ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެތަނުގެ ބައެއް އިސް ބޭފުޅުންނާ އެކު މިނިސްޓަރު ޝާހިދު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
28 މާޗް 2020 - 19:03
ބޭރު ގައުމުތަކުގައި ދިރިއުޅޭ، ރާއްޖެ އަންނަން ބޭނުންވެފައި ތިބި ހުރިހާ ދިވެހިން ގެނައުމުގައި ހުރަސްތަކެއް ހުރި ނަމަވެސް އެންމެންގެ ވެސް ހާލު ގާތުން ބަަލަމުން އަންނަ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޗައިނާގެ ވޫހާންގައި އުފަންވެ، ދުނިޔެ އަށް ފެތުރިފައިވާ ކޮވިޑް-19 އިން ރައްކާތެރިވާން ގައުމުތަކުގައި ފިޔަވަޅުތައް އަޅަމުން އަންނައިރު، އެ ދަތިތަކާ ދިވެހިންނަށް ވެސް ވަނީ ކުރިމަތިލާން ޖެހިފަ އެވެ. ބައެއް ގައުމުތައް ވަނީ، ލޮކްޑައުން ކޮށްފަ އެވެ.
މި ހާލަތުގައި، ބައެއް ދިވެހިންނަށް އުނދަގޫތަކެއް ހުއްޓަސް އެންމެން ރާއްޖެ ގެނައުމަކީ ކުރެވޭނެ ކަމެއް ނޫން ކަން ފޮރިން މިނިސްޓްރީން އަންނަނީ ވިސްނައި ދެމުންނެވެ. އެ މިނިސްޓްރީން ވަނީ ޕާކިސްތާނާއި ފިލިޕީންސާއި ނޭޕާލުން ދިވެހިންތަކެއް ރާއްޖެ ގެނެސްފަ އެވެ. ނޭޕާލުގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނައުމަށް ދެ ދަތުރު ބާއްވައި ތިން ވަނަ ދަތުރާ ހިސާބުން މަތިންދާބޯޓުތައް މެދުކެނޑުމުން ގާތްގަނޑަކަށް 17 ދަރިވަރުން ވަނީ އެކޮޅުގައި ތާށިވެފަ އެވެ. \
އެ ގައުމުގެ ހޮޓަލެއްގައި، ދިވެހި ސަރުކާރުން ވަނީ އެ ދަރިވަރުން ތިބުމުގެ އިންތިޒާމު ހަމަޖައްސައިފަ އެވެ. އެ މީހުން ރާއްޖެ ގެނެވޭނެ ގޮތެއް އޮތްތޯ އަދިވެސް ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އިންޑިއާގައި ތިބި ދިވެހިންނަށް އާސަންދައިން ފަރުވާކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.
އިނިގިރޭސި ވިލާތުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރިފައިވާ އިރު ދިވެއްސަކު ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ގައުމުގައި ހުންނަ، ރާއްޖޭގެ ހައިކޮމިޝަނުން ވަނީ އެތަނުގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ގުޅައި، ހާލު އޮޅުންފިލުވާފައި ކަމަށް ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވި އެވެ.
"ބޭރުގައި ތިބި ދިވެހިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލަން މިކޮޅުގައި [ފޮރިން މިނިސްޓްރީގައި] ކޮންމެ ދުވަހަކު ޓާސްކްފޯހުގެ ބައްދަލުވުން ބާއްވާ،" މިއުވާން ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި، އިސްކަމެއް ދޭ އެއް ކަންތަކުގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުގެ ޕޯޓްތަކުގައި ތާށިވެފައި ހުރި މެޑިކަލް އިކުއިޕްމެންޓްސް ފަދަ މުދާތައް ރާއްޖެ އަށް ގެނެވޭނެ މަގުތައް ހޯދުން ހިމެނެ އެވެ. މީގެ އިތުރުން، މި ހާލަތުގައި އެކި ގައުމުތަކުން ރާއްޖެ އެހީ ހޯދުމުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ބައެއް ގައުމުތަކުގައި ތިބި ދިވެހިން އެނބުރި އަންނަން ބޭނުންވި ނަމަވެސް މިވަގުތަށް އެ މީހުންނަށް އަދި ރާއްޖެ އަށް ވެސް އެންމެ ރައްކާތެރި ގޮތަކީ އެ ތަނެއްގައި ކެތްތެރިކަމާ އެކު ތިބުން ކަމަށް ސިއްހީ ދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. ކޮވިޑް-19 ގެ ރައްކާތެރިވުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގައި ވެސް ފިޔަވަޅުތައް ވަރުގަދަކޮށް، ބޭރުގެ އެކި ގައުމުތަކުން ރާއްޖެ މީހުން އައުން ވަނީ މި ވަގުތަށް ހުއްޓުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
29 March 2020
ރާއްޖެއިން ބޭރުގައި ދާއިމީކޮށް އުޅޭ ފަރާތްތަކަކީ އާއްމު ހާލަތުގައިވެސް ރާއްޖެ ކަމުނުގޮސްގެން ރާއްޖެއިން ދިޔަ މީހުން. ދެން ކާރިސާގެ ވަގުތު މިމީހުން ގެނައުމުގެ ބޭނުމަކީ ކޮބާ
ނަސްރު45
29 March 2020
ހިޔެއް ނުވޭ، ‘ [email protected]’ އަށް ފުނުވާ އީމެއިލް އަށް ޖަވާބު ދޭހެނެއް.
އިބުރާހިމް އަހުމަދު
29 March 2020
ސިންގަޕޫރުން އެމީހުން އެބަބުނޭ އިތުރުބަޔެއް ނުބެލޭނެޔޭ އެމީހުންގެ ރައިޔަތުން ފިޔަވާ ފުރަތަމަ އިންޑިއާ ލަންކާ ބައެއްމީހުން ނަކީ މުސްލިމުން ދެކެވަރަށް ރުޅިއަންނަބައެއް މިފަހަރު ދިވެހިން ކޮޅުހާލުގަ ނުޖައްސާ ޝާހިދު ތެދުބަހުން ވާހަކަ ދެއްކުން ބުއްދިވެރިވާނެ ލަންކާ ހައިކޮމިޝަންގެ ވަޒީފާގަތިބިމީހުން މާލޭގަ ގިނައިން އުޅެނީ އެހެންވީމަ ވާނީވެސް މިހެންތާ ޝުކުރުކޮލާ ......
ރައީސްގެމީހާ
29 March 2020
މެލޭ އަކުންވެސް ނުގުޅާ..
އެކަނިވެރިޔާ
29 March 2020
މަގެ ހާލެއް ނުބަލާ ގާމު
ދޮގު
29 March 2020
އިންޑިޔާގަ ތިބި މީހުންގެ ހާލު ނުބަލާ. ތީ ދޮގެއް. ނުވިތާކަށް ކޮންސިއުލޭޓަށް ގުޅިއަސް ފޯނަށް ޖަވާބެއް ނުދޭ. ޥަކި ބައެއްގެ ހާލު ބަލަނީތަ އަނެއްކާ.
ޢަޝަރީ
29 March 2020
ޢިންޑިއާ ގެ ކޮޗިންގަ އެތައް ދިވެހި ދަރިން ނެއް އެތިބީ ގޮތް ހުސްވެފަ ސަރުކާރުގެ އިސްވެރިން ދެނީ ބީރު ކަންފަތް.
އަބްދުއްالله
29 March 2020
އެހެންތަ؟
ގައުމީ ލޯބީގާ
29 March 2020
ކަންކަން ތަހައްމަލް ކުރާ ރައްޔިތުމީހާ،ހަދާނީ ދޮގު .ކޮމެންޓް ކޮއްފައެވަނީ ދޮގުވާހަކަތަށް ބާ .؟ހާލު ބަލާ އެބައެއްގެ ހަބަރު ބަލައޭ ނޫސް ތަކުގަ ލިޔުނު ލިޔުނު ހެން ހާލުގަ ޖެހިފަ ތިބޭ ރައްޔިތުން ކޮމެންޓް ތަކުގަ ލިޔަނީ ކުރެވޭ ތަޖްރިބާ ތަށް .ތަހައްމަލް ކުރާ ނިކަމެތިކަން .ނޫސްތަކުން ކިޔަނީ ސަރުކާރަށް ސަނާ .ހަގީގަތާ ކުރިމަތި ލާކަށް ބޭނުމެއް ނުވޭ .
ބޮޑުވަޒީރު
28 March 2020
ބޭރު ކަމަށްމިވަނީ އިންޑިޔާ ސްރީލަންކާ މެލޭޝިޔާ ސިންގަޕޯރ. މި ލިސްޓްގައި ޔޫކޭ ހިމެނިދާނެ. ހަމަގައިމުވެސް އޮސްޓްރޭލިޔާ ނިއުޒީލޭންޑް ފަދަ ތަންތާގައި ތިބި ކިޔަވާ ކުދިންގެ ޚަބަރެއް ނުބަލާ.
ކޮކާ
29 March 2020
ދިވެހި ސަރުކާރުން ބުނެގެންތަ ތިތަންތަނަށް ގޮސް ތިތިބީ. މިހެންވާނެކަން އެނގޭއިރު ކީއްވެ ނައިސް ތިބީ. އަޖައިބެއްކަހަލަ ބަޔެއް. ސަރުކާރުން ހަބަރުބެލީމަ ވަކި ކަމެއް ވާނެތަ؟ ސިއްހީ މާހިރުން ބުނާބަސްއަހައިގެން ގޭގަ ތިބެބަލަ. އެއީ އެންމެ ރަނގަޅުގޮތް.