އިމްރާން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ސަރުކާރުގެ ތެރެއިން އެ ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށް ވިދާޅުވި
02 މާޗް 2020 - 23:27
ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށް ހައްގުވާ މިންވަރު ލިބެން ޖެހޭ ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފް މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، މިހާރު އެ ޕާޓީ ތަމްސީލު ކުރާ މިނިސްޓަރަކަށް ސަރުކާރުގައި ހުންނެވީ އިމްރާނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އެކަން ފާހަގަކުރައްވައި، ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުފެދުނު ބޮޑު ނުތަނަވަސްކަމެއްގެ ތެރެއިން ޝިދާތާ އިސްތިއުފާ ދެއްވި ނަމަވެސް، އޭގެ ހުރިހާ ޒިންމާ އޭނާގެ ބޮލުގައި ނޭޅުއްވޭނެ ކަމަށެވެ. އެގޮތުން ޝިދާތާގެ އިހުމާލު ނުހިމެނޭ ދެކަމެއް އޭނާގެ ބޮލުގައި އެޅުއްވުނު ކަމަށް ވިދާޅުވި އެވެ.
އިމްރާން އިޝާރާތް ކުރެއްވީ، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކަށް އޭނާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރުމާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް ޖެންޑާ މިނިސްޓްރީ އަށް އެނގޭއިރު ވެސް އެކަމުގައި އިހުމާލުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށެވެ.
އިމްރާން ވިދާޅުވީ ޝިދާތާ އިސްތިއުފާ ދެއްވުމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެން ޖެހިވަޑައިގެންނެވީ ހުރިހާ އެންމެން ވެސް "މާބޮޑު ދެކޮޅުވެރިކަމެއް ނެތް، މައްސަލަ ނުޖައްސާނެ" މީހަކު އެ މަގާމަށް އައްޔަން ކުރެއްވުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެއީ އަދާލަތު ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވެސް އަދި ސަރުކާރުގެ މީހެއްގެ ހައިސިއްޔަތުން ވެސް ގަބޫލު ކުރައްވަން ޖެހިވަޑައިގެންނެވި ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެންޑާ މިނިސްޓަރުގެ މަގާމަށް، ރައީސް ދެން އައްޔަން ކުރެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު އަދި އިންޑިއާގައި ހުންނެވި ދިވެހި ސަފީރު އާއިޝަތު މުހައްމަދު ދީދީ އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި މަގާމަށް މީހަކު އައްޔަން ކުރެއްވުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައީސް އޭނާއާ މަޝްވަރާ ކުރެއްވި އެވެ. އަދި އަދާލަތަށް ކޯލިޝަންގެ ތެރެއިން ހައްގުވާ މިންވަރު ހޯދައިދިނުމަށް ގޮތްތަކެއް ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރައީސް އެގޮތަށް ކަންތައް ކުރައްވާނެ. އަދި އެކަމަށް ވަގުތުކޮޅެއް ނަގާނެ ކަމަށް ވެސް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، ވެރިކަން ހިންގާ ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމުގެ އިންޒާރު، މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ދީފަ އެވެ.
އެކަމަކު އެކަން، އިމްރާން ގަބޫލެއް ނުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ހެދި އެ ކޯލިޝަން ނިންމާލާނީ، ރިޔާސީ ދައުރާ އެކީގައި ކަމަށެވެ. އަދި ދައުރު ނިމުމުގެ ކުރިން، ކޯލިޝަނަށް ބަދަލު އަތުވެދާނެ ކަމަށް އެއްގޮތަކަށް ވެސް ހީފުޅުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޫޔޔ8
04 March 2020
ތިބުނާޢެއްޗެއް ހުންނާނީ މިހާރުލިބިފަ
އަބްދޫ
04 March 2020
ދުނިޔެ އަކީ ހައްގު މިންވަރު ލިބެން އޮތްތަނެއްނޫން .ދުނިޔޭގަ އެދުވަހަކު ލިބެނީ އެދުވަހަކަށް ހައްގުވާ މިންވަރު ވީމާ މިންވަރަށް އީމާން ވެވޭތޯ ބަލަންވީއެއްނު.
ދޮން ކަބުލޮ
04 March 2020
ހެލްތް މިނިސްޓްރީއަށް ހުސްވިމަހު ވެއްދި ޑެޕިޔުޓީ މިނިސްޓަރ ފެރިދޫ ބަކުރަކީވެސް އަދާލަތުގެ ފަރާތުން ވެއްދި މީހެއް،
ބޮޑުމީހާ
03 March 2020
މި މީހުންގެ ވާހަކަތަކުން އެގި ހާމަވަނީ ސިޔާސީ މަގާމުތަކަކީ އެއްވެސް ހަމައެއް އުސޫލެއް ނެތި، ގާތް ބަޔަކަށް މާލީ ފައިދާތަކެއް ހޯދަން ބަހާ އެއްޗެއްކަން. ގައުމަށް ހެޔޮއެދޭ އެއްބަޔަކުވެސް ނޫޅޭ
ނަޖުދާ
03 March 2020
"ބިސް ބަހާނީ ހައްގު ގޮތުގައި... ބިސް ބަހާނީ ހައްގު ގޮތުގައި" މިއީ އިހުޒަމާނުގައި ރަށްރަށަށް އަރާ ވެލާ ނަގައިގެން ބިސް ވަޅުކޮނެގެން މީހުން ކިޔާ އުޅުނު އަންބާއެކޭ! މިއަދު އިމްރާން އަރާ، ކޯލިޝަނޭ، ހައްގު މިންވަރޭ ބުނީމާ، އެކަމުން ރައްޔިތުންގެ ނަފްރަތު ލިބުން ނޫން ކަމެއް ނުވާނެއެވެ. ސިޔާސީ ބާރުވެރިކަން ހޯދަނީ ރައްޔިތުންނަށް ޙިދުމަތް ކުރުމަށެވެ. ވަޒީފާގެ ދަހިވެތިކަމުގައެއް ނޫނެވެ. މިކަން ހަނދާނުގައި ބަހައްޓާށެވެ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
03 March 2020
ސުބްހާނައްﷲ އަޖާއިބު ވެ އަންތަރީސްނުވޭތޯ؟ 1-ހޯމްމިނިސްޓްރީ 2-ކަސްޓަމްސް 3-ރައީސްއޮފީސް ޗީފް އޮފް ސްޓާފް 4-އިސްލާމިކް މިނސްޓްރީ މީ ގައުމެއްގެ ދައުލަތެއްގެ ސަރުކާރެއްގެ ނިސްބަތުން(ހައްގާ)(ބާތިލް)މިނެކިރާއިރު ކޮން މިންވަރެއްބާ ؟ ރައީސް އިބޫ ގެ މަޑުމައިތިރި ކެއްތެރި އަޑުއަށްސަވާ ސުލޫކުން ކޯލީޝަން ތިޔަ ނަގަނީ ހައްގު އެޑްވާންޓޭޖް ތޯ ؟ ރައީސް އިބޫ އާއިއެކު ކަށްޓަލަ ގޯވާންކޮށްފާ ރައީސް އިބޫއަށް މަތި އަޑި ކޯލީޝަނަށް ތޯ ؟ ހައްގުމިންވަރކީ ހިތުލީ އަދަދު ތޯ
ޗޯޓާވަލާ
03 March 2020
ލިބޭ މިންވަރު ނިކަންދަނެގެން މިބޭނުންތަށް ބަހާލައިގެން ތިބޭނަމައީ ފިކުރުކޮށްގެން މިބޭޒާރެއް ނުވެސް ވާނޭ.
ފަރީނާ
03 March 2020
މިއަދުގެ މަޖްލިސް އަޑުއަހައިފި މީހަކަށް ވިއްޔާ މި ސަރުކާރުގަ އަދާލަތު ޕާރޓީ އޮތް ހިސާބު އޮލުމެއް ނެތް ގޮތުގަ އެނގޭނެ.
ޑިމޮކްރަސީ
03 March 2020
މިހާރު ތީ ނަމެއްގަ އޮތް ކޯލިޝަނެއް އާރެއްބާރެއްނެތް ކޯލިޝނެއް ތިވަރަށް ފިތިގެން ނޭވާހޮޅިއަށް އެޅިގެންތިބެން ރަގަޅުވީސް ރައްޔިތުންނަށް ކަމެއްކޮށްދެވޭނަމަ
ޒުވާނާ.
03 March 2020
ހައްގު މިންވަރު އެބަލިބޭ އަހަރެންގެ ބޭންކައް ދިޔާ މަ %18 ޕަސަންޓް އިންޓްރަސްޓުގަ ވަރައްލުއި ލޯނެއް ހދ ކުޅުދުއްފުށިން ބޭންކައް ބޮޑުބި މެއްދީފަވަނީ 11500 ރުފިޔާއައް އެއީ 1400 އަކަފޫޓުގެ 3 ގޯތިވަރު ތަނެއް ހަނި ހަނި މަގަކުން ހދ ގެ އެތަކެއް ޒުވާނުންނެއް ވަޒީފާ އަދާކުރަނީ ރިސޯޓު ތަކުގަ ރަށައްގޮސް ޑޮލަރު ނަގާނެ އޭޓީ އެ މެއްނެތް އެއީވެސް ހައްގު މިންވަރެއް ތަންކޮޅެއް ތަނަވަސް ތާކުން ބޮޑު ބިމ މެއް ދޭންވީ ހިލެޔޯ ބޭންކައް ރައްޔިތުން ނައްހައްގު މިނަވަރު ފެނޭ