މަރުވެފައި އޮތް ޒުވާނަކު ގަލޮޅުގެ ގެއެއްގެ ވައިގޮޅި ތެރޭގައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއެއްގެ އެއް ވަނަ ފަންގިފިލާގެ ވައިގޮޅީގައި މަރުވެފައި އޮތް ފިރިހެނެއް ފެނިގެން ހެނދުނު 10:10 ގައި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މަަރުވެފައިވާ މީހާ އަކީ ކާކުކަން އަދި ނޭނގޭތީ އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.