ވެސްޓު ޕާކު ސަރަހައްދުގައި މަސް ބާނަން ތިބޭ ޖެޓީ މެދުން ބިންދައިގެން ގޮސް ބައެއް ވެއްޓި ދެ މީހަކަށް މިރޭ އަނިޔާ ވެއްޖެ އެވެ.

ޖެޓީ މަތީގައި ތިބި ދެ މީހުން ވެއްޓުނު ނަމަވެސް މާބޮޑު އަނިޔާއެއް ނުވެ އެވެ. އެކެއްގެ ފައިގެ ދަށް ފުން ކަފައިގެން ދިއުމުގެ އިތުރުން ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. އޭނާ އަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ވެއްޓުނީ ޖެޓީގެ ހަތަރު ބްލޮކްގެ ތެރެއިން މެދުގައިވާ ދެ ބްލޮކް ބިންދައިގެން ދިއުމުންނެވެ.

އެތަނުގެ ހާލަތު މާލޭ ސިޓީ ކައުންސިލްއާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން މިހާރު ވަނީ އެތަން ބަންދުކޮށްފަ އެވެ.