އެމެރިކާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރާ ރަނގަޅު މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެއް ދިވެއްސަކަށް ލިބިއްޖެ އެވެ.

ދެކުނު އަދި މެދުތެރޭ އޭޝިއާގެ ހާރިޖީ ހިދުމަތުގައި އަހަރުގެ އެންމެ ފާހަގަކޮށްލެވޭ މުވައްޒަފުގެ މަގާމު ހޯދީ، ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތްކުރަމުން އަންނަ ޝައުފާ ސައީދެވެ.

ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ބިއުރޯ އިން ބުނީ ޝައުފާގެ ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެ އާއި އެމެރިކާގެ ގުޅުން ބަދަހިވެފައިވާ ކަމަށެވެ.

އެވޯޑް ދިނީ އޭނާގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށާއި ޝައުފާ ފަދަ މުވައްޒަފެއް ލިބުމަކީ ނަސީބެއް ކަމަށް ވެސް ބުނެފައިވެ އެވެ.