ޕީޕީއެމުން އެތައް ހާސް ބަޔަކާ އެކު ބޭއްވި ކެމްޕޭން ޖަލްސާގައި ޔާމީންގެ ސަޕޯޓަރުން ބައިވެރިވަނީ: އެމަނިކުފާނު ޖަލަށް ލުމުން، ދިފާއުގައި ސަޕޯޓަރުން ނުނިކުންނާތީ އާސިފް ވަނީ ހިތްހަމަނުޖެހުންފާޅުކޮށްފައި. -- ފޮޓޯ: ރައީސް އޮފީސް
12 ޖެނުއަރީ 2020 - 11:52
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ އާއި އެހެނިހެން އިނާޔަތް ލިބި ފައިދާވި މީހުން އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ނުކުރާތީ ވަކީލް މުހައްމަދު އާސިފް ފާޑުވިދާޅުވެއްޖެ އެވެ.
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާސިފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމެންޓާއި އެމްޓީސީސީ އާއި މިފްކޯ ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ ބަޔަކަށް ވަޒީފާ ހަމަޖައްސައިދިން ކަމަށެވެ. ވެރިކަން ބަދަލުވެ، ޔާމީނަށް އިއްވި ހުކުމާ ގުޅިގެން އެމަނިކުފާނު ޖަލުގައި 42 ދުވަސް ހޭދަކުރެއްވި އިރު އެ އެންމެން ކޮބައިތޯ އޭނާ ކުރެއްވި އެވެ.
އޭގެ ފަހުން އެއްސެވީ ހެންވޭރާއި މާފަންނުގައި އޮފީސް ހަދައިގެން ވަޒީފާ އާއި އިނާޔަތްތައް ހަމަޖައްސައިދެވުނީ ބޯވަތަކަކަށްތޯ" އެވެ.
"މި ވާހަކަ މިއަދު ދައްކަން ޖެހޭ،" އާސިފްގެ ޓުވީޓެއްގައި ވިދާޅުވި އެވެ.
#HDC MPL MTCC MIFCO fadha thanthanun haadha bayakah vazeefaa thakaai benefits thah libuney.
— Lawyer Asif🚕🚕🚕 (@Aattoa) January 9, 2020
RaeesYameen golheega bayaalhees dhuvas veeiru mi enmenthah koba?
Henveyraa maafannuga ofees hadhaigen vazeefa aai inaayai thah mi dhevunee boava thakakahbaa?
Mi vaahaka miadhu dhakkanjehey
އާސިފްގެ ޓުވީޓް.
އާއްމުކޮށް ހުޅުވާލައިގެން ބޭއްވި ޝަރީއަތަކުން ޔާމީނަށަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާގަ އެވެ. އެމަނިކުފާނުގެ ވަކީލުންނާއި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގަބޫލުކުރާ ގޮތުގައި އެއީ ނާއިންސާފުން އިއްވި، ސިޔާސީ ހުކުމެކެވެ.
އެ ހުކުމުން ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ސިލްސިލާ ޖަލްސާތަކެއް ބާއްވަ އެވެ. އެކަމަކު އެ ޖަލްސާތަކުގައި ބައިވެރިވަނީ މަދު ބައެކެވެ.
ޔާމީންގެ ދިފާއުގައި މަސައްކަތް ނުކުރާތީ އާސިފް ފާޑުވިދާޅުވި އިރު، ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫނުކޮށްގެން ވެސް ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔާމީން މިނިވަންވިޔަ ނުދޭން ފައިވިއްދައިގެން އުޅެނީ ދެތިން މީހެކެވެ. ޔާމީން މިނިވަންކުރުމާ ދެކޮޅަށް ވަކީލުންގެ ނަމުގައި އަޑުއުފުލަނީ އެ މީހުންގެ މަންދޫބުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
އާސިފް ވިދާޅުވީ އެގޮތަށް އެކަން ކުރަނީ ގާނޫނު ނޭނގޭތީ ނޫން ކަމަށާއި ހަގީގަތް އޮޅުވާލަން ކަމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
މި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އިސްތިއުނާފްގެ މުއްދަތު ނިމެންދެން ވެސް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދޭން ވަކީލުން ކަމާ ބެހޭ މުއައްސަސާތަކަށް ވަނީ ހުށަހަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަދުރުއްނިހާނު
15 January 2020
މިކަލޭގެ ވެސް ނުނިކުމޭ.. ގޭގައޮވެގެން ކުރަނީ ޓުވީޓު...
އަޙުމަދު
13 January 2020
ބަލަ ތިޔަބުނާ މީހުން ބުނެގެންތޯ ދައުލަގެ ފައިސާއިން ޔާމީނު ވައްކަން ކުރީ. ނޫންނަމަ ތިބުނާ ބަޔަކަށް ދިނީ ޔާމީނުގެ ފައިސާއިން މުސާރަ ދިން ވަޒީފާތަކެއްތޯއެވެ. ވީމާ އެމީހުން ޔާމީނުގެ ފަހަތުން ނުދުވާތީ ކަނަބޮޑުވެގެން ނޫޅޭ ވާހަކަން ދައްކަން ލަދެއް ނުގަނޭ ތޯއެވެ.
ފޮނިޓައްޕު ހަސަނު
13 January 2020
ތިޕާޓީގެ މީހުން އަމިއްލައަށް ޕާޓީގެ އެކަކު އަނެކަކާ ދިމާލަށް މިނިކާ ބާޒާއި، ބޯވައަށް ގޮވަމުން ތިދަނީ. ތިހިސާބުން ތިޕާޓީގެ ތަސައްރަފު ވަރަށް ސާފު.
ގުރަހަ
13 January 2020
އަންޕްރޮފެޝަނަލް ވާހަކަތަކެއް. ލޯޔަރެއްގެ ހައިސިއްޔަތުން އެންމެ އިސްކަމަކީ ގާނޫނު ތަންފީޛު ކުރުމަށް ބާރު އެޅުން. ނަމަވެސް ލޯޔަރުގެ ވާހަކައިން އެނގެނީ ޔާމމީނު ވަޒީފާދިނީ ޔާމީނަށްލޯޔަލް ވުމަށްކަން.
ސައީދާ
13 January 2020
ޥަޒީފާ ދިންއިރު ރަނގަޅު ޒިންމާދާރު ބަޔަކަށްވަޒީފާދިންނަމަ އޯކޭ އެކަމަކު ވަޒީފާދިނީ ހުސްޕާޓޭމެންނަށް އެމީހުން މިކުރަންފެށިކަމަކީ ރާބިއިމާ މަސްތުވާއެތްޗެހި ބޭނުންކުރުމާ ކުންފުނިންވަށްކަންކުރުން .ޔާމީނު ކުންފުނިތަކުން ވަޒީފާ ދިން މީހުންގެ ސަބަބަބުން ކުންފުނިތަކަށް އެތަކެތް ގެއްލުމެއްވެފަ ހުންނާނީ
ހަސަނު
13 January 2020
ޔާމިން ސަރުކާރުގާ ވަޒީފާ ލިބުނު މީހުނަށް ފަޒީފާ ލިބުނީ ދައުލަތުން.. އެއީ ޔާމީނު ގޭދޮށް ކުނިކަހާ ސާފުކުރަން ދިން ވަޒީފާއެއް ނޫން.. ޔާމިނު ސަރުކާރުގާ މީހަކަށް ވަގަށް އެއްޗެއް ދީފައި ވާނަމަ އެ ލިބުނު މީހާވެސް އެ ކަން ބަލާނީ ހަމަ އެގޮތަށް ކޮށް ނިންމާލަން.. ތިޔަކު ނެތް މައްސަލައެއް...
ޚުސާމް
13 January 2020
ރައްޔިތުންގެ ކުންފުނިތައް ލޫޓުވާ ހިތުހުރިގޮތަކަށް ތިމާބޭނުންވާ ބަޔަކަށް ވަޒީފާދީ ތަކެތިބަހާ ހެދުން އެއީ ގޯހެއްކަން ވަޒީފާ ދިން މީހުންނަށް ސާފުކޮށް އެގޭތީ އިތުރަށް ހަޑި ހާވަން ބޭނުން ނުވަނީ..ހައިރާންވެއަންތަރީސްވާވަރުވޭ މިތިބަ ބަޔަކާހެދި
އަލީސް
13 January 2020
ވަޒީފާ ބަޔާން: 1.1.1.1 ކުންފުންޏާ އެއްވެސް ގުޅުމެއް ނެތަސް ޔާމީން ޖަލަށްލާފި ހިނދަކު ސަލާމާތް ކުރަން މަސައްކަތް ކުރުން.
އަލީރާޖާ
13 January 2020
އެއީ ޔާމީނުގެ ގެއިން މުސާރަ ދީފައި ތިބި ބައެއްތޯ؟ މިއީ މި ލޯޔަރުންގެ ފެންވަރު ހުރިގޮތް.
މުޖުރިމް
13 January 2020
ރާއްޖޭގައި މިހާރު ފާޅުގައި ހިންގަނީ ކޮރަޕްޝަން. އަދި ވެރިކަމުގައި ކޮރަޕްޝަން ހިންގާއިރު ކައިރީގައި ތިބި މީހުންވެސް ހިންގަނީ ކޮރަޕްޝަން. ރައްޔަތުންނަށް އެއްވެސް ފައިދާއެއް ނެތް. ބާރުތައް ބަހަނީއޭ ކިއައިގެން ރާއްޖެވެސް އަދި ދިވެހިންވެސް ބައިބައިކުރަން ތިކުރާ މަސައްކަތުގައިވެސް ސިއްކަ ޖެހޭނެ. ނިމޭނެ. ވިޔަފާރިތައް ފުޑީއްޖެ. ވާގޮތް ހަމަހަމަ އުޞޫލުން ވިސްނާލީމަ ފެންނާނީ.