ބޭރުގައި ތިބެގެން ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި

ޕާސްޕޯޓް އާކުރަން ރާއްޖެއިން ބޭރުގައި ތިބެގެން އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.


އިމިގްރޭޝަނުން ބުނީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓް އާކުރަން ބޭނުންވާ ދިވެހިން ފައިސާ ދައްކާނީ އޮންލައިންކޮށް ކަމަށާއި ޕާސްޕޯޓް އާކުރަން އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިިކޮށް ފޯމް ހުށަހެޅުމުން ފައިސާ ދައްކަންޖެހޭ ލިންކް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ އިތުރުން ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ލިބޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ ޓްވީޓް

ކޮވިޑް-19 ފެތުރޭތީ ވަރަށް ގިނަ ތަންތަނުން ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ.