ޔައުގޫބާއި އަނދުން ހުސެއިން: މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ހާލަތު އަނދުން ހުސެއިން ސިފަކުރެއްވި ގޮތުން ދެ ބޭފުޅުންގެ މެދުގައި ވަނީ ބަހުގެ ހަމަލާތަކެއް ފެށިފައި.
11 ފެބުރުއަރީ 2020 - 12:07
"ވައްކަމާއި ކޮރަޕްޝަނާއި ދެކޮޅު" މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި އާ ސީޕްލޭން ޓާމިނަލާ ގުޅޭ ކަންކަމުގައި ވެސް އޭނާ އަށް ބަދަލެއް ނާންނަ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުން ފެށިގެން ކޮރަޕްޝަނާ ދެކޮޅަށް ނުގުޑާ ފަދަ އަޒުމެއްގައި ހުންނެވި ކަމަށް ވިދާޅުވަމުން ގެންދަވާ ޔައުގޫބާ މެދު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރޭ ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައިފަ އެވެ.
މާލޭގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމުން "ކޯސްޓް ބޮޑު ދަޅެއްގައި ނިދާފައި، ކޯސްޓް ކުޑަ ދަޅެއްގައި ފެން ވަރައިގެން އުޅެން" ޖެހިފައިވާ ކަމަށް ވިދާޅުވެ، ހުސެއިން ވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު މާލޭގެ ރައްޔިތުންނަށް ވެސް ޖެހިފައި ކަމަށް ވިދަލުވެފަ އެވެ.
ހުސެއިން ހިތްހަމަޖެހިވަޑައިނުގަތީ އެ ވާހަކައަށް ޔައުގޫބް ދެއްވި ރައްދުންނެވެ.
ޔައުގޫބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އިޒްރޭލުގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައަކުން މި ރާއްޖޭގެ 'ރާއްޖެތެރޭ މީހުން' މިނެކިރީތީވެ އެކަމާ ކަންބޮޑުވެ ދެރަވާ" ކަމަށެވެ. އަނދުން ހުސެއިންގެ ވާހަކަ ޔައުގޫބް ސިފަކުރެއްވީ ޒަމާނުއްސުރެން އޮންނަ ސަގާފަތަށް ތާއީދުކުރައްވައި މާލެ އާއި އަތޮޅުތެރެ ތަފާތު ކުރެއްވުން ކަމަށެވެ.
Israel ge nubainulafaa meehunnaa eh hamayakun miraajjeyge “Raajjetherey Meehun” minekiraatheeve ekama ladhuvethive, kanboduve dheravey. Alhuganduves gaboolukuran maleyga dhiriulhey rayyithunnahves boahiyaavahikan kashavaruvaanjeheyne kamah. Ekamaku thafaathukurun naththaalanjehey pic.twitter.com/KQGznpKtzD
— Yaugoob Abdulla (@Yaugoob181) February 9, 2020
ޔައުގޫބްގެ މި ވާހަކައަށް އަނދުން ހުސެއިން ކުރެއްވީ ރިޝްވަތުގެ ތުހުމަތެވެ.
އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދިނުމާ ޔައުގޫބް ދެކޮޅުހެއްދެވިވަރު ތާރީޚުތަކުން ފެންނަން އޮންނާނެ ކަމަށެވެ. އޭނާ އިޝާރާތް ކުރެއްވީ އެމްއޭސީއެލް އިން ބޮޑު ހޭދައެއްކޮށްގެން ތަރައްގީކުރި ޓާމިނަލް ޓީއެމްއޭއަށް ދިނުމާ ދެކޮޅަށް ޔައުގޫބް ކުރެއްވި މަސައްކަތަށެވެ.
އެ މަސައްކަތް ޔައުގޫބް ދެން ނުކުރައްވާނެ ކަމަށާއި "މިހާރު ހުންނެވީ ދަށުވެފައި" ކަމަށް ވިދާޅުވި އެވެ.
"ދެން ތިއްބަވާ ބައްލަވަން. އެހެރީ ކޮޅު ގޮހޮރަށް ކައިގެން. ކޮންމެ ކަމެއް ވެސް އޯކޭ ވާނެ މިކަމުގައި. އެހެރީ ދަށުވެފައި. މީ ފެންވަރަކީ،" ހުސެއިން ވިދާޅުވި އެވެ.
Thaareehun fennaane meena midhiya dhuvas thakugai seaplane terminal gehleythee vakibayakah dheythee bevi varu. Dhen thihbavaa bahlavan eheree kolhu gohorah kaigen, konme kameh ves ok vaane mikamuga. Mihaaru eheree dhashuvefa. Mee fenvarakee. https://t.co/DsUzFC7FHX
— Hussain Shaheem (@AndhunHussain) February 10, 2020
ޔައުގޫބް "މިހާރު"އަށް ވިދާޅުވީ އަނދުން ހުސެއިން އެޅުއްވީ ހަގީގަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށެވެ. ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭ ގޮތުން ދައުލަތަށް ބޮޑު ގެއްލުމެއް ލިބުމާ ދެކޮޅަށް އޭނާ އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ބޮޑު ޖާގައެއް، މިހާރު ވެސް ޓީއެމްއޭ އިން އެމްއޭސީއެލްއަށް ދައްކާ ކުޑަ ކުއްޔަށް ދޭން ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލަން އޮތީ ނިންމައިފަ އެވެ.
"ރިޝްވަތާ އަޅުގަނޑާ ގުޅުވަނީ އަގު ވައްޓާލަން. ސީޕްލޭން ޓާމިނަލާ ގުޅިގެން ވެސް އަދި އެހެން ކަމަކާ ގުޅިގެން ވެސް އަޅުގަނޑަކީ ރިޝްވަތު ހިފާނެ މީހެއް ނޫން. ނުވެސް ހިފާނަން، މަޖުބޫރެއް ވެސް ނުކުރެވޭނެ،" ޔައުގޫބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ އަށް ކުރިމަތިވެވަޑައިގަންނަވާ ބަހުގެ ހަމަލާތަކާ އެކު ވެސް ސީ ޕްލޭން ޓާމިނަލް ޓީއެމްއޭގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ނުދޭން މަސައްކަތް ކުރައްވަނީ ވެސް ރައްޔިތުންނަށްޓަކައި ކަމަށެވެ. އެ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީއެއް ލިބިއްޖެ ކަމަށް ވެސް ގަބޫލުކުރައްވަ އެވެ.
އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ސަރުކާރުން ވަނީ ކަނޑައަޅައި އުސޫލުތައް އާންމުކޮށްފަ އެވެ. އެގޮތުން ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށް ވާ ވަރުގެ ސަރަހައްދެއް، މިހާރުގެ އަގުގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދޭނެ އެވެ. ދެން ހުރި ޖާގަތައް ދޫކުރާނީ ބިޑުކޮށްގެން ކަމަށް ވެސް ސަރުކާރުން ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިޓުން
13 February 2020
ޢަދުން ހުސައިން އަކީ އެޕާޓްމަންޓްތައް ހިފައި ކުދިން ކިޔަވަންބައިތިއްބާ ބޭފުޅެއް!
ޝައިނީ
12 February 2020
އޫރުސަލީމުގައި ގަރާޖު ހަދައިގެން ކިހާރުފިޔާއެއް ނެގީމުތޯ؟ އެއީ ނާޖާއިޒު ރިޝްވަތުގެ ގޮތުގައި ނުވޭތޯ؟
ޟަރީނާ
12 February 2020
މާލޭމީހުންުުނަކީކޮބާބާ. ކޮންމެވެސް ގޮތަކުންރަށަކާނުގުޅޭމީހެއްނެތް.
ޖަޒީރާބޭ
11 February 2020
އަދުން ހުސޭން މީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަން މަޖިލީހުގަ ބައިންދާވަރުގެ އުރައްޕެއް ހުރިމީހެއް ނޫން. މާއަވަހަށް ޒާތީވަނީ. ވަރަށް ކިބުރުވެރި އިއްޒައްތެރި މެމްބަރެއްހެން ސިފަވަނީ. މިފަދަ މީހުން ރަނގަޅުވާނީ ފިނިކޮޓަރީގަ ބިރިޔާނީ ފަރިއްކޮޅުވާން ބޭތިއްބިއްޔާ!
ތަކުރޔ
11 February 2020
ދެން ކުޑަސިޓީ ހައްދަން ބިލެއްވައްދަން ވީ އެއްނޫން!!!!
ޑިފޫ
11 February 2020
ޑްރާމާ ކުޅޭ ދެ މީހުން
ޑީޑީ
11 February 2020
ރާއްޖެތެރޭ މީހުނާ ބެހެންޏާ ވާނެ އެމީހަކު ސައިޒު ކުރަން ސާބަހޭ ޔައުގޫބް އަދި ސައުދު
އިހްލާސް
11 February 2020
ބިނާކުރެނިވި ފާޑުކިޔުމަށް ކެތްކުރަން ދަސްކުރަން ޖެހޭ، ނޫންނަމަ އަތަށް ގޮވައިފާނެ،
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 February 2020
ޕަބްލިކް ހާޓުވީމާ ޕަބްލިކް ހާޑްވީ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 February 2020
ޕަބްލިކް މީޑިއާ ނެއްޓުވި ވަރަކަށް ނު ނައްޓުވާ ކޮންމެ ބޭފުޅެއް ތަމްސީލް ކުރައްވާ ދާއިރާ އޮފީހުން އޮފިޝަލް ޕްރެސް ރިލީސް އެށް ނެރުއްވާފައި ނިއްމާލައްވާ. ތިިއްޔަކީ ހައްލެއް އޮތް ކަމެއްނޫން .