30 އެޕްރީލް 2020 - 20:15
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރާއްޖެ އާއި ކުވައިތާ ދެމެދު މިއަދު މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ކުވައިތުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ނާސިރު އަލްމުހައްމަދު އަލްއަހްމަދު އަލްޖާބިރު އަލްސަބާހްއާ ފޯނުން ގުޅުއްވައިފަ އެވެ.
އެ ފޯން ކޯލުގައި ދެ ބޭފުޅުން ވަނީ ކޮވިޑް-19 އާ ގުޅިގެން ދެ ގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެގޮތުން، ރާއްޖޭގެ އިގުތިސާދަށް ކުރާނެ އަސަރުތަކުން ސަލާމަތްވުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
Thank you my brother & friend FM of #Kuwait HE Sheikh Dr Ahmed Nasser Al-Mohammed Al-Ahmed Al-Jaber Al-Sabah for your continued support to the #Maldives esp. as our nations fight the #COVID19 pandemic. I look forward to further strengthen our future cooperation. @MOFAKuwait
— Abdulla Shahid (@abdulla_shahid) April 30, 2020
މަޝްވަރާތަކާ ގުޅޭގޮތުން މިނިސްޓަރު ކުރެއްވި ޓްވީޓް
ކޮވިޑް-19 އާ ދެކޮޅަށް ކުވައިތުގެ ސަރުކާރުންނާއި ސިއްހީ ދާއިރާއިން އަޅާފައިވާ ފިޔަވަޅުތަކަށް މިނިސްޓަރު ޝާހިދު ތައުރީފް ވެސް ކުރެއްވި އެވެ. އަދި މިނިސްޓަރު ވަނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ކުވައިތުން ރާއްޖޭގެ ތަރައްގީ އަށް ވެދީފައިވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފަ އެވެ.
ކުވައިތަކީ 1970 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ ތަރައްގީ އަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. އެގޮތުން ބޮޑެތި މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ވެސް އެ ގައުމުން ވަނީ ގިނަ އެހީތަކެއް ދީފަ އެވެ.
ދިވެހިންނާއި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް 396 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މި ބަލައިން އަރައިގަތުމަށް ސަރުކާރުން އަންނަނީ ގިނަ ގައުމުތަކެއްގެ އެހީތެރިކަމަށް އެދެމުންނެވެ. އޭގެ ތެރޭގައި ރަޝިއާ އާއި ދެކުނު ކޮރެއާގެ އިތުރުން ތުރުކީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮވިޑް
01 May 2020
ސަރުކާރުގެ ތަބައް ހޮފައިގެން ދުވާމީހާ
ޢެކްސް ފމިންސްޓރ
01 May 2020
ސިއެރަލިއޯން އަށް އެޕޮއިންޓްމަންޓެއް ދެވިދާނެ
ބޮޑުމީހާ
01 May 2020
ގަތަރަކީވެސް ރާއްޖެއަށް ވަރަށް އެހީވާ މުއްސަދި ގައުމެއް. އެގައުމާއިއެކު މަޝަވަރާ ނުކުރަންތޯ
Ageelanbaa
30 April 2020
ކޮން އިރަކު ޗައިނާ އާއި ގުޅާނީ އިބޫ
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
30 April 2020
ރާއްޖެއާއި އެންމެ ކައިރީގައި އޮތް އިންޑިޔާގެ ކެރަލާ ސްޓޭޓުންވަނީ ކޮވިޑް19 ކޮންޓްރޯލްކުރުމުގައި ނަމޫނާ ދައްކާފައި. ކެރަލާގައި އޮތީ ކޮމިއުނިސްޓް ސަރުކާރެއް. ވެރިކަންކުރަނީ މާކްސިސްޓް ވިސްނުމުގެ ކޮމިއުނިސްޓް ޕާޓީއިން. ކޮމިއުނިސްޓް ގައުމެއްކަމަށްވާ ކިއުބާއިންވަނީ ބޭހާއި ޑަކްޓަރުން އިޓަލީވިލާތަށް ފޮނުވާފައި. ކެރަލާއާއި ކިއުބާގެ ފަންނީއެހީއާއި އިރުޝާދު ރާއްޖެއިން ހޯދުން ވަރަށް މުހިއްމު.
ޝާޑު
30 April 2020
ބަލަ ކޮމިއުނިސްޓުކުރީމާ ދެން ކިހިނެއް ދީނަށްއުޅޭނީ؟ ކޮމިއުނިޒަމްގެ އަސްލު ބިނާކޮށްފައިއޮންނަނީ ކަލަކުވޮޑުގެންނުވާކަމުގެ ފަލްސަފާގެމައްޗަށް.
ޝޮކްތެރަޕީ
30 April 2020
އިންޑިޔާއިން ލޯނު ނެގުމަކީ ގޯހެ. ލޯނުގެ ދަންތޫރާގަ ޖައްސާފަ ރާއްޖޭގެ މުހިމްމު ތަންތަން ނަގަންވެގެން އެމީހުން އެމްޑީޕީ ސަރުކާރު ގެނައީ.
ށާހިދާ
30 April 2020
މަޝްވަރާ ކުރަންވީ .. އެފްރިކާގެ ފަގީރު ގައުމުތަކަށް ވެސް ގުޅަންވީ. ކޮންމެވެސަ އެއްޗެއް ލިބިދާނެތާ ދޯ..
ނަޖުމުއްދީން
30 April 2020
ބަންގާޅުންވެސް ލިބުނު ފުދެލާވަރެއްގެ އެއްޗެއް.
ވިސްނޭ..
30 April 2020
ކުވެއިތުގަ ތިބި މީހުންތަށް ގެންނަންވެގެން އެ އުޅެނީ.. ރަޝިޔާ އިންވެސް އެހެންކިޔާފަ 11 މީހުން ގެނައީ...
ނިރު
30 April 2020
މިވަރުން ދާކަމަށް ވަންޔާ އަދި ސޯމާލިޔާ އަށްވެސް ގުޅާނެ..