ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމަށް މުހައްމަދު ޝަފީގު މަހުމޫދު އައްޔަންކުރައްވައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ސީއޯއޯގެ މަގާމު ވެސް އަދާކުރެއްވި ޝަފީގު އެލްޖީއޭގެ ސީއީއޯގެ މަގާމަށް ހަމަޖެއްސީ އެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމުގަ އެވެ.
ޝަފީގު ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރުކަން ވެސް ކުރައްވައިފަ އެވެ. އޭނާ އެންމެ ފަހުން ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ފާރޫގު މުހައްމަދެވެ. މިދިޔަ ޖޫން 29 ވަނަ ދުވަހު އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ.