ޚަބަރު

ފުލޫ ނާޝިދު އަވަހާރަވެއްޖެ

ޒީރޯ ޑިގްރީ ނާޝިދު: ދިވެހި މިއުޒިކީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައި މި ފަންނާނު މިއަދު ހަވީރު ވަނީ އަވަހާރަވެފައި.

ފަހުގެ ތާރީހުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިއުޒީޝަން ޒީރޯ ޑިގްރީ އަހުމަދު ނާޝިދު (ފުލޫ ނާޝިދު) އޭޑީކޭ ހޮސްޕިޓަލްގައި ދާދި ދެންމެ އަވަހާރަވެއްޖެ އެވެ.

ކިޑްނީގެ ކެންސަރު ބަލީގައި ގިނަ ދުވަސްތަކެއް ތަހައްމަލު ކުރަމުން އައި ނާޝިދު، 53، އަވަހާރަވީ އިތުރަށް ހާލު ސީރިއަސްވެގެން އޭޑީކޭ އަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

ނާޝިދަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިންނެވެ. އޭރުއްސުރެ ފެށިގެން ނާޝިދު ގެންދެވީ ލަންކާގައި ފަރުވާ ހޯއްދަވަމުންނެވެ. އޭނާ ރާއްޖެ ބަދަލުވީ އަހަރެއްހާ ދުވަސް ކުރިން ކަމަށްވެ އެވެ.

ނާޝިދުއާ އެކު ދަރިފުޅު ނިޝް.

ދިވެހި މިއުޒިކަށަށް ހާއްސަކޮށް ދިވެހިވަންތަ މިއުޒިކަށް އަގު ނުކުރެވޭ ފަދަ ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވި ނާޝިދު އެންމެ ފަހުން އާންމުންނަށް ފެނިފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓު ނާޝިދު" ޝޯގަ އެވެ. ނާޝިދަށް ހާއްސަ ސޯފާއެއްގައި އިންނަވައިގެން އޭނާ އެ ޝޯ ބެއްލެވި އެވެ. ވަރަށް ކުޑަވަގުތުކޮޅަކަށް ޝޯ ބެއްލެވުމަށް ފަހު އޭނާ އޮލިމްޕަހުން ވަޑައިގެންނެވީ އެވެ.

ނާޝިދު އަވަހާރަވިއިރު، އޭނާ ގެންދެވީ އަމިއްލަ އަލްބަމް "ޖާނީ"ގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ މީގެ 10 އަހަރު ކުރިން އޭނާ ފެއްޓެވި މަސައްކަތަކަށް ވި ނަމަވެސް، ބަލި ހާލަތު ހުރި ގޮތުން އެ މަސައްކަތް އެކަށީގެންވާ ސްޕީޑެއްގައި ކުރިއަކަށް ނުދެ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ބޭއްވި "އަ ޓްރިބިއުޓް ޓް ނާޝިދު" ޝޯ ނާޝިދު ބައްލަވާލައްވަނީ: އޭނާ ވަނީ މިއަދު ހަވީރު އަވާހަރަވެފައި.---ފޮޓޯ: މިސްކްމިދި

ނާޝިދު އަކީ ފަހުގެ ވަރަށް ގިނަ ޒުވާން ލަވަކިޔުންތެރިންނަށް ނަމޫނާ ލަވަކިޔުންތެރިއެކެވެ. ރާއްޖޭގައި، 1980ގެ ތެރޭގައި އުފަންވި ޒީރޯ ޑިގްރީ އެޓޯލް ބޭންޑްގެ "ދޯނި" އަލްބަމަކީ، މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ވިކިފައިވާ، އަދި ރާއްޖެ އަންނަ ޓޫރިސްޓުންގެ ތެރޭގައި ވެސް އެންމެ ބޮޑު ތަރުހީބެއް ހޯދާފައިވާ ދިވެހި މިއުޒިކީ އަލްބަމެވެ. އެ އަލްބަމްގައި ހިމެނޭ ހުރިހާ ލަވައެއްހެން ވަރަށް ބޮޑަށް މަޝްހޫރުވެ، އޭގެ 25 އަހަރު ފަހުން، މިއަދު ވެސް އެ އަލްބަމްގެ ލަވަތައް އިވެމުން ދެ އެވެ.

33 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާވާޒް

11 October 2016

ދިވެހި ލަވަކިޔުންތެރެއިންގެ ތެރެއިން މަށަށް އެންމެ ކިމުދަނީ ނައިފަރު ދޮހޮއްކޮ، ހާދަ މާނަ ފުން ލަވަތަކެކޭ ދޯ

The name is already taken The name is available. Register?

ސުނާމީ

11 October 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

އިސްމާޢީލް

11 October 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

ބޮގެންބޯ

11 October 2016

ޑިސްލައިކު ދޭމީހާވެސް ވާނެމަރު......

The name is already taken The name is available. Register?

ނަސީރު

11 October 2016

ބަލަ އަނެއްމީހާގެ ހިޔާލު ތަފާތު ވެދާކަމައްވެސް ރެސްޕެކްޓް ކުރަން ދަސް ކުރަންވީނު!

The name is already taken The name is available. Register?

ސާފުސާ

11 October 2016

މިއުޒިކަކީ އިންސާނާއަށް ފައިދާ ލިއްބައިދޭ އެއްޗެއް. ނާޝިދު އަކީ ބަތަލެއް. ނާޝިދު އަށް އެކަލާނގެ ރަހުމަތް ލައްވާނެ.

The name is already taken The name is available. Register?

މުހަންމަދު

10 October 2016

އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން... ނާޝިދުގެ ޢާއިލާއަށް ހިތްވަރާއި މަރުޙޫމުގެ ފުރާނައަށް ލުޔާއިހެޔޮގޮތް މިންވަރުކުރައްވައި އަދި އެމަރުޙޫމަށް ސުވަރުގޭގެ މަތިވެރިނިޢުމަތް ދެއްވެވުމަށްއެދެމެވެ. މިރާއްޖޭގެ މާޙައުލުގައި ﷲސވޢލެއްވެވި ތަފާތުއަޑުތައް، ވަޒަނަށްފައްތައި، އެއަޑުތައް މީސްތަކުންގެކަންފަތުގައި މިޔުޒިކުގެތެރެއިން ޖެއްސި ފަންނާނަކީ ނާޝިދުކަމާއިމެދު ދެބަސްވާނެގޮތެއް ނެތެވެ. ދިވެހިރާއްޖޭގެ މިޔުޒިކީގުލްޝަނާއި މިވަކިވީ، އޭނަގެ މަސައްކަތަށް މުޅިދުނިޔެ ތަޢުރީފުކުރާ އެންމެންގެ ރަޙުމަތްތެރިއެކެވެ. އިޙުތިރާމާއި ހެޔޮއެދުން ޙައްޤު، ކުޅަދާނަ ފަންނާނެކެވެ. އިޙްތިރާމާއި ޝުކުރިއްޔާ ނާޝިދް!

The name is already taken The name is available. Register?

ހާމީޑޫ

10 October 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

މުހަަައްމަދު

10 October 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

The name is already taken The name is available. Register?

އަލްމުދިޝް

10 October 2016

ދުނިޔެވީ ހަޔާތަކީ ކުޅިވަރެއް ކަމުގައާއި މަޖަލެއް ކަމުގައި ނޫނީ ނުވެއެވެ. އެމީހަކު ކުޅަހާ ހެޔޮޢަަމަލެއް ވަނީ އެމީހަކާ އެކުއެވެ. ހަމަކަށަވަރުން ﷲ އައް ޝިރުކު ނުކުރާ އަޅަކަށް އެކަނލާގެ ރަޙުމަތް ފުޅުން ފާފަފުއްސެވުމުގައި އެކަނލާނގެއީ އެންމެ އޯގާވަންތަ ރަސްކަނލާނގެއެވެ.

The name is already taken The name is available. Register?

ޑިކްތޫތު

10 October 2016

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون. ނާޝީދުއަށް ސުވަރުގެ މިންވަރު ކުރައްވާށި. އަޅުގަނޑު ދެކޭ ގޮތުގާ، ގެއްލިގެން އެދިޔައީ ރާއްޖޭގާ މިހާތަނައް ނުކުތް އެންމެ މޮޅު، ނަމަވެސް ވަން ހިޓް ވޮންޑާ އަލްބަމް ނެރުނު ބޭފުޅާ.

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454