ޕީޕީއެމްގެ ބައްދަލުވުމެއްގައި ޔާމީނާ އެކު ޝިޔާމާއި ސައީދު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
04 ޑިސެމްބަރ 2019 - 10:47
މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ އަހްމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފި އެވެ.
ޕީޕީއެމުން ބުނީ ދެ ބޭފުޅުންގެ ދަތުރުގައި އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރައްވައި، ނުހައްގުން ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށެވެ. އަދި ގާނޫނާ ޚިލާފު ޖަލު ބަންދުން އެމަނިކުފާނު މިނިވަންކުރުމުގެ އެހީ އަށް ބައިނަލްއަގުވާމީ މުޖުތަމައުގައި އެދޭނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ވެރިކަމުގައި ޚާރިޖީ ސިޔާސަތު ބޮޑަށް ބުރަވެފައި އޮތީ، ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކަށެވެ. ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން މި ގައުމުތަކާ އެކު ގާތް ގުޅުމެއް ބޭއްވި އިރު، ރާއްޖެ އާއި ކުރިން ގާތް ގުޅުން ބޭއްވި އިންޑިއާ އާއި ސްރީ ލަންކާ ފަދަ ގައުމުތަކާ އޮތް ގުޅުން ހީނަރުވި އެވެ. ރާއްޖޭގެ މިނިވަންކަމާއި ދާޚިލީ ކަންކަމަށް މި ގައުމުތަކުން ނުފޫޒު ފޯރުވުމުގެ ޖާގަ ނުދެއްވާނެ ކަމަށް ޔާމީން ފާޅުގައި ވިދާޅުވެފައިވެ އެވެ.
ބައިނަލްއަގުވާމީ މުޖުތަމައުގައި ޔާމީން މިނިވަންކޮށްދޭން އެހީއަށް އެދުނު ފުރަތަމަ ގައުމުގެ ތެރޭގައި ހިމެނެނީ ޔޫއޭއީ އެވެ. ބެލެވޭ ގޮތުގައި، ޕީޕީއެމުން ބޮޑަށް ބާރުއަޅާނީ ވެސް އަރަބި ގައުމުތަކުގެ އެހީގައި އެމަނިކުފާނު ޖަލުން މިނިވަންކުރެވޭތޯ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ.
އިސްތިއުނާފްގެ މުއްދަތު ނިމެންދެން އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޠަނީ
05 December 2019
ބަލަގަ! ރާއްޖޭގެ ކޯޓުތަކުން ކުރާ ޙުކުމް ބަދަލުކުރަން ބޭރުކަރަތަކަށް ގޮސް ސަރުކާރުގެ ސިޔާސަތަށް ބޭރުމީހުން ވައްދަނީތަ؟ އޭރު ބުނި ކޯޓުތަކުން ހުކުމްކުރި ބޮޑެތި މުޖުރިމުންނޭ މިވަނީ ކިހިނެތަ؟ ކުރިން ބުނި ތިން މަރުހަލާ ނިމުނީމައޭ ތިމަންނައަށް ތިކަމާ ގޮތެއް ނިންމޭނީ. ތިން މަރުހަލަ ނިމުނީމަ ބުނީ ފަހު މަރުހަލާއިން ގޮތެއް ނިންމީމަ ތިމަންއަށް ކޯޓުތަކުގެ ހުކުމަށް ބާރެއް ނުފޯރާނެޔޭ!
ާހަމަހަމަ
04 December 2019
މިކަމާ ދެކޮޅަށް މޑޕ އެކްޓިވިސްޓުން ވާހަކަދައްކާތީވެ އަޖައިބުވަން. މި ކުޅިވަރު ފެއްޓީ ނަށީދު. ޢަދި އެވަރުން ނުވެގެން އާންމު ރައްޔިތުންނަށް ގެެއްލުންވާގޮތަށް ރާއްޖޭގެ ވިޔަފާރިތައް ބޯއިކޮޓް ކުރުމަށް ކެންޕޭންވެސް ކުރި ބައެއް.
ޢުބުސޭމު
04 December 2019
މުޅި އަރަބި ދުނިޔެ ހެއްވާލާފަ އަންނާނީ...
އާރީ
04 December 2019
ބޭރުމީހުން ފައިބުޑަށް ޖެހިގަތީ ދޯ. އުބަށްޖެހީ ދޯ
ކަޅުކަޅު ދޮނޭ
04 December 2019
ތި މީހުން ފެނުނަސް ތިބޭނީ ހީހީ.. މަސްވަރާގަވެސް ތިބޭނީ އަޑިއަށް ހީހީ..
ރަށުމީހާ
04 December 2019
ތެޅުނުވަރަކައް ހުޅުބުދާނި
ޖަހާޖަހާ
04 December 2019
ހެހެހެ
މޫސިސް
04 December 2019
ރަނގަޅު. ޔާމީނު ވެރި ކަމުގައި ކާންދީ ބޮޑެތި ކުރި ކުދިން މިއަދު ތި ކަމާ އުޅެންޖެހޭނީ. ނިހާނުމެން ހެން އުޅުނީމަ ހަޑި.
އަހުމަދުބޭ
04 December 2019
ދެއްކިހައި ވާހަކައެއް އަބުރާ ތިމާމެންނަށް އަރާހަމަކޮއްފި، އަޅެލަދުގެ ކަންފުޅެއްހުރިނަމަ ބޭރުގެ ސަފީރުންނޭ ކިޔަައިފަ އެމީހުން ކައިރިއަށް ދާކަށް ނުކެރޭނެ
ރަބަރު
04 December 2019
މިއަދު ދެވިދާނެ. މާދަމާ ނުދެވޭނެ.