30 ނޮވެމްބަރ 2019 - 14:19
އައްޑޫގައި ސިޓީ ހޮޓަލާއި ގެސްޓް ހައުސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ދޫކުރަން ހުޅުވައިލި ބިންތަކަށް ކުރިމަތިލާން ދިން މުއްދަތު އައްޑޫ ސިޓީ ކައުންސިލުން އިތުރުކޮށްފި އެވެ.
ކުރިން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފުރުސަތި ހުޅުވައިލި ނަމަވެސް މުއްދަތު މިހާރު ވަނީ އަންނަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ. ކައުންސިލުން ބުނީ މިގޮތަށް ނިންމީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ޓުއަރިޒަމް ޒޯމްތަކުގައި ސަރަހައްދުތަކެއް ކަނޑައަޅައި ޖުމްލަ 96 ބިން ދޫކުރަން ކައުންސިލުން ނިންމާފައިވެ އެވެ. އެގޮތުން ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާތައް ހިންގަން ދޫކުރަނީ 2،400-10،000 އަކަފޫޓްގެ ބިންތަކެވެ.
Deadline extension for Bids (IFB) for the Lease, Development and Operation of Tourist Guesthouse and City Hotel in Addu City pic.twitter.com/gaZPy4kRiX
— Addu City Council (@AdduCityCouncil) November 29, 2019
ބިންތައް ދޫކުރަން ނިންމާފައިވާ ސަރަހައްދުތަކަށް ބަލާއިރު ހިތަދޫ "މާމެން ބީޗް ޓޫރިޒަމް ޒޯން" އިން 30 ބިން، ހުޅުދޫ "ކޭވައް ބީޗް" މާފިޝި ޓޫރިޒަމް ޒޯނުން 25 ބިން، މީދޫ "ކޯގަންނު ބީޗް" މުލިމަތި ޓޫރިޒަމް ޒޯނުން 16 ބިން އަދި ފޭދޫ "ސަވާ ބީޗް" ދިގިހެރަ ޓޫރިޒަމް ޒޯނުން 24 ބިން ދޫކުރާނެ އެވެ. އަދި މަރަދޫން ދޫކުރަން ހަމަޖެހިފައި ވަނީ 10،000 އަކަފޫޓުގެ އެއް ބިމެވެ. ޓޫރިޒަމަށް އައްޑޫ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ބިންތައް ގިންތިކޮށްފައި ވަނީ ފަސް ބަޔަކަށެވެ.
Pre-bid information session regarding the Lease, Development and Operation of Tourist Guesthouse and City Hotel in Addu City pic.twitter.com/3L8vnMaaQk
— Addu City Council (@AdduCityCouncil) November 14, 2019
އެގޮތުން އޭ ކެޓަގަރީގެ ބިންތަކަކީ 10،000 އަކަފޫޓޫގެ ބިންތަކެވެ. މި ތަންތަނުގައި 60 ކޮޓަރީގެ ގެސްޓް ހައުސް ނުވަތަ ސިޓީ ހޮޓާ ހިންގޭނެ އެވެ. ބީ ކެޓަގަރީގެ 7،000 އަކަފޫޓުގައި 35 ކޮޓަރި ހިމެނެ އެވެ. ސީ ކެޓަގަރީގެ 5،000 އަކަފޫޓުގައި 25 ކޮޓަރި ހިމެނޭ އިރު، ޑީ ކެޓަގަރީގެ 3،000 އަކަފޫޓުގައި 15 ކޮޓަރި ހިމެނެ އެވެ.
އެންމެ ކުދި ބިންތަކުގެ ގޮތުގައި ހުޅުވާލާފައި ވަނީ 2،400 އަކަފޫޓުގެ 10 ކޮޓަރީގެ ގެސްޓް ހައުސް ހިންގަން ދޫކުރާ ބިންތަކެވެ. މި ބިންތަކުގެ ބިޑް ޑޮކިއުމެންޓެއް ވިއްކާ އަގަކީ ދިވެއްސެއް ނަމަ 2،000ރ. އަދި ބޭރު މީހެއް ނަމަ 300 ޑޮލަރަށެވެ. ބިންތަކަށް ހުޅުވައިލި އިރު، އެ ބިންތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓްހައުސް ހިންގަން ބޭނުންވާ މީހުންނަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް 80 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ކައުންސިލުން ބުނިގޮތުގައި ބިންތަކަށް ކުރިމަތިލާ މީހުންގެ ބީލަންތައް ހުޅުވަން އޮންނާނީ ޖެނުއަރީ މަހުގެ 26، 27 އަދި 28 ގަ އެވެ. ކައުންސިލުން މި މަހުގެ 13 ވަނަ ދުވަހު ވަނީ މި މަޝްރޫއާ ގުޅޭ ޕްރީ-ބިޑް މީޓިންއެއް ވެސް ބާއްވައި، މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
01 December 2019
ރަނގަޅު ނިންމުމެއް، އަދިވެސް އިތުރު ބިންތަށް ހުޅުވާލަންޖެހޭ
ރެރެރ
01 December 2019
ނިމިގެން ދާ ކައުންސިލަކުން ބިމުގައި ސޭލު އެޅުވުމަކީ ވަރަށް ވިޔާ ނުދާ ކަމެއް. އާ ކައުންސިލްގައި ހުރެދާނެ ތިއަށްވުރެ މާ މޮޅު ވިސްނުންތައް މިސާލަކަށް ތިޔަ ބިންތައް ކައުންސިލުން ހިއްސާވާގޮތަށް ތަރައްގީ ކުރުމަށް.
ޢިބިރިންބެއްޔާ
30 November 2019
މާދަމާ އަންނަ ރުޅީގައި ނިކުމެ ގެސްޓް ހައުސް ގައި ހުޅުނުޖަހާނެ ކަމުގެ ކޮންްގެރެންޓީ އެއްބާ އޮތީ! ސިޔާސީ ހަލަބޮލިކަމުންގޮސް ކޮންމެފަދަ ކަމެއް ކޮއްފާނެ ކަމުގެ ބިރު އެބައޮތް. ފުލުހުންގެ އިދާރާތައް ރޯކުރިބަޔަކު ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެދޯ ހަމަ! އަދި މިއޮތް ޑިމޮކްރަސީ ފައްކާވެފަ އޮތް ޒަމާނެއްގާ ދޯ!
އޮނަރަބްލް އަފީފު ދީދީ
30 November 2019
މޭޔަރާއި ކައުންސިލްގެދައުރުނިމި އިންތިޙާބަކަށްތައްޔާރުވެ މިހާރުގެ މޭޔަރުވެސް އަލުންމަޤާމްހޯދުމަށްބުރަކޮށް އުޅުއްވާވަގުތެއްގައި މިފަފަކަމެއް އިންސާފުންދިއުމަށްވުރެން "އެހެންގޮތަކަށް ދިއުން" އަދި އަމުދުން ކެމްޕޭނަށް މާލީއެހީހޯދުމަށް ލިބޭރަނުގެފުރުސަތެއްކަމުގައި މިކަންހެދުމަކީވެސް ނުވާނެކަމެއްނޫން. # ރަނގަޅުނޫންވަގުތެއްގައި "ނުއަގުގައި" އައްޑޫގެބިންތައް މިގޮތަށްދޫކޮށްލުމަކީ ކޮށްގެންވާނެކަމެއްނޫން. ކައުންސިލުން މިކަންނުކުރުމަށް ރައްޔިތުންއެދެންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
30 November 2019
ތިކަންކުރާންއުޅޭގޮތުން "ތިއީ ޓްއަރިޒަމް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތަކަށްވުރެން މާލެއިން ބައިއިންޗި ހޮޅިއަކުން އައްޑުއަށް ފެންގެންދިއުންކަހަލަ ކަނޑުކޮސް ގޮތަކަށް" ކުރާންއުޅޭކަމަކާއި ވައްތަރު. # ކިތަންމެގިނަބިމެއްދޫކުރިޔަސް އަދި މުޅި އައްޑޫގައިސިޓީ ހޮޓަލާއި ގެސްޓްހައުސްއަޅައި "ދޮލަގަށް ލައިގެން ދުވިކަމުގައިވިޔަސް" ގަމުގެ އެއަރޕޯޓް ފަތުރުވެރިން އަންނަ ޤައުމުތަކާއި ގުޅާނުލާ "ޤައުމީ ޖަލިޔާކޮޅުގައި މާލެއިން ގަމަށް ގެނެސްގެން" ތިކަމެއް ނުކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
30 November 2019
ސޯލިޙްގެ ވައުދުނާމާއާއި މަޖިލިސް 19 ހޯދަން އެމްޑީޕީ އެކުލަވާލި މެނިފެސްޓޯއާއި ކަޑައެޅިގެން ފުށުއަރާގޮތަށް "މަހުޖަނުންނަށް ފުރުސަތު ފުޅާކޮށް" މިކަން ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން. # ގަމުގެއެއަރޕޯޓްތަރައްޤީކޮށް ފިއުލްފާރމްގައި 80 މިލިޔަންގެލަންގެ ސްޓޯރޭޖެއްއިތުރުކޮށް ފުލްފުލޭޖްގައިހިންގާފަށައިގަތުމުންނޫނީ އައްޑޫގެ ޓްއަރިޒަމަށް ދިރުމެއްނުގެނެވޭނެ. # ތިހެންނަހައްދަވާ ބިންތައްބަހާނުލާ ފުރަތަމަކުރާންޖެހޭކަންކަން ފުރިހަމަކުރައްވަވާ ތަރުތީބުކުރޭ.
ބެއްޔަގެ ބެއްޔާ
30 November 2019
ނަގާނެ މީހަކު ނުވާނެ ކިތަންމެ ގިނަ ދުވަހެއް ދިނަސް. ހެރެތެރެ ހެދިއިރު އެތަނުން ކޮށްލާ ވައްކަމުން އަހަރެން ހުންނަނީ ބިރުން ފިތްކަޑައިގެން ގޮއްސަ!