21 އެޕްރީލް 2020 - 13:21
ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ 68 ލޭބަރުން މިއަދު އެނބުރި ގައުމަށް ފުރައިފި އެވެ.
މި މީހުން ބަންގްލަދޭޝް އަށް ފުރާފައި ވަނީ އެ ގައުމުގައި ތިބި ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނައި އެ ގައުމުގެ އަސްކަރީ ފްލައިޓުގަ އެވެ.
އިމިގްރޭޝަނުން ބުނީ މިއަދު ރާއްޖެއިން 68 މީހުން އެނބުރި ގައުމަށް ގޮސްފައިވާއިރު އޭގެ ތެރޭގައި އިމިގްރޭޝަން ޑިޓެންޝަނުގައި ތިބި 29 މީހުން ވެސް ހިމެނޭ ކަމަށެވެ.
A total of sixty-eight Bangladeshis were repatriated on Bangladeshi Air Force this morning, including 29 Immigration detainees in the Detention Centre. pic.twitter.com/5JtvmHLIs2
— Maldives Immigration (@ImmigrationMV) April 21, 2020
ރާއްޖޭގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން ދިރިއުޅެމުން އަންނައިރު އޭގެ ތެރޭގައި ރަޖިސްޓްރީ ނުވާ އަދި ސައްހަ ލިޔެކިއުމެއް ނެތް ގިނަ މީހުންތަކެއް ވެސް ހިމެނެ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން ބިދޭސީން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ވެސް ކޮށްފައި ވެއެވެ.
ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުން ތެރެއިން ބައެއް މީހުން ފުރުވާފައި މިވަނީ މިވަގުތު ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ތެރެއިން އަތުގައި ސައްހަ ޕާސްޕޯޓު އޮތް، ގައުމަށް ދާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީ ވުމަށް ހުޅުވާލުމަށް ފަހު އެވެ.
ރާއްޖޭގައި ކޮވިޑް-19 މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާއިރު، ދިވެހިންގެ އިތުރަށް މާލޭގައި ދިރިއުޅެމުން އަންނަ ބިދޭސީންއަށް ވެސް މި ބަލި ވަނީ ޖެހިފަ އެވެ. އެގޮތުން މާލެއިން މިހާތަނަށް 23 ބަންގްލަދޭޝް މީހުން މި ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
21 April 2020
ބަޔަކު މީހުންގެ އަމިއްލަ ފައިދާއަށް ގައުމެއް ހަލާކުކޮށްލައިފި. ތި މީހުން އެތެރެ ކުރި މީހުންކޮބާ؟ ކޮންމެ ބިދޭސީއެއްގެ އަތުން 2000 ޑޮލަރު އެތެރެވާން ނެގި މީހުންކޮބާ؟ ހުރިހާ ކަމެއް ދައުލަތަށް! ރައްޔިތުންގެ ޓެކްސް ފައިސާ. އެމީހުން އެތެރެކުރި މީހުން ހެވިދިލިފަ.
މަދު
21 April 2020
ނޫން. ހަމަ ގެއްލިގަންނަން އަންނަ އެތައް ހާސް ވެސް އެބައުޅޭ. މިހާރު މިކަމުގައި އެންމެ ބޮޑެތި އެޖެންޓުންނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އެންމެންނަށް އެނގިގެން ވިޔަފާރި ކުރާ ބަންގްލަދޭޝް މީހުން، އިމިގްރޭޝަން އޮފިސަރުންނާ އެ މީހުން ވަރަށް އަރިސް. ދިވެހިންނަށްވުރެ ފަސޭހައިން އެމީހުން ހުށަހަޅާ ފޯމްތައް ފޮރޮސެސްވޭ. 68 މީހުން ފޮނުވިއަސް ހީނުވާނެ ޒައްރެއްގެ މިންވަރުންހެން ވެސް.
ފަހުދު
21 April 2020
ބަންދުކޮއްފައޮތް ކޮންމެވެސް ރިސޯޓެއްގެ މުއައްޒަފުން ކޮޅެއް ފޮނުވާލީބާ. މައްސަލައަކީ ތިމީހުންނެއް ނޫން، މައްސަލައަކީ ގަވައިދާ ޚިލާފައް އޫޅޭމީހުން
ފަހުދަށް
21 April 2020
މައްސަލައަކީ އެމީހުން މިތަނަށް އައިސް ޕާސްޕޯޓް އަތުލާފަ ބިކަ ކޮށްލާ ދިވެހިން! އެއީ އަސްލު ގަވައިދާ ހިލާފުވާ މީހުން
ފަހުދުގެ ބައްޕަ
21 April 2020
އަނެއްކާވެސް ކީޕަރު ވާހަކަ. ތިޔަހެން ނުކިޔާށޭ. ކީޕަރަކީ ހަމަ ހީރޯއެއް
ނިރު
21 April 2020
އުފާވެރި އަމާން އޮމާން ދަތުރަކަށް އެދެން