06 November 2019

ބާ ދަގަނޑަށް ކިރާލަންވީނު.

The name is already taken The name is available. Register?

މަސްވެރިޔާ

06 November 2019

މިއީ އެންމެފަހުގެ މޮޅުވިޔަފާރި. އެހެންކަމުން މިފަދަ ގޮތްގޮތަށް ދައުލަތުން އަދާކުރާ ފައިސާއިން %6 ޖީއެސްޓީ އާއި %20 ޕްރޮފިޓް ޓެކްސް ނަގަން ފެނޭ. އޭރުން ޚަރަދުކަޑާ %25 ވަރު ދައުލަތަށް އަބުރާ ލިބޭނެ. އެންމެރަގަޅީ މިފަދަ އާމްދަނީގެ ސާފު ފައިދާއިން %85 ވަރު ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް ނެގުން.

The name is already taken The name is available. Register?

ހިސެން

06 November 2019

އަނެއްކާ ރައްޔިތުންނަޢް އަނެއް ހަދިޔާ. މިމީހުން ހިމެނޭކަމެއްގަ ވައްކަން ނުހިމެނި ނުދާނެ. ޑީލެއްގެ ދަށުން މުސްތަފާ އަދި ގްރޭޓާމާލޭގެ މޑ އައް ލާރިގަނޑެއްދީ ދިރުވާލަން ރާވަނީ. މާދަން ފިނޭންސް މިނިސްޓަރު އަރާބުނާނެ ސަރުކާރު ބަނގުރޫޓުވުން ހުއްޓުވަން ބަދަލުދީ ނިންމާލީޔޭ. ހުރިހާކަމެއް ނިމުނީމަ "ދެންމީގެ ފަހުން އެކުންފުންޔައް" އެހެންނުވާނެ ގޮތެއް ބަލަން ކޮމެޓީއެއް

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

06 November 2019

ޕާޓީކުދިންނަށް ވަޒީފާދީގެން ޕާޓީގެ އެހެންކުދިންނަށް ފައިސާލިބޭގޮތަށް ކުރަމުންދާ ވިޔަފާރި. ހުރިހާ ގެއްލުމެއް ރައްޔިތުންނަށް.

The name is already taken The name is available. Register?

އޭޑީ

06 November 2019

ގްރޭޓަރ މާލޭ ރީޖަންގެ މެނޭޖިންގ ޑިރެކްޓަރ ވަގުތުން މަގާމުން ވަކިކުރުމަށް ގޮވާލަން!

The name is already taken The name is available. Register?

މުޙުއްމާ

06 November 2019

އަބުދުﷲ ޔާމީނު ސަރުކާރުން ތިޖޫރީ ހުސްކުރީ ޖީބަށް. މިސަރުކާރުން ތިޖޫރީ ހުސްކުރަނީ ގާތް މީހުނާ ރައްޓެހިންނަށް ބަދަލުދީ. ރައްޔިތުންނަށް އޮތީ ކޯޗެއް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454