ކެބިނެޓުގެ ބައްދަލުވުން މުލީއާގޭގައި މިއަދު ކުރިއަށް ދަނީ. --ފޮޓޯ:ރައީސް އޮފީސް
31 މާޗް 2020 - 19:45
އަންނަ ހަފްތާގައި ވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތަކުގެ ކިޔެވުން ވެސް ބަންދުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފި އެވެ.
ރައީސްގެ ރަސްމީގެ، މުލީއާގޭގައި މިއަދު މެންދުރު ފަހު ބޭއްވި ވަޒީރުންގެ މަޖިލީހުން ބައްދަލުވުމުގައި ވަނީ ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކުޑަކުރެއްވުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތަކާގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ. އަދި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދީފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރުމަށް ފަހު، މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރެއްވުމާބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
އަންނަ ހަފްތާގައި ވެސް، ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާ ގޮތަށް ނިންމި ކަމުގައިވިޔަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ޚިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާ ވެސް މަދު މުވައްޒަފުން ނެރެގެން އެ މަސައްކަތެއް ކުރުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެން ވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މިކަމަށް މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވަރަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުން އެދިވަޑައިގެންނެވި އެވެ. އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާ އިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަން ވެސް ވަޒީރުންގެ މަޖިލީހުގެ މެންބަރުން ފާހަގަކުރި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާއި، ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރައްވާ މަސައްކަތްތަކާއި އަޅުއްވާ ފިޔަވަޅުތަކުގެ މައުލޫމާތު، އެ ބޭފުޅުން ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޣުރައ
01 April 2020
މަގެ އައިޑީކާޑު ނުނެގިގެން މިއުޅެނީ ބަންސުކުރުމުގެ ސަބބުން ކޮބާ މިކަމަށް އޮތް ހައްލަކީ ކަލޯގެއާ
އަހުމަދު ޒާހިރު
01 April 2020
ކޮބާތަ ކޮންމެހެން ދޭންޖެހޭ ހިދްމަތްތަކަކީ . ބަންދު ވާއިރުގަ ލިބޭ ހިދުމަތަކީ ކޮބައިބާ ނުލިބޭ ހިދުމަތަކީ ކޮބައިބާ؟؟؟
ވަގު ކަދުރު
01 April 2020
މޯލްޑިވްސް ޕޯޓުސް ލިމިޓެޑް ގައި ލޭބަރުން ގޭނެނީ ސަރުކާރު ބަންދުވުމުން އެއްމެބޮޑު މުސާރަލިބޭ އެޗު އޯ ޑީން ގޭގައި، ސީ އީ އޯ ދުނިޔޭގަ ދިރިހުރިކަށް ނުވަތަ ނޫންކަށްވެސްނޭނގޭ ؟. މިއީތޯ އިޙްލާސްތެރިކަމާއި އޯގާތެރިކަމާއި ކުލުނުވެރިކަމާއި ހަމަހަމަކަމެކީ.؟؟؟!!!!.
ނަތަންޔާހޫ
01 April 2020
މިއުޅެނީ ދަރީގެ ޙަރަދުވެސް ކޯޓް ބަންދުވީމައި ނުދެއްކިގެން! މިކަހަލަ ކިތަންމެ ކަމެއް މިޤައުމުގައި ހުއްޓިފައި! ބޮޑަށް ހީވަނީ މީބަޔަކަށް ދައްކަންކުރާކަމެއްހެން ރުފިޔާގަނޑެއް ހޯދަން!
މޯޑް
01 April 2020
އޮފީސްތައް ބަންދުކޮށްފަ އެއްމެން އުޅެނި ފިނުބުރުޖަހާ ބާޒަރުކޮށް މަޖާކުރަށް މަގުމަތީ.
ވަގުޕައިލެޓް
01 April 2020
ޕޯސްޓް އޮފީސް ނުހުޅުވައިގެން މިއުޅެނީ ކިއްވެތަ؟ އަހަރުމެންގެ ޕެކޭޖްތައް ގެނެސް ގުދަންކޮއްފައި ބެހެއްޓިޔަކަސް ނުވާނެ! އެޖެހޭނީ ހަވާލުކުރަން!
މަންޑޭލާ
01 April 2020
ސަރުކަރަށް ކުރެވުނު ކަމަކީ ރައިސް ޔަމިންގެ ވެރިކަމުގަ ހަދަމުންދިޔަ ތަންތަނުގެ ރިބަން ފައްތައް ކެޑުން. އެމްމެ ފަހުން އަޅަން އުޅުނު ފުލެޓް ތަކަކީވެސް ރައިސް ޔާމިން އަޅަން ނިމަފަ ހުރި 4ހަސް ފުލެޓްގެ ބައެއް.
ރީތި މޫސަ
01 April 2020
ރައީސް ރާއްޖޭގެ ރައްޔިތުންނަށްޓަކައި ތިކުރަށްވާމަސައްކަތަށް ހަމަ ސާބަސް ނަވަވެސް ހިތާމަޔަކީ ރައީސް އަރިހުގަ މިކަމުގަ މަސައްކަތްކުރަން ތިބީ އަމީން ޑޮކުޓަރުން މަބުރޫކު ދެންތިބިމީހުން ވަގުތުހޭދަކުރަނީ ކުޅިވަރާމަޖަލުގަ
ޣޣ
31 March 2020
ވަރަށް ރަގަޅު ނިންމުމެއް.... މަގުމަތީގަ ގްރޫޕް ހަދައިގެން މިއުޅޭ ޒުވާނުންނާ މެދު ފިޔަވަޅެއް އަޅަންޖެހޭ...
ރައްޔިތުމީހާ
31 March 2020
މިބަންދުތެރޭ ކޯޓުތަކުން ފޯމެއް ބަލައެއްނުގަނެ ކޮންމެހެން ހުށައަޅަންޖެހޭ މައްސަލައެއް ނުވަތަ އަމުރަކަށް އެދޭއެދުމެއް ފިޔަވާ. ރާއްޖެއިންބޭރުން ލިޔެކިޔުންތަކެއް ގެނެސްގެން ކޯޓަށް ނުލެވިގެން މިއުޅެނީ، މިހާރު އޭގެ ވެލިޑިޓީވެސް ހަމަވަނީ، ދެން އަނެއްކާވެސް ބޮޑުހަރަދުކޮށްފަ ފުރައިގެންދާން ޖެހޭނި. ދުވާލަކު އެއްގަޑިއިރު ނަމަވެސް ނުވަތަ އޮންލައިންކޮށް ނަމަވެސް ފޯމް ބަލައިގަނެވޭނެ އިންތިޒާމެއް ހަމަޖައްސާނަމަ. އައިޑީކާޑުވެސް އާކުރެވޭނެ ދުވަހެއް އަދި ނޭގެ!