17 މެއި 2020 - 20:51
މުޅި ދުނިޔޭގައި ވެސް ބަލިމަޑުކަމެއް ފެތުރި އެކަމުން އަރައިނުގަނެވިގެން އުޅޭ ދަނޑިވަޅުގައި ވެސް އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދެމުންދާތީ ރާއްޖެ އިން އެކަން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގެ މި ހާލަތުގައި ވެސް އިޒްރޭލުން ފަލަސްތީނާ މެދު އިސް ކުރަނީ ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް ކަމަށެވެ. މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ފަލަސްތީނާއި އިޒްރޭލު އޮތުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭގޮތަށް އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރި ކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ރާއްޖެއިން އެ އަމަލުތައް ކުށްވެރިކުރީ އިޒްރޭލާއި ފަލަސްތީނުގެ ބިންތަކަކަށް ވެރިވެގަންނަން ކުރަމުންދާ މަސައްކަތާއި ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ނަން-އެލައިންޑް މޫވްމަންޓް (ނާމް) އިން ނެރުނު ގަރާރަށް ތާއީދުކުރަމުންނެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ނާމްގެ ގަރާރުގައި ވަނީ މި ދަނޑިވަޅުގައި ވެސް އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ގަރާރުގައި ގައުމުތަކުން ގޮވާލާފައި ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގަމުންދާ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަންކަން ހުއްޓާލުމަށެވެ.
މީގެ އިތުރުން އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އިޒްރޭލުން ބޯނުލަނބާ މައްސަލައިގައި އެ ގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލައި 1967 ވަނަ އަހަރުގެ ބޯޑަރާ ހިސާބަށް އިޒްރޭލުން ފަހަތަށް ޖެހުމަށް ވެސް ބާރު އެޅުމަށް ގޮވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ އިޒްރޭލުގެ ވިޔަފާރިތަކާ މުއާމަލާތު ނުކުރުމާއި، ހިފާފައިވާ ބިންތަކުގައި އިޒްރޭލުން އުފައްދާ މުދާ ބައިނަލްއަގްވާމީ ބާޒާރަށް ނެރުނަ ނުދިނުމަށް ނާމް އިން ގޮވާލާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތައް ތަންފީޒުކޮށް، ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވެގަތުމަށް އިޒްރޭލުން ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ރާއްޖެ އިން ގޮވާލާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުދު
18 May 2020
ޔާﷲ އިޒުރޭލުގެ ނުބައިކަމުން ފަލަސްޠީން ދައުލަތް ސަލާމަތްކޮށް ދެއްވައި ފަލަސްޠީނުގެ މިނިވަން ކަމާ ސިޔާދަތު ރައްކާތެރިކޮށްދެއްވައި ފަލަސްޠީންގެ ހުރިހާ ރައްޔިތުންނަށް މިނިވަން ކަމާ އެކު ހަނގުރާމައިގެ ބިރުވެތި ކަމުން ސަލާމަތް ވެގެންވާ ދުވަސްތަކެއް ކަމުގައި މުސްތަޤުބަލުގެ ދުވަސްތައް ލައްވާނދޭއެވެ ! އާމީން !
ދަތްނެތްކުއްޖާ
18 May 2020
އަލެފަހެ ބަޔަކު ހައިރާންވެ އަންތަރީސް ނުވާނެތަ! ނާސިރު ދައުރުން ފެށިގެންވެސް މަޢުމޫނު ދައުރުގަވެސް ނަޝީދު ވެރިކަމުގަވެސް ވަޙީދު ވެރިކަމުގަވެސް އިބޫގެ ވަރިކަމުގަވެސް ހަމަ މިކަލޭގެ އެބަހުރި ދޮތަ! މީނަ ނޫން މީހަކު މި މަޤާމަށް ކުފޫ ހަމަ ނުވަނީތަ! އެ އިރެއްގައި އޮންނަ ދަޢުލަތަކަށް މިވެރިން ގެންގުލެން ބަލަދު އަރަނީތަ! ޤައުމުގައި ނެތީތަ ތަޢުލީމީ ޒުވާނުން. އުމުރިން 100 އަހަރު ވިއަސް މިވެރިން ހަމަ ދައިލަތުގައި ތިބެންޖެހޭނެ ދޮތަ!
ވިސްނާލުމަށް އެދެމޭ
18 May 2020
ތިޔާވީ...ތިއޮތީ ދީނަށް ނަސްރުދެވިފަ..ލާދީނީ ކެޑުނީ....ހީވާގޮތްދޯ މިރާއްޖޭގަތިބީ މަރުމޯލުންނޭ...ކޮރަޕްޝަނާ ވައްކަމާ ކޮވިޑުޖަރީމާ ހިލޭއެހީއާ ބަޖެޓްހުސްކުރިގޮތާ ޕޮލިސްކޮމިޝަނަރުގެ ޗަރުކޭހާ ބަދަލުދިނުމާ މޑނރިޕޯޓާ މިހެންލިޔެހުސްނުވާ ޖަރީމާތަކުގެ އަޑުފަޑުވީދެން..
ދޮންވެލި
17 May 2020
ވޯޓާ ހަމައަށް ދާ އިރު އެކަން ނުފެންނަނީ އެވެ. ވާހަކަ އިން ފެނެ އެވެ. ތާރީހް ހެކި ދެ އެވެ.
ބޮޑުމީހާ
17 May 2020
އިންޑިއާއިން ކަޝްމީރުގެ މުސްލިމުންނަށް އެތައް އަނިޔާއެއް އެބަދޭ، ކޮވިޑެއް އެއްޗެއް ނުބަލާ، ކީއްތޯވާނީ ޓްވީޓެއް ނަމަވެސް ކޮށްލަން. މޯދި ރުޅުދުރުވެދާނެތީތޯ! ކޮންމެ ގޮތެއްވިޔަސް އިޒްރޭލް ކުށްވެރިކުރީތީ ޝުކުރުކުރަން! ހެޔޮ ވިސްނުންދެއްވާށި!
ރަދީފު ބިން ރަފައިދާ
17 May 2020
ކުއްވެރިކޮށްގެން ހައްލުވަންޏާ އިޒްރޭލު-ފަލަސްތީނު މައްސަލަ މިހާރު އޮންނާނީ ހައްލުވެފާ.
މިވަރެއްނެތް
17 May 2020
ހަމަ ތިމޭރުމުން ސައުދީން ޔަމަނަށް ދޭހަމަލާއާއި، އިންޑިޔާއާއި ޗައިނާގައި މުސްލިމުންނަށް ދޭ ހަމަލާތަކާއި ޤަތަރާއި ދެކޮޅަށް ސައުދީން އިސްވެތިބެ ގެންނަ އިގްތިސާދީ ފިއްތުންތައް ކުށްވެރިކުރަން ކެރޭނެތޯ؟ އުސޫލެއް ހަމައެއްތިއްޔާ ބުއްދިވެރިގޮތަކީ ހިމޭނުންހުރުން. އެހެންނޫން ނަމަ ފެންނާނީ ދެފުއްކެހެރިންގެ ގޮތުގައި. މިފަހަކަށް އައިސް ދިވެހިންރާއްޖޭގެ ފޮރިން ޕޮލިސީ ފެންނަނީ ގަނެވިއްކާއެއްޗެއްގެ ގޮތުގަ. އެކަން ޤަތަރު، އިންޑިޔާ އަދި ސައުދީ ގުޅުމުން އެނގޭ.
ނަރުދޫ
17 May 2020
އަނދުން ހުސެއިން ބުނި ގޮތުން ޝާހިދަކީ ރާއްޖެތެރޭ އިޒްރޭލު މީހުން އަތުން ބޮޑު ކުލި ނަގައިގެން އުޅޭ ފަލަސްތީނު މާލެ މީހާ. 10 ބުރި ގޭގެ ކޮންމެ ފްލޯއަކުން އެތަށް ހާސް ލިބޭއިރު ކީއްތޯވާނީ މުސާރަ އެއްކޮށް ކޮވިޑަށް ހަދިޔާ ކުރިއްޔާ
ޝާޑު
17 May 2020
އެއީ އޭނާ އަނދުންއަޅުވާން ބުނި އެއްޗެއް.
ކަބުރު
17 May 2020
ފަލަސްތީނުގެ ގާޒާ އިޒުރޭލުން ފުރަބަންދުކޮންފަ އޮންނަތާ ކިތަށްއަހަރުވެއްޖެ އަދި އިޒްރޭލުންއެތަށް ހަމަލާޔެއްދީ އެތަށް ބަޔަކު ޝަހީދުކޮށްފި