09 ޖެނުއަރީ 2020 - 16:07
ފާއިތުވި އަހަރެއްގެ ތެރޭގައި މާލޭގައި 11 ޕާކިން ޒޯން ހަދާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ޕާކު ކުރާނެ ތަން ނުދައްކާ، ޕާކިން ވަޔަލޭޝަން ސްޓިކާ ނުޖަހާނެ ކަމަށް ވެފައިވާ ވައުދާ ހިލާފުވާ ކަމަށް ބުނާ ޝަކުވާ ބޮޑުވެފައި ވަނިކޮށް ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އަހަރުން ފެށިގެން މިއަދާ ހަމައަށް 11 ޕާކިން ޒޯން ހަދާފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ޒޯންތައް ހަދާނެ ކަމަށް ވެސް ބުންޏެވެ. ގިނައިން ހަދާފައިވަނީ ސައިކަލް ޕާކްކުރާނެ ޖާގަ އެވެ. ސުޕްރީމް ކޯޓު ކުރިމަތިން އޮންނަ ހުސްބިމުގައި ވަނީ ފީ ދައްކައިގެން، ހަތަރު ފުރޮޅުލީ އުޅަނދު ޕާކްކުރެވޭނެ ޖާގައެއް ވެސް ހުޅުވާލައިފަ އެވެ.
— Male' City Council (@MaleCitymv) January 8, 2020
މިދިޔަ އެއް އަހަރު ތެރޭ ހެދި ޕާކިން ޒޯންތަކުގެ ތެރޭގައި ހިމެނެނީ 80-400އާ ދެމެދުގެ އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ހުރި ޒޯންތައް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ބައެއް ޕާކިން ޒޯނުތައް ހަދާފައިވަނީ އެ ޒޯނެއް ހަދާ ހިސާބެއްގެ މަގުމަތީ އޮންނަ ޕާކިން ޒޯނު ނެގުމަށް ފަހުގަ އެވެ. އެހެންވެ އެ މަގުތަކަށް ވަނީ ޖާގަ ތަނަވަސްވެފަ އެވެ. ޕާކްކުރާނެ ތަނެއް ހޯދައި ނުދީ، ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ނުޖަހާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގެންނެވި ނަމަވެސް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވަނީ އަލުން ސްޓިކާ ޖަހަން ފަށައިފަ އެވެ. އެއީ މާލޭގެ އެކި ސަރަހައްދުތަކުގައި ހަމައެއްލަމައެއް ނެތި ޕާކްކުރުން އާންމުވެ، އެތައް ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްހޭ
10 January 2020
ކޮންމެ ސަރުކާރަކުން ކުރިއަސް ޕާކިންޒޯން ހެދީމަ އެ ހެދިކަމަށްވާނީ. މަގުމަތިން ކެންސަލްކޮށްފަ އެހެން ތަންތަނުގަ ޕާކިންޒޯން ހެދީމަ ކިތަންމެ ތަނެއްގަ ދުއްވާލަން ފަސޭހަ.
ވައްގަވައްގާ
10 January 2020
ޕާކިން ޒޯން ހެދުމުން ވަރަށް ފަސޭހަ ޖާގަހޯދަންވެސް އަދި އެހާމެ ހިތްފަސޭހަ ހުސް ޖާގަ މަގުމަތިން ޕާކިން އޭރިޔާ ސަރައްހައދުން އޮއްނާތީ.
ޑްރައިވަރ
10 January 2020
11 ޕާކިން ޒޯނު ހެދިއިރު ކިތައްކަމުގައި ޕާކުނުކުރެވޭގޮތް ހަދާ 2 ރޮނގު ދެމިބާ؟
އަހްމަދު
09 January 2020
ކިތައް ޕާކިންޒޯން ނައްތާލީ؟
ކަނަމަނަ
09 January 2020
ތިކުރެވުނީ ވަރައްބޮޑުކަމެއް ދެންވަރިހަމަ އަރާއޮށޯވެ ނިދިއަސް
ދިވެއްސެއް...
09 January 2020
ޕާކިންޒޯން ޖާގަތަކަށް ވުރެއް ވެހިކަލްތައް އިތުރުވާ މިންވަރު މާއަވަސް. ދެން ޕާކިންޒޯން ގިނަކުރުމުގެ ފައިދާއަކީ ކޮބާ؟
އާރީ
09 January 2020
އަމީނީ މަގުއެއްކޮޅުން އެނެއްކޮޅަށް މިހާރު ފަކިންއެއް ނުކުރެވޭ. އޭގެބަދަލު ހެދީ 200ވަރަށް ސައިކަލުގެ 3 ފާކިންޒޯނު. ކުރިން އެމަގުގައޮތް ފާކިންޒޯނު ފާކުކުރި ކާރާއި ފިކަފްފަދަ 4 ފުރޮޅުވެހިކަލުވަންދާނި ސިޓީކައުންސިލު ތެރެއަށްތަ?
މޯޑް
09 January 2020
ވެހިކަލުގަ އިސްޓިކާޖަހައިގެން ދައުލަތުގެ ބަޖެޓަށް އާމުދަނީ ހޯދާ ސަރުކާރެއް މިނޫނީނެތް.
ހޯރަބޭ
09 January 2020
ވެހިކަލުތަކާއި އެކަށީގެންވާ ވަރު ފާކިންއެއް ހެދިނަމަ ވެހިކަލުތައް ފާކުކުރާނި ފާކިންޒޯނުގަކަން ކަށަވަރު. އެއްވެސް މީހަކުބޭނުމެއް ނުވާނެ އިސްޓިކާއެއް ޖަހާގެން ޖޫރިމަނާދަށްކާކަށް. 11 ފާކިންޒޯނު ހެދިއިރު ތީގެ ޑަބަލުފާކިންޒޯނު ނަގައިފި ކޮންތާކު މިޖެހުނީ. ކުރިން ހުރި ޒޯނުތައް ބަހަށްޓާފަ ތިބުނާ 11 ފާކިން ޒޯނުހުޅުވިނަމަ.
ތައު
09 January 2020
ތިީ މުޅިންވެސް ކުރީ ސަރުކާރުގަ ޕާކިން ސީސްޓެމް ހަދަން ހަދާފަ ހުރި ޕާކިން ޒޯންތަކެއް. އިތުރަށް ހެދި ޒޯން އެއް ނެތް.