ޔާމީން ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވަލީ އަހްދު މުހައްމަދު ބިން ޒައިދާ ސަލާމްކުރައްވަނީ. --ފޮޓޯ/ރައީސް އޮފީސް
01 ޑިސެމްބަރ 2019 - 14:32
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެހީތެރިވެދޭން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މިއަދު އެދިވަޑައިގެންފި އެވެ.
ޝިޔާމް، އަރަބި ބަހުން ކުރެއްވި ޓުވީޓަކުން ޔޫއޭއީގެ ސަރުކާރުގައި އެގޮތަށް އެދިވަޑައިގަތް އިރު، ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިވަގުތު ތިއްބެވީ އެ ގައުމުގަ އެވެ.
ޝިޔާމްގެ ޓުވީޓުގައި ޔޫއޭއީގެ ވަލީ އަހުދު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނާއި އެ ގައުމުގެ އިސް ބޭފުޅުން ޓެގުކުރައްވާފައިވެ އެވެ.
الرئيس السابق للمالديف عبد الله يامين الذي أقام علاقة قوية مع الإمارات العربية المتحدة حاليا في سجن المالديف بعد حكم ظالم ويعذب في السجن. فنرجو أن تتدخل الإمارات للإفراج عنه. @HHMansoor @HHShkMohd @MohamedBinZayed @DXBMediaOffice @khaleejtimes @gulf_news pic.twitter.com/4CDoSNWurV
— Ahmed Shiyam (@Shiyamaldives) November 30, 2019
ޝިޔާމްގެ ޓުވީޓް.
ޔާމީންގެ ފަސް އަހަރުގެ ދައުރުގައި، ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ގާތް ގުޅެއް އުފެއްދެވިކަން ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ އެ މަނިކުފާނު މިހާރު ހުންނެވީ ނުހައްގު ޖަލު ބަންދެއްގައި ކަމަށެވެ.
މި ޓުވީޓުގައި، ޔާމީން ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުތަކުގެ ފޮޓޯ ވެސް ހިމަނުއްވާފައިވެ އެވެ.
ވެރިކަމުގައި، ޔާމީން އެންމެ ފަހުން ޔޫއޭއީ އަށް ވަޑައިގަތީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމަށް ފުޅާކުރެވޭނެ އިންވެސްޓްމެންޓްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި އެވެ.
ޔާމީން ނުހައްގުން ޖަލަށް ލާފައިވާ ކަމަށް ޕީޕީއެމުން ގަބޫލުކުރި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅަ އެވެ.
ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޔޫއޭއީ ގުޅިގެން ބޮޑެތި މަޝްރޫއުތަކެއް ހިންގި އެވެ. އޭގެތެރޭގައި ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ނ. މާފަރު އެއާޕޯޓު ތަރައްގީ ކުރުމާއި ނ. އަތޮޅަކީ އެންމެ މަތީ ފެންވަރުގެ ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމާއި ޑިޖިޓަލް ސްކޫލް ޕްރޮގްރާމް ހިންގުން ހިމެނެ އެވެ. ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔޫއޭއީއާ އެކު ސިޔާސީ ގުޅުން ގާއިމްކުރީ 1978 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކިބޫ
02 December 2019
ދާހިލީ ކަންކަމަކާ ނުބެހެވޭނެ
ޓީޓާ
02 December 2019
ކޯޓުގަ މައުސޫމްކަން ދެއްކިނަމަ
ކޯޓް
02 December 2019
ބަލަގަ އެއީތަ މިހާރުގެ ސުޕްރީމް ކޯޓަކީ؟ މިޝިޔާމް މީ ލަދެއްވެސް ނނުގަ ންނ ނަމީހެއްތަ؟ މީ ނަ ނުހޮވައްޗޭ ދެ ންފަހަރަކު ން.
1234
02 December 2019
ތިހާރު ތިގޯސްވަނީ އެއްލަކަ ބޭރު މީހުންގެގާތު އާދޭސްކުރަންތިފެށީ ،
މުޙުއްމާ
02 December 2019
ބަލަ މޮޔަޔާ ދިވެހިރާްޖެ އަކީ ޔޫ.އޭ.އީ.ގެ ދަށުގަ އޮއްނަޤައުމެއް ނޫނޭ ރާޖެއަކީ މިނިވަން ޤައުމެކޭ. ރާއްޖޭގެ ކޯޓް ތަކުން ކުރާޙުކުންތައް ބަލައިގަންނަން ޖެހޭނެ ކަމަށް ގޮވަމުން ދިޔައީ މި މީހުނެއްނުންތަ. ވަގަށްނެގި ލާރިން މިސޮރަށް ބޮޑު އަދަދެއް ލިބުނުހެން ހާދަ ހީވެޔޭ.
ރަބަރު
02 December 2019
އެއްވެސް ގައުމަކުން އަނެއް ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމަށް ގޮވާލުމަކީ ގޯހެއް. މިކަހަލަ މީހުން މަޖިލީހުގައި ތިބެގެން ގައުމު ދުވަހަކުވެސް ހަމަމަގަށް ނޭޅޭނެ.
ދާބެގެ
02 December 2019
ޔާމީން ކަހަލަ ކާމިޔާބު ސިޔާސީ ބޭފުޅެއް ދޫކޮށްލަން އެދުނީމޭ ބުނަން ނަމަކަށް ކަމެއް ކުރާހެން ސިޔާމްމެން ތިއުޅެނީ ހިތުގައޮތް ނަފުރަތު ބޮޑުކަމުންތޯއެވެ. ނޫނީ ޔާމީން ޖަލުގަވެސް އަރާމުގަ އޮތަނުދޭންތޯއެވެ. ލައްކަދުވަހު އެމަނިކުފާނަށް ލަނޑުދީފީމު. މިހާރު ތިކުރަނީ މަލާމާތް. ހިތްވަރެއް ހުރިއްޔާ ގޮސް ބައްދަލުކޮށްފަ ޔާމީން ދޫކޮށްލަން އެދޭނީ
މަ މިއު މަ
02 December 2019
އެއްކަލަ ރާއްޖޭގެ ކަންކަމާ ބޭރު ގައުމުން ބެހެން ނުޖެހޭނެޔޭ ކިޔާ މީހުން
މުރާސިލް
02 December 2019
އަޅާއެއް ނުލި ދޯ
މެހެދީޝިޔާމު
02 December 2019
ޒައިދު ވިދާޅުވީ އަލްޖަޒީރާ އިން ޢަރަބިބަހުންނާއި އިނގިރޭސިބަހުން ގެނެސްދިން ސްޓީލިނގ ޕެރަޑައިޒް ދުށީމޯ. ކޮންމެ ބަހަކުން ޓުޥީޓް ކުރިޔަސް އެންމެ ރަގަޅޯ. އިސްލާމީ ޝަރީޢަތުގައި އޮތް ގޮތަށް ޢަމަލުކުރީމާ އެންމެ ރަނގަޅުވާނެޔޯ. އަލްޖަޒީރަތުލް މާލްދީފަކީ މިގައުމުގެ ސްޓޭޓެއް ނޫނޯ!