16 ނޮވެމްބަރ 2019 - 10:32
މަސައްކަތުގައި ބުރަކޮށް އުޅުއްވިޔަސް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަގުތު ހުސްކުރައްވާ ހާއްސަ ކަމަކީ ގަސް ހެއްދުމެވެ. މި ދުވަސްކޮޅު އޭނާގެ ސޯޝަލް މީޑިއާގެ އެކައުންޓުތަކުން އެ ފެންނަނީ އެ މަސައްކަތެވެ. ކޮޕީ ފަތާއި ޗެރީ ޓޮމާޓޯ އާއި ވައްތަރުގެ މިރުހެވެ.
އެއީ ގޭގެ ޓެރަސް މަތީގައި ހައްދާފައިވާ ގަސްގަހެވެ. ޕޮޓުގައި އެގޮތަށް ގަސް ހައްދަވާތާ މިހާރު ފަސް ވަރަކަށް އަހަރުވީ އެވެ.
Mangoes #homegarden 1st successful batch after 5yrs. pic.twitter.com/oxRC9hSDgM
— Mohamed Maleeh Jamal (@maleehjamal) November 14, 2019
މަލީޙުގެ "ހޯމް ގާޑަން" ގައި އަނބ އަޅާފައި
އޭނާ ވިދާޅުވި ގޮތުގައި ގަސް ހެއްދުމަކީ އަބަދު ވެސް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމެކެވެ. ގަސް ހެއްދުން އަމިއްލަ އަށް އެންމެ ފުރަތަމަ ތަޖުރިބާ ކުރެއްވީ 2005 ވަނަ އަހަރު މާސްޓާސް ހެއްދެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގެންފަ އެވެ. އެ ގައުމުގައި ހޭދަކުރެއްވި ދެ އަހަރުގެ ތެރޭގައި ކަރާ ހެއްދުމަށް މަސައްކަތް ކުރެއްވި އެވެ. ނަމަވެސް މާ އަޅާ ހިސާބަށް ދިޔައިރު ފިނި މޫސުން އައުމުން އެކަން ކާމިޔާބެއް ނުވި އެވެ.
އެކަމަކު މިފަހަރު ހެއްދި ވެލުގައި ރަނގަޅު ހެޔޮވަރުގެ ކަރައެއް އަޅައިފި އެވެ. މަލީހް ވިދާޅުވީ މިދިޔަ މަހު ކެނޑި އެ ކަރާގެ ބަރުދަނުގައި 2.7 ކިލޯ ހުރި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެއީ މީގެ ކުރިން ފަރިއްކުޅުވާފައި ނުވާހާ ފޮނި އަދި މީރު ކަރައެކެވެ.
މަލީޙުގެ "ހޯމް ގާޑަން" ގައި ހައްދާފައި ހުރި ކޮޕީ ފަތް ގަސްތަކެއް: އެތަނުގައި އެންމެ ގިނައިން ހައްދާފައި ހުރި އެއްޗަކީ މިއީ
"ވަރަށް ފޮނި، ވަރަށް މީރު ކަރައެއް އެއީ. މިހާރު ދެ ވަނަ ކަރާ އެބަ ބޮޑުވޭ. އޭގެ ބަރުދަނުގައި ކިލޯއެއް އެބަހުރި،" ދަނޑުވެރި ފުވައްމުލަކަށް އުފަން މަލީހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގަސް ހައްދަން ފެއްޓެވި ފަހުން ގެއަށް ބޭނުންވާ މިރުހާއި ކޮޕީފަތް ބާޒާރުން ބައްލަވައެއް ނުގަންނަވަ އެވެ. އާއިލާގެ އެހެން ބޭފުޅުން ވެސް އާއްމުކޮށް މިހާރު ބޭނުން ކުރައްވަނީ "ހޯމްގާޑަން" ގައި ހައްދާ އެއްޗިއްސެވެ.
އެ ތަނުގައި 17 އަށް ވުރެ ގިނަ ބާވަތުގެ ގަސް ހުރިއިރު އެންމެ ގިނައީ ކޮޕީ ފަތް ގަހެވެ. އޭގެ 160 ގަސް ހުރިއިރު ދެން އެންމެ ގިނައީ ތޮޅި މިރުހާއި ގިތެޔޮ މިރުހާއި ކަނޑޫދޫ މިރުހެވެ. އެ ވައްތަރުތަކުގެ 60 ގަސް އެބަ ހުއްޓެވެ. އަދި ޗެރީ ޓޮމާޓޯގެ ވެސް 20 ގަސް އެބަހުއްޓެވެ.
މަލީޙުގެ "ހޯމް ގާޑަން" ގައި ހައްދާފައިވާ މެލަން
އެ ގަސްތަކުގެ ތެރެއިން އެންމެ ބޮޑީ އަނބު ގަހެވެ. އެ ގަސް ހަތަރު ފޫޓަށް ބޮޑުވެއްޖެ އެވެ. ދެން ހުރި ބިލިމަގު ގަސް ވެސް ހުރީ އެ ވަރަށް ފޯދިފަ އެވެ.
އަނބު ހައްދަން، ފާއިތުވި ފަސް އަހަރު ކުރެއްވި މަސައްކަތް އެންމެ ފަހުން ކާމިޔާބުވެ މިހާރު ހުރީ ގަހުގައި އަނބު އަޅައިފަ އެވެ.
މަލީހް، "ހޯމް ގާޑަން" ގައި މަސައްކަތް ކުރައްވާއިރު، ކުޑަ ދަރިފުޅު ބަލަހައްޓައިގެން.
މިހާތަށް އިންދެވި ގަސްތަކުގެ ތެރެއިން ނުލިބުނީ ބަރަބޯ އަދި ޕެޝަން ފުރުޓެވެ. ހަރުވުމުގެ ކުރިން ބަރަބޯ ހަލާކުވީ އެވެ. ޕެޝަން ފްރުޓް ނުލިބެނީ މާ ހަރުނުވާތީ އެވެ. އެކަމަކު ވަރަށް ގިނައިން މާ އަޅަ އެވެ.
ދަނޑިއަލުއްވާއި ބިލަމަގާއި މުރަނގަ ގަސް ވެސް ރަނގަޅަށް ފޯދި އެއިން މޭވޭ ލިބޭ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ކަންކުުން ފަތާއި އުއްދަނޑި އާއި ތައިލެންޑު ޖަނބުރޯލާއި ޗެރީ ގަހާއި އޮރެގާނޯ އަދި ލެމަން ގްރާސް ވެސް ހައްދާފައި އެބަހުއްޓެވެ.
މަލީހުގެ ހޯމް ގާޑަންގައި ހައްދާފައިވާ މިރުސް ގަހެއްގައި އަޅާފައިވާ މިރުސްތަކެއް.
މި ހުރިހާ ބާވަތެއްގެ ގަސް އިންދާނެ އޮށް ހޯދަނީ ރާއްޖޭގެ އިތުރުން ތައިލެންޑާއި ޖަޕާނާއި އެމެރިކާއިންނެވެ.
އެ ގަސްތައް ބޮޑުކުރުމަށް އެއްވެސް ގޮތަކަށް ކެމިކަލް ނުވަތަ ބޭހެއް ބޭނުމެއް ނުކުރައްވަ އެވެ. ޓޮމާޓޮ ގަހަށް ހުދުކޫޑި ބަލި ޖެހުމުން ވެސް ބޭސް ނުޖަހައި ބެއްލެވީ ކޮންމެ ދުވަހަކު ވެސް ގަހުން ކޫޑި ފިލުވާލެވޭތޯ އެވެ. އަނބުގަހުގެ ފަތްތައް އެނދުމުގެ މައްސަލަ ދިމާވެ އަދި ކަރާ ވެލަށް ވެސް ކޫޑިބަލިޖެހ އެވެ. އެކަމަކު ކެމިކަލް ބޭނުން ނުކުރައްވާ ވޭތޯ ބައްލަވަ އެވެ.
Alanaasi gahakeeves hahdhan faseyha gaheh. Ehenas meyvaa libenee varah zamaanun. Ekamaku alanaasi alhaafa hunnairu eyee balaa foohinuvaahaa reethi meyvaa eh. #homegarden pic.twitter.com/38PtYaJbsI
— Mohamed Maleeh Jamal (@maleehjamal) November 14, 2019
އެގޮތަށް ޕޮޓާއި ހަންބުރީގައި ތަފާތު ގަސްތައް އިންދާއިރު، މަލީހު އަންނަނީ އަކުއަޕޮނިކް ނުވަތަ މަހަށް ކާންދީ އޭގެ ޒަރިއްޔާއިން ގަހަށް ކާނާ ފޯރުކޮށްދިނުމުގެ ގޮތް ވެސް ތަޖުރިބާކުރައްވަމުންނެވެ. އެއް ބާސްކެޓުގައި މަސް ހުންނައިރު ދެ ވަނަ ބާސްކެޓުގައި ހުންނާނީ ފްލޯޓުވާގޮތަށް ގަސްތައް ބަހައްޓައިފަ އެވެ.
މަލީހުގެ ހޯމް ގާޑަންގައި އެޅި ފުރަަތަމަ ކަރާ
"ކުރިއަށް ދިއުމުގައި އަދި ވެސް ދަސްކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރި. އެކަން ރައްޓެހިން ކިބައިންނާއި ދާއިރާގެ ތަޖުރިބާކާރުންގެ ލަފައަށް ވެސް އަހަން. އަދި އަމިއްލަ އަށް ވެސް ދިރާސާކުރަން،" މަލީހު ވިދާޅުވި އެވެ
މިނިސްޓަރު ވިދާޅުވި ގޮތުގައި ތަފާތު ގަސްތައް އިންދައި ގްރީން ހައުސެއް ތައްޔާރުކުރުމަކީ އަމާޒެކެވެ. އަދި އިތުބާރުކުރެވޭ ތާޒާ ފަތްޕިލާވެލި، އާއިލާ އާއި ރައްޓެހިންނަށް ފޯރުކޮށްދިނުމަކީ ވެސް އެއް ބޭނުންކަމަށް ވިދާޅުވި އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެގޮތަށް
17 November 2019
މާލޭގަ އެކަހަލަ ހޯމް ގާޑްންތައް ހުރޭ. އެމީހުން އެހާ މަޝްހޫރުނޫންވީމަ އަދި އެތަކެތީގެ ފޮޓޯ ޕޯސްޓްކޮށްނުހަދާތީ އެހެން މީހުންނަށް ނޭނގެނީ. މަތީ ފްލޯރތަކުގަ އުޅޭ މީހުންނަށް ފެންނާނެ އެކަހަލަ ގޭގެ މާލޭގެ އެކިދިމާލުގަ ހުންނަ އިމާރާތްތަކުން ބަލާލައިފިނަމަ. އާއްމުކޮށް ނުލިބޭ އެއްޗެހި ހައްދާ މީހުންވެސް އުޅޭ.
އެލެން
17 November 2019
ވަރަށް އުފާވެރި މަންޒަރެއް. އަހަރެންވެސް ވަރަށްކުރާ ހިތްވާ ކަމެއްތީ. އެކަމަކު ކީއްކުރާނީ މާލޭގެ އުޅޭ ގިނަމީހުން މިއުޅެނީ ކިރިޔާ ނިދާލާ ކައްކާ ކެވޭނެ ވަރުގެ ތަންތަން ކޮޅުގަ. ޓެރަސްއެއް ހުއްޓަސް އެގެއެއްގެ ވެރިންނަށް ނޫނީ ބޭނުން ނުކުރެވޭ އެތަނެއް. ފިނިވައިކޮޅެއް ޖައްސަންވިޔަސް ކުއްޔަށްއުޅޭ ބަޔަކަށް ނޭރޭ އެތަންތަނަކަށް
ރީތި މޫސަ
17 November 2019
ރައްޔިތުންނަށް ވެފައިވާ ވައުތަށް ފުއްދުމަށްފަހު ތިކަމަށް ވަގުތުހުސްކުރުމަށް ގޮވާލަން ތިކަމަކީ ވަރައްސަޅިކަމެއް
ސޭޑްލައިފް
16 November 2019
އަހަރެންވެސް ވަރަށއ ބޭނުން ގަސް ހައްދަން. އެއީ ވަރަށް ހިންހަމަޖެހުންލިބޭ ކަމެެއް. އެކަމަކު ކީއްކުރާނީ ދިރިއުޅެން ޖެހިފަމިވަނީ ކިރިޔާ ހިރިލެވޭވަރުގެ ތަނެއްގަ ނުކަތާވަރުގެ ކުއްޔެއްގަ. ސަރުކާރުން އަހަރެމެން ދިވެހިރައްޔިތުން ހަމަޖެހިލައިގެން އުޅެވޭނެ މަގެއްފަހިކޮށްދީ އާދޭސްކުރަން
މަލަކުރި
16 November 2019
ސަޅި
އަސްލަމު
16 November 2019
އިންޓަނެޓު އަގު ހެވެއް ނުވޭ. އެެހެން މީހަކާ ހަވާލު ކޮށްފައި ދަނޑުހައްދަން ބަހައްޓާ
ޢަހްމަ
16 November 2019
ތީ ކޮންރަށެއްގައި އޮތް ކޮން ގޯއްޗެއްގެ ބައެއްގައި ހައްދާ އެއްޗެއްތޯ؟ ކިތައްއަކަފޫޓްތޯ
މެލަން ގަސް
16 November 2019
އަދި އަލަށް މި އެނގުނީ މެލަން އަކީ ގަހެއްގަ އަޅާ އެއްޗެއްކަން.
ލޮނުމެދުފަޓާސް
16 November 2019
އާނ ދޯ.
އައްޑޫ ގޫބައްޑާ
16 November 2019
ކުރީ ސަރުކާރުގަ ވެސް ފެއިލްވެފަ. ޔާމީނު ސަރުކާރުގަ ސްޕޯރޓްސް މިނިސްޓްރީ އިން އައްޑޫ ސްޓޭޑިއަމް ހަލާކުކުރުމުގެ މޭސްތިރި އަކީ މިއީ.
ށިޔާ
16 November 2019
ކޮންމެ ކަމެއްވެސް ސިޔާސީ ވިސްނުމަކުންނޫނީ ވަޒަންކުރާކަށް ނޭނގޭދޯ
އިސްރާފު
16 November 2019
ކޮންމެ ސަރުކާރެއްގަ ވެސް ތިބެފަ ވެރިކަމުގެ ދަޢުރު މެދުޖެހޭއިރަށް އެ ސަރުކާރަކާ ދެކޮޅަށް ނުކުންނާނެ ދެން އިދިކޮޅަށް ބައި ގިނަވެ ބާރު ލިބޭހެން ހީވާއިރަަށް.. އިދިކޮޅާ ގުޅި އަލަށް އަންނަ ސަރުކާރަކާ އަނެއްކާވެސް ގުޅި މަޤާމު ހޯދާނެ.. އަމީނު މަލީހު ދެން ހުންނާނި ޖަމީލު.. އެ މިހާރު ވަކަވެއްޖެ.. މި ސަރުކާރުގަ ހުރި އެންމެ ބޮޑު އިސްރާފު
ރަދީފުގެމުންނަ
16 November 2019
ދަނޑުވެރިކަމާ ބެހޭ ވުޒާރާއަށް އަވަހަށް ބަދަލުކުރޭ..