ޚަބަރު / ޑރ. އަފްރާޝީމް

އަފްރާޝީމާ ގުޅޭ ގޮތުން ޝަހީމް ހެއްދެވީ އިތުރުފުޅެއް؟

ޝަހީމް: އަފްރާޝީމް ޓީވީއެމްގެ ޕްރޮގްރާމަކަށް އެރުއްވީ އަމިއްލަ އަށް ބޭނުންވެގެން ކަމަށް ޝަހީމް ވިދާޅުވާ ވާހަކަ ކޮމިޝަނުން ގަބޫލެއް ނުކުރޭ. --ފޮޓޯ/މިހާރު

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ރިޔާސީ ކޮމިޝަންގެ ތަހުގީގަށް ދެއްވި ބަޔާނުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ތުހުމަތު ކުރުމުން، އޭނާ ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

ޝަހީމް މިއަދު ވިދާޅުވީ މަރު ކޮމިޝަނުން އުޅެނީ ހަގީގީ ގާތިލް ފޮރުވަން ކަމަށެވެ. އަފްރާޝީމްގެ މަރު، މައުސޫމް މީހުންނާ ގުޅުވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

"އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގަންނަވާނެ އެވެ. ޓީވީ ޕްރޮގްރާމާ ބެހޭ ގޮތުން މަރު ކޮމިޝަނަށް ދީފައި ވާނީ ތެދު މައުލޫމާތެވެ،" ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

މަރު ކޮމިޝަންގެ ތުހުމަތާ ގުޅިގެން ޝަހީމް ކުރެއްވި ޓުވީޓް.

އަފްރާޝީމް އަވަހަރާކޮށްލި އިރު ޝަހީމަކީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރެވެ. މަރު ކޮމިޝަންގެ ތަހުގީގަށް އޭނާއާ ސުވާލުކުރީ، ދައުލަތުގެ މީޑިއާ، ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމަށް އަފްރާޝީމަށް ފުރުސަތު ލިބިވަޑައިގަތް ގޮތާ ގުޅޭ ގޮތުންނެވެ.

ކުއްލި ގޮތަކަށް އެ ޕްރޮގްރާމަށް އަފްރާޝީމަށް ދައުވަތު ލިބިވަޑައިގަތީ އޭނާ ދައްކަވާ ވާހަކަތަކާ މެދު ބައެއް އިލްމުވެރިންގެ ހިޔާލުތަފާތުވުންތަކާ ގުޅިގެން ފުރުސަތު ނުދޭތާ ދުވަސްތަކެއް ފަހުންކަން ކޮމިޝަނާ ވާހަކަ ދެއްކި އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުން ރިޕޯޓަށް މައުލޫމާތު ދީފައިވެ އެވެ.

ޑރ. އަފްރާޝީމް އަލީ: އޭނާގެ މަރަށް ހަތް އަހަރު ވި އިރު ވެސް އެ މަރުގެ ފަހަތުގައި ތިބި މީހުން ނުހޯދޭ. --ފޮޓޯ/މަޖިލީސް

ޝަހީމް ވިދާޅުވަނީ ޕްރޮގްރާމަށް އެރުއްވީ އަފްރާޝީމް ބޭނުންވެގެން ކަަމަށް!

ކޮމިޝަންގެ ތަހުގީގުގެ ރިޕޯޓް ސަރުކާރުން އާއްމު ނުކުރަނީސް އޭގެ ބައެއް ބައިތައް ލީކުވެފައި ވާއިރު، އެއިން ފެންނަ ގޮތުގައި ޝަހީމް ދެއްވި ބަޔާނާއި އޭނާ އާއި އަފްރާޝީމާ ދެމެދު ފޯނުން ކުރައްވާފައިވާ މުއާމާލާތްތައް ދިމައެއް ނުވެ އެވެ.

ރިޕޯޓުގައި ބުނީ އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ހެނދުނު ވަރަށް ގިނައިން ގުޅުއްވި ކަމަށް ޝަހީމްގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށެވެ. ޝަހީމް މާބުރަކޮށް އުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްވުނީ އެވެ. އެހެންވެ ބައްދަލުވުންތައް ނިންމާފައި ގުޅުއްވާނެކަން އަފްރާޝީމަށް މެސެޖް ކުރެއްވީ ކަމަށް ޝަހީމް ވިދާޅުވެފައިވެ އެވެ.

އެކަމަކު، ކުރިން އެންގެވުމަކާ ނުލައި ބައްދަލު ކުރައްވަން އަފްރާޝީމް ވަޑައިގަތީ އިސްލާމިކް މިނިސްޓްރީ އަށް ކަމަށް ޝަހީމް ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ. އެ ވަގުތު ބައްދަލުވުމެއްގައި އިންނެވި ވާހަކަ ޝަހީމް ވިދާޅުވުމުން ވެސް އަފްރާޝީމް ބޭނުންވީ ބައްދަލުކުރެއްވުމަށް ފަހު އެނބުރި ވަޑައިގަތުމަށް ކަމަށާއި އެހެންވެ ބޭރުގައި، ކާރުގައި އިންނެވި ކަމަށް ވެސް ޝަހީމް ވިދާޅުވި ކަމަށް ރިޕޯޓުގައިވެ އެވެ.

"މެންދުރު ނަމާދު ފަހުން ބައްދަލުކޮށް އެ ބޭފުޅާ އަފްރާޝީމް] އެދިލެއްވީ އެ ރޭ ޓީވީގައި އޮންނަ ޕްރޮގްރާމަށް އަރުއްވާށެވެ. އެރޭ އޮންނަ ޕްރޮގްރާމަށް އެރުއްވުމަށް އެދިލެއްވީ ސީދާ އެ ބޭފުޅާ އެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ އަޅުގަނޑު އެދިގެން އެރި އެރުމެއް ނޫނެވެ،" ޝަހީމްގެ ބަޔާން ކަމަށް ރިޕޯޓުގައި ލިއެފައިވައިވާ ވާހަކަތަކުގައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓީވީއެމްގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަން އަފްރާޝީމް ބޭނުންފުޅުވީ އެ ޕްރޮގްރާމުން އޭނާ އަށް ފުރުސަތު ލިބޭނެ ކަމަށް ކޮން ބޭފުޅަކު ޔަގީންކަން ދެއްވައިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އެ ރެއަށް ސީދާ ބޭނުންވީ ކީއްވެގެން ކަމެއް ވެސް އަޅުގަނޑަކަށް ނޭނގެ އެވެ. އެރޭ އެރުއްވުމަށް މާބޮޑަށް އެދިލެއްވީ އެވެ. ތަކުރާރުކޮށް އެދިލެއްވި އެވެ،" ޝަހީމް ވިދާޅުވި ކަމަށް ރިޕޯޓުގައި ވެ އެވެ.

އަފްރާޝީމަށް ދައުވަތު ދެއްވީ ޝަހީމް!

ޝަހީމް ދެއްވި ބަޔާނުގައިވާ ވާހަކަތަކާ ގުޅިގެން ކޮމިޝަނުން ވަނީ އޭނާ އާއި އަފްރާޝީމް އެ ދުވަހު ފޯނުން ކުރެއްވި މުއާމަލާތްތައް ތަހުގީގަށް ހޯދައިފަ އެވެ. އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފޮނުއްވި މެސެޖްތައް ރިޕޯޓުގައި ހިމަނާފައިވާ އިރު، އޭގައިވާ ގޮތުން ޓީވީއެމްގެ ޕްރޮގްރާމަށް އަފްރާޝީމަށް ދައުވަތު ދެއްވީ ޝަހީމެވެ.

އޭނާގެ ވާހަކަތައް ދޮގުކޮށް ރިޕޯޓުގައި ބުނީ އިސްލާމިކް މިނިސްޓްރީގައި ބައްދަލުކުރައްވަން އެދިވަޑައިގަން އަފްރާޝީމަށް މެސެޖްކުރެއްވީ ޝަހީމެވެ. އޭގެ މާ ކުރިން، އެ ޕްރޮގްރާމާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި މަޝްވަރާތަކެއް ކުރައްވާފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެ ޕްރޮގްރާމަށް އެރުއްވުމުގެ ފުރުސަތު އަފްރާޝީމަށް ލިބިވަޑައިގަތީ ފުރުސަތު ނުދެއްވާތާ ތިން އަހަރު ފަހުން ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނާ ހަވާލާދީ ރިޕޯޓުގައިވާ ގޮތުން، އިސްލާމީ ދިރިއުޅުން ޕްރޮގްރާމުން އަފްރާޝީމަށް ފުރުސަތު ނުދެނީ އޭނާ ދައްކަވާ ބައެއް ވާހަކަތަކާ މެދު ބައެއް އިލްމުވެރިން ހިޔާލުތަފާތުވެ، ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެވެ.

ރިޕޯޓުގައިވާ ގޮތުން ޕްރޮގްރާމަށް އަފްރާޝީމް އަރުއްވަން ބޭނުންވި ސަބަބު ވެސް ކުރިން ޝަހީމަށް އެނގިވަޑައިގަންނަވަ އެވެ.

އެއީ، ކުރިން ޑރ. އަފްރާޝީމް ދެއްކެވި ވާހަކަތަކާ ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާވާ ކަން އާއްމުކޮށް އިއުލާންކުރަން ކަން ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި އަދި އެރޭގެ ޕްރޮގްރާމަށް އެރޭ ގޮތަށް ހަމަނުޖެހިއްޖެ ނަމަ އެ ބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވަން ޑރ. ޝަހީމް ހުށަހަޅުއްވާފައިވާ ކަން ވެސް ދެ ފަރާތުގެ ދެމެދުގައި ބަދަލުކުރެވިފައިވާ މެސެޖްތަކުން އެނގެ އެވެ،" ރިޕޯޓުގައިވެ އެވެ.

"ވީމާ އެ ޕްރޮގްރާމަށް އެރޭނެ ކަމުގެ ޔަގީން ކަމެއް ދެވޭނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެ ރެއަށް ސީދާ އެ ޕްރޮގްރާމަށް ޑރ. އަފްރާޝީމް އަރަން ބޭނުންވީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށް ވިދާޅުވެ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކޮމިޝަނަށް ދެއްވާފައިވާ މައުލޫމާތަކީ ތެދު މައުލޫމާތެއް ނޫން ކަން އެނގެ އެވެ."

ޑރ. އަފްރާޝީމް އަނބުރާ ދީނަށް ރުޖޫއަވެ މީޑިއާގައި އެކަން އިއުލާންކޮށްފި ނަމަ ކިތަންމެހާ ވެސް ރަނގަޅު ކަމަށް ބުނެ ޝަހީމަށް މީހަކު ފޮނުވި މެސެޖެއް، ސެޕްޓެމްބަރު، 12، 2012 ގައި އަފްރާޝީމަށް ފޮނުވާފައިވާތީ ވެސް ކޮމިޝަނުން ސުވާލުކޮށްފައިވެ އެވެ. ޝަހީމް ވިދާޅުވީ އެ މެސެޖް ފޮނުވީ ކާކު ކަމެއް ހަނދުމަފުޅު ނެތް ކަމަށެވެ.

އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އެރުއްވުމާ ގުޅޭ ގޮތުން ޝަހީމް ދެއްކެވި ވާހަކަ ކޮމިޝަނުން ގަބޫލުނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި، އޭނާ އަވަހާރަކޮށްލުމުގައި ޝަހީމް އަދި އަދާލަތު ޕާޓީގެ އަތެއް ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓަށް މައުލޫމާތު ދިން ސިއްރު ހެކިވެރިޔަކު ބުނެފައިވެ އެވެ.

34 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 3%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

18 November 2019

ތީ ހައްތަހާވެސް ހަމަ މުނާފިޤު ޝޭޚުން! އަމިއްލަ މަންފާ އަށް ކަންކަން ކުރާ ޝޭހުން!

The name is already taken The name is available. Register?

ހާމިދު ޝާހިދު

17 November 2019

ހަގީގަތުގައި ޑރ އަފްރާޝީމްގެ މައްސަލައަކަށްވީ، ލަވަކިޔުން އެއީ އެންމެ ރަނގަޅުކަމެއްކަމަށް ވިދާޅުވުން. އެކަމަކު ލަވަ ކީނަމަވެސް އެ ހައްދުންނެއްޓި ދާނަމަ އެކަން ކަމުނާނޭކަމަށްވެސް ވިދާޅުވެފައިވޭ. އެދުވަސްވަރު އަދާލަތުގެ ގިނަ އިސްމެމްބަރުން މިވާހަކައާދެކޮޅު. އެކަމަކު އަފްރާޝީމް ދައްކާ ދީނީ ގިނަވާހަކަތަކަކީ ކަމުދާ ވާހަކަ. ދެން އެމްޑީޕީ އިންކަންބޮޑުވަނީ އަފްރާޝީމް އެޕާޓީއަށް ދީނީގޮތުން ކިޔާ ފާޑުކިއުންތަކުގެ އަސަރުގައި ގިނަބަޔަކު ޖެހުން. ދެންކުރީކާކު

The name is already taken The name is available. Register?

‫މީވީގޮތޭ

17 November 2019

‫ޝަހީމް މިހާރުވެސް މެސެޖް ފޮނުވިމީހާ ހަދާން ކޮއްލާއިރަށް މި ތަހުގީގު މުޅިން ސާފުވީއެވެ. އަފަރާޝީމް މެރިމީހުން ޝަހީމަށްވެސް އެގުނީއެވެ. ހަދާންނެތޭ ބައްޔަށް ބޭހެއްކުރެއްވުންވެސް ރަގަޅެވެ.

The name is already taken The name is available. Register?

ފުއްލާދުލި

17 November 2019

ފޮނުވާފަ ހުރި މެސެޖްތަކާ ކޯލް ލޮގާ މި ހުރިހާ އެއްޗެއް އެބަ ހެކިދޭ ޝަހީމާ ދެކޮޅަށް. އަނެއްކޮޅުން އެ ދުވަހު ޕޮރޮގްރާމަށް އަރުވަން ބުނި ފަރާތްވެސް ނޭންގޭ ކަމަށްބުނެ އިންކާރުކޮށް. މިއީ އޭރުގެ ސިޔާސީ ޕްރެސަރުގަ ކުރިކަމެއްވިޔަސް ރީއްޗަށް ކިޔާދޭންވީނުންތޯ. ކަތިވަޅި ހިފައިގެން ހަމަލާދިން މީހުން ނުހޯދިގެންނޫން މި އުޅެނީ. މިކަން ސިއްރުކުރި މީހުންނާ މަގުފަހިކުރި މީހުން ހޯދަން އުޅެނީ. އިސްލާމިކް ޔުނިވަސިޓީ ކެންޓީނު ހިންގި މީހާވެސް ހަނދުމަފުޅުނެތް ދެއްތޮ

The name is already taken The name is available. Register?

އަލީރާޖާ

17 November 2019

ޔާމީނު ކައިރިއަކު ނޫޅޭ ސަހަލަ އެކަކުވެސް. މީނާ ރަނިންގް މޭޓަކަށް ހޮވާނީ ކަމެއްވެގެންތާ.

The name is already taken The name is available. Register?

ސިޔާޒު

17 November 2019

އަޒްލީފް ސިފައިންގޭ އުޅެމުން ގޭންގު ހިންގާ ރާލާއި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އުޅުނޯ. ތާރީހުގައި ފުރަތަމަފަހަރަށް މަޖިލިސް މެންބަރަކު ގަތުލް ކުރި މައްސަލާގައި ސަސްޕެންޑްކޮށްފަ ހުއްޓާ އޭނާ އިމިގްރޭޝަން ފަހަނައަޅާގޮސް މަތިންދާ ބޯޓަކަށް އަރައިގެން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު އެތަނާ ހަވާލުވެހުރީ ބްރޯ ނުވަތަ އަޙްމަދު އަދީބު. އެކަމަކުވެސް ސިޔާސީ ގުޅުމެއްނެތް. ރަލާ މަސްތުވާތަކެތީގެ ވިޔަފާރި ހިންގި މީހެއް ލާރިގަނޑާއެކު ގޮސް ޖިހާދުވީ؟ ބޯގޯސް.

The name is already taken The name is available. Register?

ކޮލެޖު ފަނޑިޔާރު

17 November 2019

ހަނދާން ނެތޭ ޝަހީ މު ބުންޏަސް އެއީ ދޮގު. އެހެނީ އަފްރާޝީ މް މަރާލިދުވަހުން ފެށިގެން އެހާދިސާ އާއި ބެހޭ ވާހަކަ ގައު މުގައި ކޮން މެ ދުވަހަކު މިދަނީ ދައްކަ މުން. ވީ މަ ގައު މު ހަނދާންހުރި ގޮތަށް އެ މެސެޖު ފޮނުވި މީހާގެ ހަނދާން ވެސް ޝަހީ މުވެސް އަބަދު ހުންނާނެ.

The name is already taken The name is available. Register?

ގައިނު

17 November 2019

ހުކުރު ދުވަހު ހުކުރުން ފާބާއިގެން މިސްކިތުން ނިކުތް ވަގުތު ފަގުޑި އަޅައިގެންތިބި ބަޔަކު އަފުރަޝީމަށް ހަމަލަ ދިންތަން ފެނުނު ކިތަންމެ ދިވެހިންނެއް މިހާރުވެސް ދިރިދުނުޔޭގައި އެބަތިބި. އެމީހުން ހެކިވާނެ އެދުވަހު އަފުރަޝީމަށް ހަމަލަ ދިނީ ކޮން "ޕާޓީ" އެއްގެ ބައެއްކަމާއި ، އެދުވަހު އެމީހުން އަފުރަޝީމަށް ގޮވަމުންދިޔަ އެއްޗެތީގެ އަޑު.

The name is already taken The name is available. Register?

ރަށުމީހާ

17 November 2019

މެސެޖު ކުރީކާކުކަމެއް ނޭގެޔޭ ބުނީމާ. ޑޮއްކުޓަރު ސަހީމް އެގޭތަ އަހާބަލަ,

The name is already taken The name is available. Register?

ނެޑް

17 November 2019

ދޮގު ހެދީ. ހެދީ ދޮގު. ކޮން ހެއްދެވި އިތުރުފުޅެއްތަ؟ ދޮގުގެވެސް މާތް ގޮތެއް އޮވޭތަ؟ މާތްކޮށް ދޮގު ހެދޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454