ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---
10 ޑިސެމްބަރ 2019 - 21:37
އުމުރުން 13 އަހަރުގައި ކައިވެނި ކުރުމުގެ ނަމުގައި ފިރިހެނަކާ ދަރިފުޅު ހަވާލުކުރި މަންމަ އާއި ބައްޕަ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން މިއަދު ބުނީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ކަމަށް ބެލެވޭ އެ އާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދިނުމާއި ސްކޫލަށް ނުފޮނުވައި އިހުމާލުވަމުންދާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެ ކުދިންގެ މައިންބަފައިން، ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އާއިލާގައި ހިމެނޭ ހަ ކުއްޖަކު ވަނީ، ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ދައުލަތަށް ނަގައިފަ އެވެ. އަދި ކައިވެނީގެ ނަމުގައި ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ ފިރިހެން މީހާ ވަނީ މިދިޔަ މަހުގެ 29ގައި ހައްޔަރުކޮށްފަ އެވެ.
ފުލުހުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ ހަރުކަށި ފިކުރަށް ނިސްބަތްވާ އާއިލާއެއްގެ ކުދިންތަކެއް ތައުލީމާއި އިންސާނީ ހައްގުތަކުން މަހްރޫމްކޮށްފައިވާ މައްސަލައެއް ބަލަމުން ދަނިކޮށް 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ހުށަހެޅީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ކަަމަށެވެ. އޭރު އެ ކުއްޖާ އުޅެމުން ދިޔައީ ވެސް، ހަ ކުދިން ހިމެނޭ އާއިލާއާ އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނީފް ވިދާޅުވި ގޮތުގައި 13 އަހަރުގެ ކުއްޖާ ބަނޑުބޮޑުވި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަނީ ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގެ ގޮތުގަ އެވެ. އަދި އެ މައްސަލަ ރިޕޯޓްކުރުމާ ހަމައަށް، 13 އަހަރުގެ ކުއްޖާއާ ގުޅޭ ކަންކަން ތަހުގީގު ކުރަމުން އައީ، އިހުމާލުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣޣ
14 December 2019
ސޯޝިއަލް މީދިއާގަ އެބައޮތް ތި ދައުލަތަށް ނެގި ކުދިންނަށް ދައުލަތުން އިހުމާލު ވާ ވާކަހަކަ..... ފޮޓޯތަކުން ފެންނަނީ އެކުދިންގެ މިހާރުގެ މާޔުސްވެފަ ތިބި މޫނު.... ދައުލަތުން އެކުއްދިންނަށް އަނިޔާދެންޔާ އެމައްސަލަ ބަލަންޖެހޭ..... އެއީ ކުޑަކުދިން... ދައުލަތުން އެކުއްދިންނަށް އަނިޔާ ދީގެން ނުވާނެ.... އެކުދިންގެ ދެރަވެފަ ހުރި މޫނު ފޭސްބުކުން ފެނިފަ މި ކޮމެންޓް ލިޔުނީ..... ޝިދާތާ މިކަން ބައްލަވައިދީ..... ދައުލަތުން ކުދިންނަށް އިހުމާލުވޭ ކުޑަކުދިންހިޔާގަ
ޣޣ
14 December 2019
14/15 އަހަރުގަ 16 އަހަރުގެ ބޯއިފްރެންޑަށް ބަޑުބޮޑުވި ކުއްޖާގެ މައްސަލަ ކޮބާ؟ 16 އަހަރުގެ އެފިރިހެން މީހާ ހައްޔަރު ކުރޭ.... ކޮބާތަ 14/15 އަހަރުގެ ކުއްޖާގެ މައިންބަފައިން.... އެއާލާގެ ކުދި މެމްބަރުންތަ ދައުލަތަށް ނަގާ އެހެން ނޫނީ 14/15 އަހަރުގަ ބޯއިފްރެންޑަށް ވިހާފާނެ
ކުށްވެރި
11 December 2019
މުޅި ތިކަމުގައިވެސް އެންމެ ބޮޑު ކުށްވެރިންނަކީ ތިޔަ މައިންބަފައިން.
ރީމްނ
11 December 2019
މިހުރިހާ ކަމެއް ލައިގަނެގެން މިއުޅެނީ ގުރުއާނަށް ވުރެ ބޮޑަށް ބަޔަކު މާފަހުން ލިޔުނު ފޮތްތަކެއް މާ ވަރުގަދަ ކޮށްގެން ގުރުއާން ސެކަންޑަރީ ކުރުމުގެ ނަތީޖާ. ޑޮޓުން ގުރުއާނަށް ވުރެ އިސްކަން ދެނީ ކޮންމެވެސް މީހަކު ގެ ފަތުވާ އަކަށް.
1828
11 December 2019
މިކަމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް ވަނީ ފެއިލްވެފައި. މިއީ ލަދުވެތިކަމެއް.
1828
11 December 2019
މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސް ފެއިލްވެފައިވާ ކަން ދައްކައިދޭ އަލިގަދަ ހެއްކެއް. ފުލުހުން މިކަމުގައި ފިޔަވަޅު އަޅަން ޖެހެނީ 13 އަހަރުގެ ކުއްްޖާ ވިހާ ގަދަ ވީމައެއް ނޫން. އެކުއްޖާގެ އަސާސީ ހައްޤެއް ގެއްލޭ ހިސާބަކީ ފުލުހުން ފިޔަވަޅު އަޅަން ޖެހޭ ހިސާބު. އެގޮތުން ތައުލީމް އުނގެނުމުގެ ހައްޤުން މަހްރޫމް ކުރިވި ހިސާބުން ފިޔަވަޅު އެޅި ނަމަ އެކުއްޖާ ބަލިވެ ނީނާނެ. މިއަދު ކޮންމެ ފަދަ ފިޔަވަޅެއް އެޅިޔަސް އެއީ މަންމަ އަކަށް ނޫނީ ނުވާނެ.
ރަންދެލި
11 December 2019
ތިޔަ ދެމަފިރިން ބަންދު ކޮށްފަ ބައިތިއްބަނީ ކޮންތާކު؟ ތިޔަ މީހުން ބަންުދުކޮށްފަ ތިބޭ ތަނަކުން އިތުރު މީހުން މަގުފުރައްދާނެ ކަމަށް ބެލެވޭ!!
މޕ
11 December 2019
ކުރީގަ އަހަރެމެނަށް އެނގިފައޮންނަ ގޮތުގަ ރޭޕްކުރުމޭ ކިޔަނީ މީހެއްގެ ނުރުހުމުގަ ހިންގޭ ޖިންސީގޯނާއަށް. ކާފަރުންގެ ތެރޭގަވެސް ދެމީހަކު ރުހިގެން ކުރާޒިނޭވެސް ރޭޕް އަކަށް ނުބަލާ. ހިތާމަހުރި އަދި ބިރުވެރި ކަމަކީ އިސްލާމްދީނުގަ ވާގޮތަށް ކައިވެނިކޮށް ކުރީމަ މިޤައުމުގަ މިވަނީ ރޭޕް އަކަށް???
މުރައިދޫ
11 December 2019
ކަލޯ ކޮސްމުގޮވާ
ބައޯކަލޯ
11 December 2019
ކަލޯ ތީހަމަ ތިޔައުޅެނީ އިސްލާމުން އުޅެންވާ ގޮތަކަް ނޫނޭ.......ތިޔަށްކިޔަނީ ހަރުކަށި ދީނީ ފިކުރު...
ފޮލިފޮޅި
11 December 2019
ރަގަޅު ދެމީހަކު ރުހިގެން ކަމަށް ތިބުނީ. މި ތާކު ދެމީހުނެއް ނުވޭ. މީހަކާ ކުޑަކުއްޖަކާ މި އުޅެނީ. ކުޑަކުއްޖާ އަށް އޭނައަށް ވެދާނެ ޖިސްމާނީ ގެއްލުމަކށް އަދި ގާނޫނީ ކުށަކަށް ނޫނެކޭ އަދި އާއެކޭ ބުނެޒިންމާ އެއް ނުނެގޭނެ. އެހެންވީމަ ދެމީހަކު ރުހިގެން ކުރި ކަމަކަށް ގާނޫނު ބަލައެއް ނުގަނޭ.
ބޮބި
11 December 2019
ގާނޫނީ ގޮތުން ތަސައްރަފު ނުފެދޭ ކުޑަކުއްޖަކު އެކަމަށް ރުހި ޒިންމާ ނެގިކަމަށް ގާނޫނީގޮތުން ބަލައެއް ނުގަނެވޭނެ. މިކަމުގައި މިއޮތީ ބޮޑު މީހަކު ކުޑަ ކުއްޖަކާ ޖިންސީގުޅުން ހިންގައިފައި. ކުޑަ ކުއްޖާގެ ރުހުން ކައުންޓެއް ނުކުރާނެ. އެހެންވީ އިރު ދެމީހުން ރުހިގެން ކަމަށް ނުވާނެ. އެހެންވީމައި ރޭޕު. ކުޑަކުއްޖާ އާއެކޭ ބުނީ މައިންބަފައިން ބުނެގެން. އެހެންވީމައި މައިން ބަފައިން ކުޑަކުއްޖަކު ރޭޕުކުރަން ދޫކުރީ.
ނިޔަމިއަލީ
11 December 2019
އިސްލާމް ދީނުގެ މައިގަޑަކީ ގުރުއާން. ގުރުއާނަކު ނެތް ކުޑަކުދިންނާ ޖިންސީގުޅުން ހިންގަން ހުއްދަދީފައި. ތިޔަކަމެއް ހުއްދަ ކޮށްގެން އުޅެނީ މާފަހުން ބަޔަކު ގުރުއާނަށް ވުރެ މާ މަތިކޮށްގެން އުޅޭ ފޮތަކުން.
ފޮރިކި
11 December 2019
ކަލޭމެން އިސްލާމްދީނޭ ކިޔައިގެން ކުޑަކުދިންނާ ޖިންސީ ގުޅުން ނުހިންގިގެން ހަތަރެސްފައިން އޭތިމީތި ހަދަހަދައި ތިބޭ. އިސްލާމް ދީނުގެ މައިގަޑު ފޮތަކީ ގުރުއާން. ގުރުއާން ނަފީ ކުރެވޭނެ ދެވަނަ ފޮތެއް އޮވެގެން ނުވާނެ. ގުރުއާނަށް އުނި އިތުރެއްވެސް ނުގެނެވޭނެ. ބަޔަކު 200 އަހަރުފަހުން ލިޔުނު ފޮތެއް ނެތިއްޔާ ގުރުއާން ގަ އޮތް އެއްޗެއް ނޭގެޔޭ ބުނުމަކީ ގުރުއާނަށް ފުރައްސާރަ ކުރުން.
އަލީ ހަމީދު
11 December 2019
މިފާޑުގެ މީހުންނަކީ ހަގީގަތުގައި މުސްލިމުންނެއް ނޫން. މިއީ މާ ފަހުން އަމިއްލައަށް ދީނެއް ހަދައިގެން އުޅޭ ބައިގަޑެއް. މަށަށް ދެރައީ އެއަށް އިސްލާމްދީން ކިޔާ އަހަރުމެން އެންމެ ލޯބިވާ ދީނަށް ހުތުރުއަރުވާތީ. މިއީވެސް ދީނަށް ފުރައްސާރަކުރުން.
އެޓޮމް
11 December 2019
ތިރަށު ކައުންސިލަރުން ހައްޔަރު ކުރަންޖެ ހޭ. ރަށުގެކަންކަން ތި ހާވަރުވާއިރުވެސް އެކަން ހައްލުކުރުމަށް މަސަައްކަތް ނުކުރޭ