މޯލްޑިވިއަންގެ ބޯޓެއް ޕާކުކޮށްފައި: ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެނައުމަށް، ޗާޓަރު ފްލައިޓްތައް ނުބާއްވަން މިހާރު ވަނީ ބާއްވާފައި
26 މާޗް 2020 - 20:37
ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ހެދި، ރާއްޖޭން ބޭރުގައި ތިބި ދިވެހިން ގެންނަން ވަކިވަކި ފަރާތްތަކުން ޗާޓަރު ފްލައިޓްތައް ބާއްވަން ހުއްދަ ދިނުން ސަރުކާރުން މެދުކަނޑާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިރޭ ބަޔާން ނެރުނު އިރު، ސްރީ ލަންކާގައި ރާއްޖެ އަންނަން ބޭނުންވެފައި ތިބި ދިވެހިން ގެންނަން ޗާޓަރު ފްލައިޓެއް ބާއްވަން އިނަ މޯލްޑިވްސް ނިންމައި، އެކަމުގެ ހުއްދައަށް ސަރުކާރުގައި ވަނީ އެދިފަ އެވެ.
ޓްރާންސްޕޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރޯގާއާ ގުޅިގެން ރާއްޖެ އަންނަން ބޭނުންވާ ހުރިހާ ދިވެހިން، ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަރަންޓީން ކުރުމަށް ހަމަޖެހިފައިވާތީ، އެ މީހުން ގެންނަން ޖެހޭ ހާލަތެއްގައި އެކަން ކުރާނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަމަށެވެ. އެހެންވެ، ވަކިވަކި ފަރާތްތައް ފްލައިޓްތައް ޗާޓަރުކޮށްގެން އެ މީހުން ގެނައުމަށް ހުއްދަ ދިނުން މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް އެތަނުން ބުންޏެވެ.
ރާއްޖޭން ބޭރުން އަންނަ ހުރިހާ ދިވެހިން ސަރުކާރުން މިހާރު އަންނަނީ ކަރަންޓީން ފެސިލިޓީތަކުގައި 14 ދުވަސްވާންދެން އެކަހެރި ކުރަމުންނެވެ. އެ މީހުންގެ ހުރުމާއި ކެއިންބުއިމުގެ ހުރިހާ ކަމެއް ބަލަހައްޓަނީ ސަރުކާރުންނެވެ.
ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ހަލުއި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އެނބުރި ގައުމަށް އަންނަން ބޭނުންވާ ދިވެހިން ގިނަ އެވެ. އެގޮތުން ލަންކާގައި ވެސް ރޯގާގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އެ ގައުމުގައި ކާފިއު އިއުލާންކޮށް، ވައިގެ ދަތުރުފަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ. އެގޮތަށް ނިންމިއިރު، ގިނަ އަދަދެއްގެ ދިވެހިންތަކެއް ލަންކާ އިން ރާއްޖެ ނާދެވި ވަނީ ތާށިވެފަ އެވެ.
ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަށް ޕޮޒިޓިވް 13 މީހަކު ރާއްޖޭން މިހާތަނަށް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން މިހާރު ވަނީ އަށް މީހަކު ރަނގަޅުވެފަ އެވެ. ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްކާތެރިކަމުގެ ވަރަށް ގިނަ ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުއްލާދުލި
27 March 2020
ހެޔޮނުވާނެ ނުގެންނާތި. ދިވެހިރާއްޖެ އުޅެން އުނދަގޫ މިނިވަންކަމެއް ކިޔަވާދިނުމެއް، ބޭސްފަރުވާއެއް އެއްވެސް ކަމެއް ރަނގަޅު ނޫންވީމަ ބޭރުގައުމުތަކުގަ އުޅޭނީ، ދެން އެގައުމުތަށް ބަންދުކޮށްލީމަ ފޫހިވެގެން ކުއްލިއަކަށް ރާއްޖެ ހަނދާންވެގެން އަންނާނެކަމެއްނެތް
ބޮޑުމީހާ
27 March 2020
ބޭސް ފަރުވާއަށް ދިޔަ މީހުން ފިޔަވައި، މިގައުމު ދޫކޮށް ލަންކާ، އިންޑިއާ، ބެންކޮކްގަ ދިރުއުޅޭ މީހުން ގެނެސްގެން ނުވާނެ. މިގައުމު ކަމު ނުދާތީ މިހުރިހާ ދުވަހު ގައުމުން ބޭރުގަ އުޅޭނީ
އާސްތު
27 March 2020
ގިނަ ބަޔަކު އެއްފަހަރާ ގެނެސްގެން މެނޭޖް ކުރަން އުނދަގޫވާނެ. އަނެއް ކޮޅުން އެއަރޕޯޓު ތަކަކީ ބަލި އެންމެފެތުރެން ފަސޭހަތަންތަން. އެބަޔަކު ތިބި ތަނެއްގައި ގޭގައި ބަންދުވެގެން މިދުވަސްކޮޅު ތިބެބަލަ. ކާންބޯން ދަތިވަންޏާ ސަރުކާރުން އެހީވާނެކަން ކަށަވަރު.
ވަހީދު
27 March 2020
ސަރުކާރުން އެމީހުން ގެނައުމުގެ ކަންކަން މެނޭޖް ކުރިއްޔާ ކަމެއް ލައިގަތަސް ޒިންމާ ނަގާނެ މީހަކު ހުންނާނީ.
ަސަންފޫ
27 March 2020
ދިވެހިންނަކީ މެދުވެރިވާ ހާލަތަށް ކެއްކުރަން ދަންނަ ބައެއްނޫން. މުޅި ދުނިޔެ މިކަމުން ސަލާމަތް ނުވެވިގެން ތެޅިފޮޅޭއިރު އަހަރެމެން ދިވެހިން އެމްބަސީއަށް ގުޅާފަ ނެޕީ ނުޖެހިގެނޭ، ބިރިޔާނީ ނުކެވިގެނޭ، މިތިބެނީ ކިޔާފަ ޝަކުވާ ކުރާއިރު ވިސްނާލަން ޖެހޭނެ އެތަންތާ މަސައްކަތްކުރަން ތިބެނީވެސް އިންސާނުންކަން. އަހަރެމެނަށް ވަޒަންކުރެވޭ އެމީހުން މަސައްކަތް ކުރަންޖެހޭނެ ދަތިހާލު މިފަދަ ލޮކްޑައުން އެއްގަ. ވިސްނާ!!
ނަސްރު45
27 March 2020
ވަރަށް ރަގަޅު ނިންމުމެއް، ވަގުތުގެ ބޭނުންހިފާ ބައެއް އަމިއްލަ ކުންފުނި ތަކުން ފައިދާ ނެގިޔަދީގެން ނުވާނެ. މިޙާރުވެސް ފްލައިޓްތަށް ހުއްޓާލި ތާ ހަފްތާއެއްނުވަނީސް އަނބި، ދަރީން ބަނޑަށްޖެހެނީ ކަމަށް އެގޮވާ ކުންފުނީތަކުގެ ވެރީން އެއީ، ހުސްވި ބޮޑު ޗުއްޓީގައި 800 ޑަލަރަށް މާލޭ/ކޮލަމްބޯ ޓިކެޓް ވިއްކި މީހުން. މިހާރު އެ ތިބީ ހާލުގަ ޖެހިފަޔޯ.
ޙަމް
27 March 2020
ހަމަ ބުއްދިން ވިސްނަ ބަލަ. 300 ދުވާލަކު އެއްފަހަރު އެއްފަހަރާ ގެނެސް ކަރަންޓީނު ކުރަނީ ކޮންތާކު. އެމީހުން ގެންނަ ގޮތަށް ގެއައް ފޮނުވަން ބޭނުމެއް ނޫން.
ނަސީދު
27 March 2020
ކަރަންޓީންކުރާ ތަންތަން މަދީ އެކަމަކު ސަރުކާރުން އެބަޖެހޭ އިންޑިޔާގައި ތިބީ މީހުން ގެންނަން އެމީހުން ވަރައް ހާލުގައި އިޅެނީ
ޙސ×ބ×ބ×ބ
27 March 2020
ތީގެ ބޮޑު ބައެއް ދިޔައީ ނުދާށޭ ގޮވަ ގޮވާ އޮއްވާ... ދެން ގޮސް ތިބި މީހުން ވެސް ނައިސް މަޑު ކުރީ ފެތުރެން ފެށީމަވެސް... ދެން މިހާރު ބޮޑު ހަރަދު ކޮއްގެން ގެނެސްގެން ވެސް ނުވާނެ. ޟިހާރު އެންމެ ގެ ސަލާމަތައް ވެސް އެބަޔަކު ތިބި ތާކި ތިބެންވީ އަމިއްލަ އެދުމައް ޓަކައި އެހެން މީހުން އަށް ޖުރައްކާ ނުކޮށް. މަގޭ ތިަމާގެ މީހަކު ހުރި ނަމަ މަވެސް ގެންނަން ބޭނުން ވާަނެ ކަން ވެސް ވިސްނޭ. ޢެކަމަކު މީ ހިތާ ދެކޮޅަސް ވެސް އެކަން ނުކުރަންވީ ވަގުތު
ޙަލީލް | ގ. ތޔގމގެ
27 March 2020
ރާއްޖޭގެ ކަންތައްތަށް ކަމުނުގޮސްގެން ދެއްތޯ ރާއްޖޭ ދޫކޮށްފައި ދިޔައީ.... މިހާރު ތި ވިދާޅުވަނީ ރާއްޖޭގެ ސިއްހީ ހިދްމަތްތަކާއި އެހެނިހެން ކަންތައްތަށް މާ ރަގަޅޭ ....
އައްޔަބޭ
26 March 2020
ދިވެހި ސަރުކާރުން ކަނޑައަޅާ އުސޫލަކުން ގެނެވެންވާނީ. އެއްފަހަރާ ގިނަބަޔަކު ގެނެއްސިނަމަ ރިސްކް ބޮޑުވެ އައިސޮލޭޝްން ނުވަތަ ކަރަންޓީން ކުރުން މެނޭޖްކުރަން އުނދަގޫވާނެ. މިވަގުތަކީ ހުރިހާކަމެއް ފަސޭހަވާނެ ވަގުތެއް ނޫން. ކެއްކުރަން ދަސްކުރަންޖެހޭނެ. މިހާރުވެސް ލަންކާގައިތިބި ދިވެހިން ހިތަށް އެރިއިރެއްގައި ހެލައިގެންގޮސް ކިއުގަ ޖެހިގެން އެއޗެހި ނުލިބުނީމަ ހަކުރާ ފުށާ ހޯދަން އެމްބަސީގައި އެބަ ޝަކުވާކުރޭ. ދަތިދުވަސްވަރެއްމީ.