ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ-- ފޮޓޯ: މިހާރު
21 އެޕްރީލް 2020 - 10:43
ގައުމަށް ދިމާވާ ބޮޑެތި ކަންކަމުން ރައްޔިތުން ސަލާމަތްކުރުމުގައި ސިފައިން ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ 128 ވަނަ އަހަރީ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދޭން ސިފައިންގެ ވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޅުއްވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ރެއާއި ދުވާލު، ވަރުބަލިކަމެއް ނެތި ސިފައިން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
"އެ މީހުންގެ ހިދުމަތް ރަން އަކުރުން ފަވާލަން. ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމަކުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް އެންމެ ކުރީ ސަފުގައި ވާރެ އާއި އަވީގައި ސިފައިން ހަރަކާތްތެރި ވަމުން ދާކަން ރައްޔިތުން ހެޔޮ ހިތުން ބަލައިގަނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
128vana #SifaingeDhuvahuge thahniya RJ+Com-In-Chief HE @ibusolih +CDF+huriha hivarugadha Sifain+Sifainge lobuvethi aila thakah ariskuran. “Sifainge hivvaru; qaumuge salaamaiy” Sifainge mi aharuge shiaarugai dhemi thibumuge heyothaufyk Maaiy Allah Sifainnah minvarukoh dhevandheve! pic.twitter.com/7qyDzPQx7k
— Mariya Didi 🎈 (@MariyaDidi) April 21, 2020
މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖް
ސިފައިންގެ މިއަހަރުގެ ޝިއާރަކީ "ސިފައިންގެ ހިތްވަރު، ގައުމުގެ ސަލާމަތް" ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަން އަމާޒުކޮށްފައި އެ ވަނީ ރައްޔިތުންގެ ޝުއޫރުތަކުގެ މައްޗަށް ކަމަށެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް ސިފައިން ދައްކަމުން އަންނަނީ ނަމޫނާއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ދިމާލަކަށް ބަލާލި ކަމުގައި ވިޔަސް ސިފައިން ދައްކަމުން އަންނަނީ ނަމޫނާ ޑިސިޕްލިންނެއް. މިދިޔަ އަހަރު ކުޅިވަރުގެ މައިދާނުގައި ދިވެހީން އެކިއެކި މެޑަލް ހޯދުމުގައި ވެސް ދިވެހި ސިފައިންގެ ހިއްސާ ނުހަނު ބޮޑު،" މިނިސްޓަރު ވިދާޅުވި އެވެ.
ސިފައިންގެ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަނީ ކޮވިޑް-19 އިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ސިފައިން ބޮޑެތި ގުރުބާނީތަކެއް ވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އެންމެ ފަހު މީހާއާ ހަމައަށްވެސް ރައްޔިތުން މި ބަލިން ރައްކާތެރި ކުރުމަށް ސިފައިން ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްޑީޕީމީހާ
22 April 2020
ރައްޖޭން ބޭރުގެ ޤައުމުގެ ސިފައިން ބާލުވާ. ރާއްޖެ އަޅުވެތި ކޮއްގެން މޮޅުވާހަކަ ނުދައްކާ.
ޝޮކްތެރަޕީ
22 April 2020
ރައްޖޭގެ އަސްކަރީއްޔާ ކިރިޔާވެސް ރަގަޅުވީ ރައިސް ޔާމިންގެ ދައުރުގާ. ދިވެހިންނަ މިނިވަންކަމުގެ އިހުސާސްވި.
ދެބޯދޫނި
21 April 2020
މާރިޔާ ހަދާން ނެތުނީތަ ނޮވެމްބަރ 3 88. ކުރިން ބުނަމުން އައީ ސިފައިން ތިބީ ގުގުރީގަ ނިދާފަޔޯ. ވެރިކަން ވެއްޓުނީމަ ބުނީ ބާޣީންނޯ. ﷲ ގެ ކުޅަދުން ވަންތަކަމަށް ޝުކުކުރަން.
ގުޑުގުޑާ
21 April 2020
ފެންކައްކާބޮލީގެއިއްޒަތް އިއްޔައާހަމައްއައްވާގީން މިއަދުގާޒީން ސާބަހޭ ކަމަނާ ޔަހޫދީއްގެސިފަތައް ވާއެބަހުރި
އެހެންނޫ
21 April 2020
ގައުމުގެ ބޮޑު ބަޔަކަށް އެނގޭކަމެއް މިއަދު އަދިކިރިޔާ ކަމަނާއަށް އެނގިގެން ތިޔަ ބުނެވުނީ.
މީހާމީހާ
21 April 2020
މިއޮއް އޮތްހާދުވަހު ކަމަނާއަށް އެގިފައޮތީ އެއީ ހަމަ ކުކުޅު ކައިގެން ތިބޭ ބައެއްކަން. މިއަދު ސިފައިންގެ ހަގީގަތް ކަމނާއަށް އެގިވަޑައިގަތުމުގެ ހެޔޮ ވިސްނުން ﷲ ދެއްވިކަމަށްޓަކައި އަށް ޝުކުރު ދަންނަވަން
ދޮން ދީނި
21 April 2020
ކެ ކެ ކެ... ޖޯކް އޮފް ދަ ޑޭ. މިހާރު ޢާޒީންނަށް ވީތޯ؟ ސިފައިން ބަދަލެއް ނުވޭ. ބަދަލުވީ އެހެން ބައެއް.. އެއީ ވެރިކަން ލިބުނީމައި. 5 އަހަރުފަހުން ހަމަ އެގުރޫޕުގެ ރާގު އަދިވެސް ބަދަލުވާނެ.
އިބާދު
21 April 2020
އަހަރެން މާރިޔާ އަދި ޝަމާއިލް ދުވަހކު ރސް އިތުބާރު ނުކުރާނަން..ކަލޭމެން ނަކީ އިންޑިއާ ގެބީޖޭޕީ ވިކިގައި ތިބި ދެ މީހުން
އަހައްމަދޭބޭބެ !
21 April 2020
ސިފައިންނާއި މެދު ރައްޔިތުންގެ އިތުބާރު ވަރަށް ބޮޑު. ވެރިކަމަށް ބޫތުކައިފަ ތިބި ބަޔަކު ދިވެހީންގެ ތެރެއިން ބަޔަކު މަގުމައްޗަށް ނެރެގެން ދިވެހި ސިފައިންނާއި ދިމާލަށް "މަނީ މަނީ ޔެސް ސާރ" އޭ، "ބާޣީ" އޭ ކިޔަމުން ދުއްވިޔަސް،އަދި ދިވެހި ސިފައިންނަކީ "ކަމެއް ދިމާވާއިރަށް ފިލާތިބޭ ފިޑި ބަޔެކޭ" ގޮވިޔަސް، ރައްޔިތުން ގެ ހިތުގެ ގަދަރާއި ލޯތްބަކީ އަބަދުވެސް ދިވެހި ސިފައިންނަށް ހިފެހެއްޓުމެއްނެތި ދެވިފަ ވާއެއްޗެއް. އެކަން ދުވަހަކުވެސް ބަދަލުނުވޭ. ނުވެސް ވާނެ
ލުގުމާން
21 April 2020
ސިފައިނަކީ ނަމޫނާ ބައެއް ދޯ މާރިއާ؟ ފެބްރުއަރީ 7 ގަވެސް ނަމޫނާ ދައްކާފަ ދޯ؟ ބާޣީ އެއް ނޫން ދޯ މިހާރު ؟
ހާސް
21 April 2020
ކޮން މެބައެއްވެސް ގޯސްކަ މެއްކޮށްފިއްޔާ އެވާހަކަ ބުނަންޖެހޭނެ. އަދި ރަނގަޅު ކަ މެއްކޮށްފިއްޔާ ތައުރީފްވެސް ހައްގުވާނެ. ދިވެހި ސިފައިންލައްވާ ގޯސްހެއްދީ އެތާތިބި ވެރިން. މިއަދު ދިވެހިން ސިފައިންނަށް ތައުރީފް އެއޮހެނީ އެ މީހުންގެ ވެރިންނާ ހިސާބުންފެށިގެން އިހްލާްސްތެރި ހެޔޮ މަސައްކަތްތަކެއް އަދި ޚިދު މަތްތަކެއް ރައްޔިތުންނަށްކޮށްދޭތީ... ސާބަސް ދިވެހި ސިފައިން.
އިބާދު
21 April 2020
ދިވެހި ސިފައިން އެއްވެސް އިރަކު ގޯހެއް ނުހަދާ ...ނު ވެސްހަދާ..
ސަލާޙް
22 April 2020
މިހާރު މާ އިންިޑޔާވެފަ ދިވެހި ސިފައިންގެ އަގު ވައްޓަނީ. މިތާކަށް ބޭރު ސިފައިން ބޭނުމެއް ނުވޭ. ދިވެހި ސިފައިން މި ދީބު، އެމީހުންގެލޭ ގުރުބާންކޮށްގެންރައްކާތެރިކުރާނެ، ތާރީޚުގެ ތެރެއިން ދަލީލް އަލިގަދަކޮށް ފެންނަން އެބައޮތް. ދިވެހި ސިފައިންނަށް ބާޣީއަށް ގޮވާ، ކަމެއްދިމާވާއިރު ފިޑިވެ ފިލާބައެއްކަމަށް ބުނީ ހަމަ ތިދޫފުޅުން ނޫންތޯ؟ ކިތައްފަހަރު ތި ދޫފުޅުން، "މަނީ މަނީ، ޔެސް ސާރ"، ވިދާޅުވިންތޯ؟ ކޮބައިތޯ ލަދުފުޅު ސިފައިންގެ ސެލިއުޓް ބަލައިގަންނަ އިރު!