ރާއްޖޭގައި މިޔަރުތަކެއްގެ ތެރޭގައި ޓޫރިސްޓަކު އޮތް މަންޒަރު. --ފޮޓޯ: ޝެޑޯޕާމްމޯލްޑިވްސް
03 ޑިސެމްބަރ 2019 - 16:19
ރާއްޖޭގައި މިޔަރުތަކެއްގެ ތެރޭގައި ޓޫރިސްޓަކު އޮތް މަންޒަރު ދައްކައިދޭ ވީޑިއޯއެއް، އެމެރިކަން ބްރޯޑްކާސްޓިން ކޮމްޕެނީ (އޭބީސީ) އިން ޓްވީޓްކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އޭބީސީން ފުރަތަމަ ކުރި ޓްވީޓްގައި އެ ވީޑިއޯއާ އެކު ޖެހި ޖުމްލައިގައި ބުނަނީ "ޓޫރިސްޓަކު ޖެހިލުމެއް ނެތި ރާއްޖޭގެ މިޔަރުތަކެއްގެ ކަނޑެއްގައި" ކަމަށެވެ. އެ ޓްވީޓްގައި އެއީ ކޮން ވައްތަރެއްގެ މިޔަރުތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އެ ޓްވީޓަށް މިހާތަނަށް 2،700 އަށް ވުރެ ގިނަ ލައިކް ލިބި، 900 ފަހަރު ރީޓްވީޓްކުރި އެވެ. އަދި 168،000 ފަހަރު ބަލާފައިވެ އެވެ.
ޓްވީޓް ބެލި މީހުން 300 އަށް ވުރެ ގިނަ ކޮމެންޓްސް ފޮނުވި އެވެ. އޭގެ ތެރެއިން ބައެއް މީހުން ވަނީ އެއީ ކޮން ކަހަލަ މިޔަރުތަކެއްތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ބައެއް މީހުން ޖަވާބުދިނީ އެއީ އެއްވެސް ނުރައްކަލެއް ނެތް "ނާސް ޝާކް" ކަމަށް ބުނެ އެވެ.
ކިއުންތެރިންގެ އެ ބަހުސާ ގުޅިގެން އޭބީސީން ވަނީ އަލުން މިއަދު އާ ޓްވީޓެއް، "އެއީ ނާސް ޝާކްސް" ކަމަށް ބުނެ، ކޮށްފަ އެވެ. އެ ޓްވީޓަށް ވެސް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.
Tourist dares to float on sea of sharks off Maldives. https://t.co/3It40RnDb6 pic.twitter.com/3XDLlkPxBw
— ABC News (@ABC) December 2, 2019
އޭބީސީގެ ޓްވީޓް
ރާއްޖެއަކީ މިޔަރާއި ކަނޑުގެ އެހެން ދިރުންތަކުން މުއްސަނދި ގައުމެކެވެ. ބައެއް ކިއުންތެރިން އެކަން ފާހަގަކުރި އިރު އަނެއް ބަޔަކު މަޖަލަކަށް ސުވާލުކުރީ، ޓުއަރިސްޓް މޫދުގައި އޮތީ "ބަރަހަނާކޮށްތޯ" އެވެ.
ބައެއް މީހުން ހިޔާލު ފާޅުކުރީ އެއީ ފޮޓޯޝޮޕުން ހަދާފައި އޮތް ވީޑިއޯއެއް ކަމަށެވެ. އެކަމަކު އަނެއް ބަޔަކު ބުނީ އެވައްތަރުގެ މިޔަރުތަކާ އެކު އުޅުމަކީ އާންމު ކަމެއް ކަމަށާއި އެއީ ގޭގައި ބުޅަލެއް ގެންގުޅުން ފަދަ ކަމެއް ކަމަށެވެ.
އެއް ކިއުންތެރިޔަކު ސިފަކުރި ގޮތުގައި ގާނޫނީ ވަކީލަކަށް ނޫނީ އެފަދަ ކަމެއް ކުރާކަށް ނުކެރޭނެ އެވެ.
"އަހަންނަށް ޔަގީން އެއީ ގާނޫނީ ވަކީލެއްކަން، އެ މިޔަރުތައް އޭނާ ކާނުލާނެ ހަމައެކަނި ސަބަބަކީ އެއީ،" އެ ކިއުންތެރިޔާ ލިއުނެވެ.
ބައެއް ދިވެހިން ވެސް މި ޓްވީޓަށް ހިޔާލު ފާޅުކުރި އެވެ. އެގޮތުން އެކަކު ބުނި ގޮތުގައި "މިއީ ރާއްޖޭގައި އާންމު ކަމެކެ"ވެ.
"ރާއްޖޭގައި މިޔަރު ހަމަލާއެއް ދިން ހާދިސާއެއްގެ ވާހަކަ އަޑެއް ނާހަމެވެ. މި ގައުމުގައި މިޔަރާ އެކު ފަތަން އެއްވެސް ބިރެއް ގަންނާކަށް ނުޖެހޭނެ އެވެ. ރާއްޖެ ޒިޔާރަތްކުރި މީހުންނަށް އެކަން އެނގޭނެ އެވެ،" އޭނާ ލިއުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި
04 December 2019
އޮޅު މިޔަރު
މުހަންމަދު ކަލޯ
04 December 2019
މިޔަރުގެ އުދަގުލާއި ހެދި ރާއްޖޭގެ މަސްވެރިންނަސް މަސްވެރިކަން ކުރަން ހުރަސްތަކެއް ދިމާވޭ. ދުވަސްކޮޅަކަސް މިޔަރު ބޭނުން ހުއްދަކުރުން ރަގަޅު ކަމަކަސްވާނެ. ބަޔަކަސް ބޮޑު އާމްދަނީއެއްވެސް ލިބޭނެ އޭރުން.
އިބްރާހީމް ހާއިލް
04 December 2019
ހާދަ ފޭކު ވައްތަރެޖަހަނީ.. މީހާގެ ސައިޒު އެހާ ކުޑަވާވަރަށް މަތިން ނަގާފަ ހުރިއިރު ވެސް މިޔަރުތައް މާ ސާފުކޮށް ޑީޓެއިލް ފެންނަނީ.. އަނެއްކާ ގޯލްޑް ފިޝްތަކެއް ވައްތަރު ޖަހަނީ. ވަރަށް ފޭކް ވައްތަރުގަދަ.
ާމިޔަރޭ
04 December 2019
ރާއްޖޭގަ އުޅެނީ ވެޖިޓޭރިއަން މިޔަރު އެހެންވެ ނުކާނެ އެއްނު މީހުންނެއް
ދުންދަނޑި
03 December 2019
އެއީތެދެއް، އެއީ ފޫޅުމައި މިޔަރުތަކެއް.
ސާކުއަލީ
03 December 2019
ގާނޫނީ ވަކީލުގެ ވާހަކަ ގެނެސްދެވިފައިވަނީ އެއްބައި ނުހިމެނި. އަސްލު އެއްމެ މަޖާ ތަންކޮޅު ނުލެވި އިނީ. އައުޓު އޮފް ޕްރޮފެޝަނަލް ކާޓަސީ. މަށަށް ދޭހަވީ މިޔަރުތައް އޭނަ ކާނުލާ އެއޮތީ ގާނޫނީ ވަކީލަކަށްވީމައޭ އެއީ މިޔަރުތަކާ އެއް ޕްރޮފެޝަން އެއްގެ މީހަކަށް ވާތީއޭ.
މަކީޓާ
03 December 2019
އެއީ ނާރސް ޝާރކްތަކެއް. ނަމަވެސް ވަރަށް ސުވާލު އުފެދޭ ވީޑިއޯއެއް. ބޮޑަށް ބެލެވެނީ އެއީ ހަދާފައިން ވީޑިއޯއެއްކަމަށް. ފުރަތަމަކަމަކަށް، ނާރސް ޝާރކް (ނިދަންމިޔަރު) އެއީ އެގޮތައް ފެންމަތީގަ އުޅޭ އެއްޗެއްނޫން. ކަނޑުގަ ފެންމަތީގަ އޮންނައިރު އެގޮތައް މީހަ ވަށާލައިގެން ނިދަންމިޔަރެއް ނޫޅޭނެ. އަޑީގަ ނަމަ އުޅެފާނެ.
ފާއިޒު
04 December 2019
ހަމަ އެއާއެކު އަޅުގަނޑު ސުވާލެއްވެސް އޮވޭ. އެއީ އެ ޓުއަރިސްޓު ކަނޑުމަތީގައި އެއްވެސް ވަރަކަށް ގެނބުމެއް ނެތި އުޑުތިލައިން ކަނޑުމަތީ އެ އޮތީ ކީއްވެ ކިހިނެއް ހަދައިގެން ތޯ. ހަމަ ފޮޓޯއަށް ހުއްޓިލައިގެން ތޯ
ނުވާނެ އެހެނެއް
04 December 2019
ސުނޭ ބުނި ހަމަ އުޅޭނޭ ނިދަން މިޔަރު އެހެން. އެމީހުން އެތަނަށް ދަމޯ ގެސްޓުން ގޮވައިގެން. އެއީ މާފުށި ކައިރި ކަމަށް ބުނީ. ދަތެއް ނުހުންނާނެޔޯ އޭތީގަ.
ނުންނަ
04 December 2019
މީ ވަރަށް އާންމުކޮއް މާފުށީ ގަ ކުރާކަމެއް. ސެޑޯޕާމް ގެ ނާރސް ސާރކް ޓުވާއައް ވަޑައިގެން އަމިއްލައަށް ބަލާލަން ދައުވަތުދެން.
އަލީ ރަޝީދު
03 December 2019
ތިއީ، ނިދަންމިޔަރު، އާއްމުކޮށް ހަމަލާ ދިނަސް ދީ އުޅެނީ އައިންމަތީ މިޔަރުގެ ބާވަތްތައް.
މަރުސޮ
03 December 2019
މަ ވެއްޖެ މިޔަރުތައްމަތީ ހަމަ ތިގޮތަށް އޮވެ ވީޑިއޯ ކުރަން. މަގޭ ކުލަ އެހާ އަލިނޫންވީމަ މި މަޑުކޮއްލީ.
ޝޭޚުލްއިސްލާމް
03 December 2019
ރާއްޖޭގައި ވަރަށް އާއްމުކަމެކޭ ބައެއްމީހުން އެބަބުނޭ. އެކަމަކު މަށެއް މިހާތަނަކަށް ނުދެކެން އެހާ އެހާ އޮރެންޖުކުލަ އަރާފައި ހުރި މިޔަރުތަކެއް. އަދި އެހާ ރީންދޫކުލައަރާފައިހުރި މީހެއް.
ފޮނޮސް
03 December 2019
އާއްމު ކޮށް ޝާކު އެގްރިގޭޓުވާ ޕޮއިންޓުތައް ހުރޭ ރާއްޖޭގައި. ގޭގަ އޮވެގެން ފެންނާނީ މީހަކު ޓުވީޓް ކުރިއްޔާ.
މޮރީ
03 December 2019
ނުފެންނާނެތާ ހަމަ ބަންދެއް ވެލާއިރަށް ދިވެހިން ބޭނުންވަނީ ޗުއްޓީ ހަދާލަން ވެސް ލަންކާ ތައިލޭންޑް ކަހަލަ ތަންތަނަށް ވިއްޔަ ދާން. އެތަން ތަނުން އެއްގަމު ފެމުނު އަތު އަޅުވައިގެން އޭގަ ބައްދައިގެން އުޅެވޭތޯ ބަލަނީ
ޤައުމު19
03 December 2019
މޮރީ އަށް، ރާއްޖޭން ބޭރަށް ދާ ވާހަ ކަ ބުނާ އިރު އިނގޭތަ، ގިނަފަހަރު އަމިއްލަ ގެދޮރު ނެތް ރަށަ ކަށް ނޫނީ ރިސޯރޓަކަށް ގޮސް ޗުއްޓީ ހޭދަ ކޮށްލަން ކުރަންޖެހޭ ހަރަދު ބޮޑު ކަން. އަމިއްލަ ޤައުމުގަ ވެސް މިތިބެން ޖެހެނީ މިހާލުގަ.
ނޫރާނީމާ
04 December 2019
ރާއްޖޭގެ ރިޒޯޓަކަށް ގޮސްލަހިތުން ހިތްހަލާކުވިޔަސް ނުދެވޭނެ.. އަގު މާބޮޑީ.. ދިވެހިންނަށް ހާއްސަޕެކެޖޭ ކިޔާނެ .. ކިތަންމެ ވަރަކަށް ގުޅިޔަސް އެބުނާ ޕެކޭޖަކުން ނުލިވޭ.. ބުނާނީ ބުރާސްފަތި ދުވަހު ހަވީރު ގުޅާށެ. އެވަގުތު ގުޅިމަ ބުނާނެ އެޕެކޭޖް ހުސްވެފައޭ.. ޕެރަޑަައިސް އިން ވެސް .. ބަނޑޮހުންވެސް ހަދަނީ ހަމަ އެހެން. ދެން ދާހިތް ނުވިޔަސް ދެވޭނީ ލަންކާއާ ޓްރިވެންޑްރަމް އަށްދޯ.
ޣަނީ
04 December 2019
ރީދޫ ކުލައިގަ އެއީ އެމްޑީޕީ މިޔަރު