ޑެލްޓާ ރޯޔަލް
11 މާޗް 2020 - 12:17
ރޯދަމަހާ ދިމާކޮށް ތްރީއޭ ސްޓޯރުން "ޑެލްޓާ ރޯޔަލް" ބްރޭންޑްގެ ޓޮމާޓޯ ޕޭސްޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.
ތްރީއޭ ސްޓޯރުން ބުނީ، މި ޓޮމާޓޭ ޕޭސްޓް ކޮލިޓީ ރަނގަޅު، ހެޔޮ އަގެއްގައި ލިބޭނެ ބާވަތެއް ކަމަށެވެ.
އެ ފިހާރައިން ޑެލްޓާ ރޯޔަލްގެ ޓޮމާޓޯ ޕޭސްޓްގެ 70 ގްރާމާއި 400 ގްރާމާއި 850 ގްރާމުގެ އިތުރުން އޭޓެން ސައިޒުގެ 2.25 ކިލޯގެ ޓޮމާޓޯ ޕޭސްޓް ދަޅު ލިބޭނެ އެވެ. އެހެންވެ ގޭގޭގައި ކެއްކުމަށާއި ހޮޓާ، ކެފޭ، ރެސްޓޯރެންޓުގެ އިތުރުން ރިސޯޓުތަކައި ގެސްޓްހައުސްތަކަށް ވެސް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ އެވެ.
މިވަގުތު މި ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އަށް އެތެރެކޮށް މާކެޓު ކުރަނީ ތްރީއޭ ސްޓޯރުންނެވެ.
ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި އުފައްދާ މި ބްރޭންޑް، ޔޫރަޕާއި އެމެރިކާގެ ގިނަ ގައުމުތަކަށް ވެސް އެތެރެ ކުރެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ މި ޓޮމާޓޯ ޕޭސްޓް އުފައްދަނީ އެންމެ ޒަމާނީ އޮޓަމެޓިކް މެޝިނަރީ ބޭނުން ކޮށްގެންނެވެ. ކާބޯތަކެތި ހެދުމުގެ އެންމެ މަތީ ސްޓޭންޑާޑްތަކާ އެއްގޮތަށް ތައްޔާރުކުރާ މި ޓޮމާޓޯ ޕޭސްޓަށް ހަލާލް ސެޓްފިކެޓް ލިބިފައިވެ އެވެ.
ޑެލްޓާ ރޯޔަލް ބްރޭންޑްގެ ޓޮމާޓޯ ޕޭސްޓް އުފެއްދީ 2010 ވަނަ އަހަރު އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ވިޔަފާރި ފުޅާކޮށް އެކުންފުނިން މިހާރު 40 އަށް ވުރެ ގިނަ ގައުމަށް ޓޮމާޓޯ ޕޭސްޓް ސަޕްލައިކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޔަލް
11 March 2020
މިވަރުގެ ޕޭސްޓެއް އަދި ނެތް ރާއްޖޭގައި. ރަހަމީރުވެފައި ކުލަވެސް އެހާ ސަޅި. ގިނަ ފިހާރަތަކުން ލިބޭނެނަމަ ހާދަ ރަނގަޅޭ ހިތަށް އަރާ.
ްިީއހ
11 March 2020
މިޕޭސްޓު އަޅައިގެން ކުޅިމަސް ހެދީމަ ވަރަށް މީރު