ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަށް އަބަދުވެސް ޖަވާބުދާރީވާނެ ކަމަށް.---ފައިލް ފޮޓޯ: މިހާރު
22 ނޮވެމްބަރ 2019 - 18:53
ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އޮފީސް ހުޅުމާލޭ ގައި އިއްޔެ ހުޅުވައިފި އެވެ.
މުޅިން އަލަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ދާއިރާގެ އޮފީސް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 12 އަށް އަދި މެންދުރު 1 ން ހަވީރު 5 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އޮފީސް ހުންނަނީ ހުޅުމާލޭގެ ކެލާމަގުން (ލޮޓް ނަމްބަރު 11089) ގަ އެވެ.
ސިފައިންގެ ތެރޭގައި ވިއްސަކަށް އަހަރު ހޭދަކުރައްވައި ސިފައިންގޭގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ނާޒިމް "މިހާރު" އަށް ވިދާޅުވީ، "ދަނގެތި ދާއިރާގެ އޮފީސް" ގެ ބޭނުމަކީ އެ ދާއިރާގެ ރައްޔިތުންނާ ގާތުން އެހީތެރިކަން ފޯރުކޮށްދީ، އެކި ކަންކަމުގައި ބައްދަލުކޮށް މަޝްވަރާ ކުރުން ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނާ މި އޮފީސް މެދުވެރިކޮށް އަބަދުވެސް ބައްދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އޮފީހުގެ މުވައްޒަފުން މެދުވެރިކޮށް ލިބޭނެ. ސަރުކާރު ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް އަޅުގަނޑުމެން އެހީތެރިވާނަން. އަޅުގަނޑަށް ނުގުޅޭ ހާލަތުގައި ގުޅުމަށް ހޮޓްލައިން މެދުވެރިކޮށް ވެސް ގުޅޭނެ. އަޅުގަނޑަށް ނުގުޅޭ ހާލަތުގައި އޮފީހުގެ ފޯން ނަމްބަރަށް ގުޅައިގެން ވެސް އަޅުގަނޑަށް އެޕޮއިންޓްމަންޓް ހެއްދޭނެ،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުގެ އޮފީހުން އަބަދުވެސް ޖަވާބުދާރީ ވާނެ. މި ފަސް އަހަރު މިކަން މިގޮތަށް ދާނެ."
ދާއިރާގެ ލޮބުވެތި ރައްޔިތުންނާ ވީހާވެސް ގަާތުން މަސައްކަތް ކޮށް ޚިދުމަތްކުރުމަށްޓަކައި އެކަމަށް ހާއްސަ އޮފީހެއް ހުޅުވުމުކީ ލިބޭ އުފަލެއް. #ދަނގެތިދާއިރާއޮފީސް pic.twitter.com/ilXCoNtTrw
— Col(rtd)Mohamed Nazim (@nazim7878) November 21, 2019
ނާޒިމްގެ އޮފީހާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓް
ނާޒިމަކީ، ވެރިކަން ކުރާ ކޯލިޝަން ގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އިސް މެމްބަރެކެވެ. އޭނާ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުކަން ވެސް ކުރިން ކުރެއްވި އެވެ. އެކަމަކު، އެ ޕާޓީގެ ބައެއް ކަންކަމާ މެދު ހިތްހަމަޖެހިވަޑައިނުގަތުމުން ވަރަށް ފަހުން ވަނީ ގާސިމްގެ އެޑްވައިޒަރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. ޖުމްހޫރީ ޕާޓީން ބުނެފައި ވަނީ ނާޒިމް އެ ފިޔަވަޅު އެޅުއްވީ ގާސިމްގެ ވެސް އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
ނާޒިމަކީ، ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ ކެންޑިޑޭޓެކެވެ. އެކަމަކު، އެކަމާ ބެހޭ ގޮތުން އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެގޭ މީހާ މިގޭ މީހާ
23 November 2019
ހާދަރުޅިއެކޭ ކެނެރީގޭ މީހާދެކެ ތިއަންނަނީ. ފުރަތަމަ ހަޖަމްކުރަން ދަސްކުރަންވާނެ އަދި ތަފާތު ވާކަން. އަދި ތަފާތާއެކީ އުޅެން. ކަލެއަކަށްވެސް ލެއެއް ހުއްދައެއްނޫން.
ޢަހްމަ
23 November 2019
ތިއޮފީހުގެ ގޮތްޕެއް ދަނގެތީގައި ހުޅުވައި އެތަނުންވެސް ބައެއް ޚިދުމަތް ދޭންފެނޭ، އެއީ ގާތުން ޚިދުމަތްދިނުމަށް
ނާޒިމް އޮފީސް
23 November 2019
ތިޔަ އޮފީސް ހުޅުވަން އެންމެ ރަނގަޅީ ސިލޯނުގައި... އޭރުން ދަނގެތި ރައްޔިތުންނާ މާކައިރިވާނެ...
އަލްފާޟިލް ކައުންސިލަރު
23 November 2019
ނާޒިމަކީ ގާބިލް ބޭފުޅެއް އަދި މިހާރު މަޖުލީހުގައި އިންނެވި އެންމެ ތަޢުލީމީ އެއްބޭފުޅާވެސްމެ. ނާޒިމަށް ކާމިޔާބު އެދެން. އަދި ބުނެލަންބޭނުންވޭ އެއީ ގައުމުގެ ރައީސްކަންވެސް ކުރެވޭފަދަ ގާބިއްލިޔަތުކަން ލިބިފައިވާ ބޭފުޅެކޭ.
އާދު
22 November 2019
ކެނެރީގޭ މީހާނޫނިއްޔާ ކޮންމެމީހެއް އަޔަސްރާއްޖެކުރިއަރާނެ މިހާރުވެސް ހުރިހާގޯހަކީ އެއީ
ކައްކާ
22 November 2019
ދަނގެތީމީހުން މެންބަރާ ބައްދަލުކުރަން ދަތުރުހަދައިގެން މާލެގޮސް އެޕޮއިންޓުމަންޓު ހައްދައިގެން ނަންބަރުޖެހެންދެން މާލޭ ގޭގެއަ ކުލިދައްކައިގެން ތިބެންތަ ޖެހެނީ. ރަށުމީހަކު މެންބަރުކަމަށް ހޮވާށޭ މުސްކުޅިން ބުނެއުޅެނީ ސަބަބުތަކެއް އޭގައި ހުރީމަ.
އިއްބޭ
23 November 2019
ރަށު މީހަކު މެންބަރުކަމަށް ހޮވީމަ އޭނާ ދިރިއުޅެނީ ރަށުގަތަ؟ ތިޔަ ދައްކަނީ އެއްވެސް ވަރަކަށް ހަމަޖެހޭ ވާހަކައެއް ނޫން. ރަށު މީހާ ހޮވިއަސް އޭނާ އައިސް ދިރިއުޅެން ޖެހޭނީ މާލޭގައި. ދެން އޭނާއާ ބައްދަލުކުރަން ޖެހޭނީ ހަމަ މާލެ އަންނަން ނޫނީ އޭނާ ދާއިރާއަށް ދާ ދުވަހަކުން ބައްދަލުކުރަން މަޑުކޮށްލަންޖެހޭނީ. މިހާރުވެސް ވަރަށް ގިނަ މެންބަރުން މަހުން މަހަށް ދާއިރާއަށް ގޮސް ރައްޔިތުންނާ ބައްދަލުކުރޭ. މާލޭގައި އޮފީހެއް ހުޅުވުން އެއީ ހަމަ ވަރަށް ރަގަޅުކަމެއް.
އަމިއްލަ އެދުން
22 November 2019
ތިޔައީ ވެރިކަމުގެ ދަހިވެތިކަމުގެ ފެށުން ތިޔަހެން ތަފާތުކަންކަން މި ދހުވަސްވަރުކުރާނެ ނާޒިމަކީވެސް ވެރިކަމަށް ވަރަށް ދަހިވެތިވެފައިވާ ބޭފުޅެއްކަން ކުރިން އެމަނިކުފާނުގެ ވާހަކަފުޅުތަކުންވެސް ވަނީ ސާބިތުވެފަ
ލެއްގި ކޮމިޝަނަރ
22 November 2019
ސިޔާސީދާއިރާގަ ވެރިކަމަށް ދަހިވެތިނުވާ އެކަކުވެސް ދައްކަބަލަ. ސިޔާސީވަނީވެސް ވެރިކަމަށް ދަހިވެތިވީމަ. ތިމައްނާ ވެރިކަން ބޭނުމެއްނޫނޭ، ތިމަންނާ ހުއްނާނީ ނޫސްވެރިއަކަށޭ ބުނި މީހާވެސް ވެރިކަމާއިގެން އުޅޭވަރު އަހަރުމެން އމަދެކެން.
އައްލާ
22 November 2019
ނާޒިމްވިއްޔާ ވެރިކަން ކުރުން މަނަލީތަ؟ އަންނިއާއި ޔާމީންއާ އެކަނިތަ މި ރާއްޖޭގައި ވެރިކަން ކުރަން ޖެހެނީ؟ ވެރިކަމަށް ކުރިމަތިލުމަކީ ޝަރުތުހަމަވާ ކޮންމެ މީހެއްގެ ހައްގެއް. ނާޒިމްއަށްވެސް ތާއީދު އޮތިއްޔާ އެކަން ނުކުރާންވީ ސަބަބެއް ނެތް.
މެކޭ
22 November 2019
ރިޔާސީ އިންތިހާބުގައި ވާދަކުރަން ނާޒިމުގެ ނެތް ސިޔާސީ ބާރުވެރިކަމެއް. ވެރިކަމަށް އައުމަށް ބޭނުންނަމަ ފުރަތަމަ ކުރަންވީކަމަކީ ދިވެހިރައްޔިތުންގެ ތާއިދާއި ލޯބި ހޯދުން! މާލެއާއި އައްޑު އަތޮޅުގެ ރައްޔިތުންގެ ތާއިދުނެތި ކިހިނެތް ވެރިކަމުގެ ހުވަފެންދެކޭނީ.
ލެއްގި ކޮމިޝަނަރ
23 November 2019
ސިޔާސީ ބާރުވެރިކަން ހުއްނަނީ ސިއްކައާއިލާވީމަ ނޫނީ ކާމިނީގޭ އާއިލާވީމަ އެކަނިތަ؟ މިވަގުތު ސިޔާސީ މައިދާނުގަ ހަރަކާތްތެރިވާ މީހުންގެތެރޭން ވެރިކަން ކުރަން އެންމެޤާބިލު މީހަކީ ހަމަ ނާޒިމް. މިހެންބުނީމަ މޭކަރާނެ ބަޔަކުވެސް ތިބޭނެ.
ނޫސް ބަލާމީހާ
22 November 2019
ޢިންތިޚާބަށް ކުރިމަތި ލެއްވިމަކީ ހަމަ ރަނގަޅުކަމެއް.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
22 November 2019
ނާޒިމް ތަފާތު ވާނެ. ހެޔޮ ފެށުމެއް.