އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވޯޓު ދެނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
08 ނޮވެމްބަރ 2019 - 01:07
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އިންތިގާލީ ރައީސްކަމުގެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އައްޔަންކުރަން، އެ ޕާޓީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގައި ނިންމައިފި އެވެ.
އިންތިގާލީ ރައީސް ކަމަށް ކުރިމަތިލެއްވީ ވެސް މައުމޫން އެކަންޏެވެ.
މިރޭ 8:15 ގައި ދަރުބާރުގޭގައި ޖަލްސާ ފަށަން ހަމަޖައްސާފައި އޮތް ނަމަވެސް، ޕާޓީއެއް އުފެއްދުމަށް ބާއްވާ ޖަލްސާއެއްގައި ހަމަވާންޖެހޭ 300 މެންބަރުން ހަމަނުވެގެން ޖަލްސާ ފެށުނީ 10:00 ގެ ވެސް ފަހުންނެވެ. ގާނޫނީ އަދަދު ހަމަވިކަން އިއުލާން ކުރީ 10 ޖަހަން އުޅެނިކޮށެވެ.
އެ ޕާޓީގެ އިންތިގާލީ އެގްޒެކެޓިވް ކޮމެޓީ އަށް 20 މެމްބަރުން އިންތިޚާބުކުރުން މިހާރު އެބަ ކުރިއަށްދެ އެވެ. އެ ކޮމެޓީއަށް އިންތިޚާބުކުރަނީ 10 އަންހެނުންނާއި 10 ފިރިހެނުންނެވެ.
އޭގެ އިތުރުން އިންތިގާލީ ޒުވާނުންގެ ކައުންސިލްގެ ފިރިހެން މެމްބަރުންނާއި އަންހެން މެމްބަރުންނާއި އިންތިގާލީ އަންހެނުންގެ ކައުންސިލަށް ވެސް މީހުން އިންތިޚާބު ކުރާނެ އެވެ.
އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ވަނީ އެ ޕާޓީގެ ލޯގޯ ވެސް ފާސްކޮށްފަ އެވެ. ތިން ލޯގޯއަކަށް ވޯޓަށް އެހުމުން ހޮވުނީ ރައީސް މައުމޫން ތާއީދުކުރެއްވި ލޯގޯ އެވެ. ދެ ތީރު ދައްކައިދޭ އެ ލޯގޯގައި ހިމެނެނީ ފެހި ކުލަ އާއި ރަން ކުލަ އެވެ. އެއީ އެ ޕާޓީގެ ކުލަ ކަމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.
ޕާޓީގެ އަސާސީ ގަވައިދު ވެސް ވަނީ މިރޭ ފާސްކޮށްފަ އެވެ. ދިހަ ބާބާއި 40 މާއްދާ ހިމެނޭ އެ އަސާސީ ގަވައިދުގައި އަންހެނުންނަށް ފުރުސަތުތައް ދިނުމަށް ބާރުއަޅާފައިވެ އެވެ.
އެމްއާރުއެމް އުފެއްދުމުގެ މަސައްކަތް މައުމޫން ފެއްޓެވީ އެމަނިކުފާނު ކުރިން އުފެއްދެވި ޕީޕީއެމްގެ ތެރޭގައި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު ޕާޓީން ވަކިކޮށް އަދި ޝަރުއީ މަރުހަލާގެ ތެރެއިން އެ ޕާޓީ މައުމޫނަށް ލިބިވަޑައިނުގަތުމުންނެވެ. އޭގެކުރިން އެމަނިކުފާނު އުފެއްދެވި ޑީއާރުޕީ ދޫކުރައްވައި، ވަޑައިގަތީ އެ ޕާޓީގެ އޭރުގެ ލީޑަރު އަހުމަދު ތަސްމީނު އަލީއާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިދިގުބޯވަ
11 November 2019
އުއްމީދު ކުރަނމު 2023 ގައި ރާއްޖޭގެ ވެރިކަން ކުރާނީ މި ޕާރޓީ އަށް ނިސްބަތްވާ ބޭފުލެއް ކަމަށް.
ރަފީފް ހުސެން
08 November 2019
މިދިޔަ ބުރުގަ ރމ 12 ގަނެލީ ފާޅުގަ، އެދު ވަހު އެއީ މައްސަލައަކައް ވެސްނު ވި އަދި ބުނީ ތާއީދު ބޮޑުކަމުން ހިތާހިތުން މެންބަރުން މައުމޫނު ފަހަތުން ނުކުތް ކަމައް. މިއަދު ތިއުޅެނީ ޕާޓީ ހަދަން ގާނޫނީ އަދަދު ހަމަނު ވެ 22:00 ވެސް ޖަލްސާ ނުފެށުނު. ފާރިސްގޭ ބޭފުޅުން ޖެއްސި ހިބަރު ވަދުގަ ތިތިބީ އަމިއްލަޔައް އޮޅިފަ.
ހައިރާން
08 November 2019
ކީއްވެ ކަމާލުއްދީނު ވޯޓު ނުދިނީ!
ހަކީމް
08 November 2019
ތިތާ އެބައިން މޫނު ހަދާފަ އަތްނުނަގާ އިން އެކަކު. ރަންޒަމާނުގެ ނަމަ ހޭއަރުވާލީސް.
ހައްގުބަސް
08 November 2019
ރައްއިތުންގެ މަޖުލީހުގެ 12 މެންބަރުން. ގަނެލީ ފާޅުގާ.
ކީކޭ
08 November 2019
ތީތި ކަޑައޭ. މައުމޫނު ދެން ވެއްޖެނޫންތަ ސިޔާސީ މައިދާނުން ދުރަށް ގޮސް މަޑުން ހުންނަން. 30 އަހަރު ވަންދެން ތިކަން ކުރެވިއްޖެ އެންނު.
އާދަމް ބާއީ
08 November 2019
މީވެސް މިހާރު މަޖާކަމެއް އިނގޭ.
އެނިޔާ އަނިޔާ
08 November 2019
މަވަރަށް ލޯބިވި ރައީސެމީކުރިން އެކަމަކު ބިރުފަހަނައަޅާ ނުކުންނަބުނިހިސާބުން އަހަރެންބިރުގަނެއްޖެ މައުމޫނު ރިފޯމުކޮއްގެން ގެނައިސަރުކާރުންލިބެނީ ލާދިނިއްޔަތާ ނުހައްގުއަނިޔާ ނުފޯޒުން ހުކުމްކުރުން މިއަށްތަ މައުމޫނު ރިފޯމޭކިޔަނީ އަނިޔާއަކީ އަސްލުކޮބައިކަން މިއަދުމިފެންނަނީ ކުލަޔާ ވަސްދިމާނުވާ ކޮއްމެމީހެއް ވަޒީފާދޫކުރަންޖެހިއްޖެ ހުރިހާ މުއައްސަސާތަކުގެވެރިން ބިރުންފިތިފަ ހިތާނުވާއެއްމެން ވަކިކުރަނީ. ކަޅުވަރުމިސްކިތަށް މިނިސްޓަރެބެހެއްޓުންނޫންކަމެނެތް
ށަސި
08 November 2019
މިހާރު މި ވީގޮތުން އެންމެ ގިނަ އިން ރައީސްކަން ކުރުމުގެ ޝރަފުވެސް ލިބިލެއްވީ. ދިވެހި ރާއްޖޭގެ ރައީސް ކަން، ޕީޕީއެމްގެ ރައީސްކަން، އެމްއާރއެމްގެ ރައިސްކަން، ޑީއާރޕީގެ ލީޑަރ، މޭން އެކޭ މިއީ
ޝާޑު
08 November 2019
އަދިކޮބާ މިސުރުގާ އުޅުނުއިރު މިސުރުގެ ދިވެހިދަރިވަރުންގެ ޖަމިއްޔާގެ ރައީސްކަން؟
ސޭން
08 November 2019
އަމާޒު މަޖައްލާގެ އެޑިޓަރު. ޑީއާރުޕީގެ ޒައީމް.
ޖަމްޝީދް
08 November 2019
މަރުހަބާ ރައީސް