ފޮރިން މިނިސްޓްރީއަށް ޕީއެސްއެއް އައްޔަންކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ސީއެސްސީގެ ނައިބު ރައީސް ޝަހީދު (ވ) އާއި އެ ކޮމިޝަންގެ އިސްވެރިން އަދި ފޮރިން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 ޖެނުއަރީ 2020 - 12:07
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މަސައްކަތްތައް ލަސްވުމުން، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކަންބޮވުން ފާޅުކުރައްވައިފި އެވެ.
އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، ޕީއެސްއެއް އައްޔަންކުރީ އެ މަގާމު ހުސްވެފައި އޮންނަތާ ތިން މަހާއި 12 ދުވަސް ފަހުން ކަމަށެވެ. އަދި ޕީއެސްގެ މަގާމަށް ހަމަޖެއްސެވި އައިމިނަތު ޝިފާނާ މަސައްކަތަށް ނުކުންނެވުމުގެ ހުއްދަ ދެއްވީ، އޭނާ މަގާމަށް އައްޔަން ކުރިތާ 42 ދުވަސް ފަހުން ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު އަބްދުﷲ ދީދީ، ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލަކަށް އައްޔަން ކުރެއްވުމުންނެވެ.
"އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކަން ވެގެން ވާނެ ގޮތެއް ނޫން. ސިވިލް ސާވިސް ކޮމިޝަން ވާން ޖެހޭނީ ނަމޫނާ އަކަށް. ސިވިލް ސާވިސް މުވައްޒަފުންނަށް ނަމޫނާ ދައްކާ ބައެއް ކަމުގައި ކޮމިޝަން ވާން ޖެހޭނީ،" ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދު ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވި އެވެ.
"އޭގެ ބަދަލުގައި ފެނިގެންދަނީ ކަންކަން ލަސްވެ، ކަންކަން ދިގުލައި، ގަބޫލު ކުރަން ދަތި މިންވަރަށް ކަންކަމުގެ ވަގުތު ފާއިތުވެގެންދާ ތަން. އެހެން ނުހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން."
ފޮރިން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަންކުރެއްވި ޝިފާނާއާ، ފޮރިން މިނިސްޓަރު ޝާހިދު ސަލާމްކުރައްވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ޝާހިދު ވިދާޅުވީ ސީއެސްސީ އަކީ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހީތެރިވެދޭ ބަޔަކަށް ވިއަސް ފެންނަނީ އެކަށީގެން ނުވާ ވަގުތު އެ ކޮމިޝަނުން ހޭދަކުރަމުންދާ ތަން ކަމަށެވެ. އޭގެ ބަދަލުގައި އެ އަށް ވުރެ ހަލުވިކޮށް "މެޝިނަރީ" މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އާ ޕީއެސް އަކަށް އައްޔަންކުރެއްވި ޝިފާނާ، އިއްޔެއާ ހަމައަށް މަސައްކަތް ކުރެއްވީ ޖެންޑާ މިނިސްޓްރީގެ ޕީއެސްގެގެ ގޮތުގަ އެވެ. އޭނާ މީގެ ކުރިން ވެސް ވަނީ ފޮރިން މިނިސްޓްރީ އާއި އޮޑިޓަ ޖެނެރަލް އޮފީހުގެ އިސް މަގާމުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަމަރީނާ
21 January 2020
ޕާމެނަންޓް ސެކްޓަރީންގެ ވަޒީފާ އުވާދީބަލަ. މިނިސްޓަރީތަކުން ފޯނަށްވެސް ޖަވާބް ނުދޭ. އަދި ފޮނުވާ ސިޓީއަކަށްވެސް ޖަވާބެއް ނުދޭނެ. ކަމެއްކޮއްފައި ހަވާލުކުރާއިރު ހުސްހުއްނާނީ ނުބައިކޮއް ލިއެފައި.
ހަސާސް
21 January 2020
ސީ.އެސް.ސީ އަކީ އުވާލަންވެފައިވާ ތަނެކެވެ. މުވައްޒަފުންގެ މުސާރަ ކަޑައެޅުމުގައި ހަމަހަމަ އުސޫލެއް ނެތެވެ. އިސްކަން ދެނީ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމަށެވެ. މުވައްޒަފަކު ދާއިމީ ވަޒީފާގައި ކުރަމުންދާ މަސައްކަތް ކުރުމަށް ބޮޑުމުސާރަ ލިބޭގޮތަށް ކޮންޓްރެކްޓަށް ބަދަލުކޮށްގެން ކުރަނީއެވެ. ސުޕަވައިޒަރަކަށް ފެނުނީމާ ފެނުނު މުސާރައަށް ޖަހާފައި އިއުލާން ކުރަންވީއެވެ.
އެޓޮމް
21 January 2020
ހެލްތުމިނިސްޓްރީގެ ޕްރޮސެސް ވަރަށްލަސް ރަަށު ހޮސްޕިޓަލަށް ނަރުހަކަށްސިޓީލީ ނޮވެމްބަރ 2019 އޭޑީކޭގަ ވަޒީފާއިން ކެނޑިގެން އަދި އިއުލާނުކުރުމުގެ ހުއްދަ ނުލިބޭ. މިނިސްޓަރ އަށް ޓެގުކޮށް ޓްވީޓްކުރަންވީތަ؟
ސީއެސްސީ
21 January 2020
ސީއެސްސީ އިން ކަންތަށް ރެކޯޑުތަށް ބަށް ކުރުމުގެ އުސޫލު ދޫކޮށް މިނިސްޓްރީ ތަކާއި ގުޅިގެން މިނިސްޓްރީ ތަކުގެ އެޑްމިން ކަންކަން އެމީހުން ލައްވާ ކުރުވާ ސިސްޓަމް ބަދަލު ކުރަން ޖެހޭ
ޝޮކްތެރަޕީ
21 January 2020
ސަރުކާރުން ކުރަނީ ވައްކަން. ކަލޭމެންގެ ވެރިކަން ނިމުނީމަ ކަލޭމެން ހިޖުރަ ކުރާނީ ޔޫރަޕަ. ލާރިގަޑު ހިފައިގެން.
ނަފީސާ
20 January 2020
މިހާރު ތިއުޅެނީ ބޭނުންވާ މީހުނަށް ވަޒީފާ ހަމަނުޖެހިގެނެއްނު. ސީ.އެސް.ސީ އިން ހަދާފަ އޮތް ޤަވައިދު ބަދަލު ކޮށްގެން ނޫނީ އެކަން ނުވަަތީ އެއްނު. ކުރި އިއުލާން ވެސް ކެންސަލް ކުރީ އެހެންވެގެނެއްނު. ތަނެއް ހަރުދަނާ ކުރެވޭނީ އެކަމާ ގުޅޭ އިލްމު ހޯދާފަތިބޭ މީހުން ހޮވީމާ، ބޭނުންހާ ބަޔެއް ހޮވީމަ އެއް ނޫން
ތައްކާނުބެ
20 January 2020
ލަސްވީ ތިތަނަށް އަންހެން ކަނބަލަކު ނަގަން ބުނެފަ އޮތީ ތޯއްޗެއް!
ސާބިތު
20 January 2020
ޝާހިދު ފާޑުކިޔަން ރަނގަޅު ވެގެން އުޅޭ ކަންތައް ނުބަލާ. ކޮންމެވެސް ކަމެއް ވީމަދޯ ލަސްވާނީ؟ ވެދާނެ އެއްނު ކޮމިޝަނުގަ ސްޓާފުން މަދީކަމަށް ވެސް؟ ދައުލަތުގެ 26 ހާސް މުވައްޒަފުންނާ، ހުރިހާ ސްކޫލްތަކާ، ހުރިހާ ހޮސްޕިޓަލްތަކާ، ހުރިހާ މިނިސްޓްރީތަކާ، ހުރިހާ ރަށެއްގެ ކައުންސިލްތަކުގެ ކަންކަން ބަލަހައްޓަން 50 މުވައްޒަފުންދީގެން ނުވާނެ ތިކަމެއް. އެވަރު ވާކަންވެސް ރަނގަޅު.
މިއަދު
20 January 2020
ޝާހިދުފާޑުކިޔަސް ސީއެސްސީގެ ސްޕީޑް މަޑެއްނޫން ސަރުކާރުންދޭ މުސާރައާއި އަޅާ ބަލާއިރު އަދިވެސް މާބާރު ސީއެސްސީގައިވެސްތިބީ ދިވެހިރަޢިއްޔަތުން ސިޔާސީމަޤާމްތަކަށްވެސް ލައްވަނީ ހަމަ ދިވެހިރަޢިއްޔަތުން މުސާރައިގެ ތަފާތު މާބޮޑުތަނުން ބޮޑީ
އެހެންވެ
21 January 2020
އެހެންވެ ދޯ ސީއެސްސީ ގަ މަސައްކަތް ކުރާ މަގާމުން އެއްވަރު އެހެން މިނިސްޓްރީ ތަކުގެ މުވައްޒަފުންގެ އިނާޔަތް މަދީ
ނަޖްވާ
20 January 2020
ސާހިދު ވިދާޅުވިޔަކަސް ތެެދެއްވާނީ ހަމަ ތެދަކަށްނު!