އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޖަލަށް ލައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އޭރުގެ ނައިބު ރައީސް އަހުމަދު އަދީބް--
04 ޖޫން 2020 - 23:14
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަވަހަށް ދައުވާ ކުރަން ޖެހޭ މީހުން ކަނޑައަޅެމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކޮވިޑް-19 އިން އަރައިގަތުމާއެކު އެ މީހުންގެ މައްޗަށް ދައުވާ އުފުލަން ފޮނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން، ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވިދާޅުވީ އެ ހިޔާނާތުން މަންފާ ލިބުނު މީހުންގެ އަދަދު 260 އަށް ވުރެން މަތި ކަމަށް ބެލެވޭއިރު، އޭގެތެރެއިން ތުހުމަތުކުރެވޭ މީހުންނަށް އެއް ފަހަރާ ދައުވާ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ދައުވާ ކުރުމުގައި އެންމެ އިސްކަންދޭން ޖެހޭ މީހުން ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވަނީ ވަރަށް ހަރުދަނާ އުސޫލެއް އެކުލަވާލައިފައި. އެ އުސޫލުތަކުގެ ތެރެއިން ތަރުތީބު ވެގެން އެންމެ އަވަހަށް ދައުވާ ކުރަން ޖެހޭ ފަރާތްތައް ކަނޑައެޅި އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ކަންކަން މިހާރު ދަނީ ތައްޔާރު ކުރެވެމުން. އަޅުގަނޑު ހިތުން ކޮވިޑް-19 ގެ މިދަތި ކަމުން އަރައިގަނެ އޯޕަން ވުމުގެ މަރުހަލާ ފެށިގެންދާއިރުގައި ކޯޓުތަކާ އެކުގައި އެކަންކަން ފެށިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ދަނީ ބައިވެރިވަމުންނެވެ.
MMPRC ge thahgeegaa gulhey bahdhaluvun thah online koh kuriah gendhanee
The most trusted news source in the Maldives
Mihaaru
ހިޔާނާތުގެ ތަހުގީގު އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމުން
މިނިސްޓަރު ވިދާޅުވީ އެ މައްސަލާގެ ތަހުގީގުގައި އެކުގައި މަސައްކަތް ކުރުމަށް ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންގެ މެދުގައި އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ. ކޮވިޑް-19 ގެ ސަބަބުން އޮންލައިންކޮށް ބައްދަލުވުންތައް ބާއްވައި ތަހުގީގު ކުރިއަށް އެބަ ގެންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލުން ލަސްވެގެން ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އަދި އެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފަ އެވެ.
"މިހާރު ވަނީ ވަރަށް ހަރުދަނާ އުސޫލެއް އެކުލަވާލައިފައި. އެ އުސޫލުތަކުގެ ތެރެއިން ތަރުތީބު ވެގެން އެންމެ އަވަހަށް ދައުވާ ކުރަން ޖެހޭ ފަރާތްތައް ކަނޑައެޅި އެ ފަރާތްތަކަށް ދައުވާ ކުރުމުގެ ކަންކަން މިހާރު ދަނީ ތައްޔާރު ކުރެވެމުން. އަޅުގަނޑު ހިތުން ކޮވިޑް-19 ގެ މިދަތި ކަމުން އަރައިގަނެ އޯޕަން ވުމުގެ މަރުހަލާ ފެށިގެންދާއިރުގައި ކޯޓުތަކާ އެކުގައި އެކަންކަން ފެށިގެން ދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި އެންމެ އިސްކޮށް ބައިވެރިވި ކަމަށް ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު، އެ ޝަރީއަތަށް ހެކިންގެ ގޮތުގައި ދައުލަތުން ވަނީ އަދީބާއި ޒިޔަތު ހުށަހަޅައިފަ އެވެ. އެ ދެ ބޭފުޅުން ވަނީ ޔާމީންގެ އެންގެވުމުގެ މަތިން ހިޔާނާތްތެރިވި ކަމަށް ކޯޓުގައި ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިބޫ
05 June 2020
އެއް ބަޔަކަށް ދައުވާ ކޮއްފަ ނިންމާލަންބާ މިއުޅެނީ؟
ޝޮކްތެރަޕީ
05 June 2020
ރައިސް ޔާމިން ވެރިކަމާ ހަވާލުވީއިރު ރާއްޖެ އޮތީ ވަރައް ނާޒުކު ވައްތަރެއްގަ ޖީއެމްއާރަ 300މިލިޔަން ދީފަ ޤައުމު ހިންގިމީހެ ރައިސް ޔާމިނަކީ. ވެރިކަން ނިމްމާލިއިރު 900 ޑޯލަރުގެ ރިޒާވްއެއް ރާއްޖެގަ އޮތް މާލީ ތަނަވަސްކަން ލިބިފަ މި ސަރުކާރައް އޮތީ. ކީވެތަ ޤައުމު ނުހިންގިގެން މިއުޅެނީ.؟ ހަގީގަތުގަ ރޔާމިންގެ އިގްތިސޯދީ ޕްލޭން ވަރައް ފުރިހަމަ ރާއްޖެ ތަރައްގީވެސްވި މިނިވަންކަންވެސް ދިވެހިން ކަޝަވަރު ކުރި. މީ ހަގީގަތް
އެންދެރި
05 June 2020
އަވަހަށް ދައުވާ ކުރަން ޖެހޭ މީހުން ކުރީ ސަރުކާރުގެ މީހުން ފަހުން ދައުވާ ކުރަން ޖެހޭ މީހުން މިސަރުކާރުގެ މީހުންނެވެ. ދައުވާ ކުރަންވީ އިންސާފުންނެވެ. އެންމެނަ ށެވެ.
ފަލަމަޑިބެ
05 June 2020
ނޭވާ ހޮޅިއަށް އެޅުނީމާ ދެން ގޮވޭނީ ކޮސް
ވަޑްޔައްތޮކިނަބާ
05 June 2020
ލަހުން ދަޢުވާ ކުރާކަށްނުޖެހޭނެއެވެ. އެންމެންނަށްވެސް ދަޢުވާކުރަންޖެހޭނީ އަވަހަށެވެ. ލަހުން ދަޢުވާކުރުމަކީ ޤާނޫނާ ޚިލާފުކަމެކެވެ.
ވައަތުފުއްކިނބަ
05 June 2020
ރައްޔިތުންގެ ފައިސާއިން ދަރިންނަށް ކާރުތަކާއި ފްލެޓުތަކާެި އަނބިންނަށް ހިތްލާނުލެވޭހާވަރުގެ އަގު ބޮޑެތި އަވިއައިނާއި، ރައްޔިތުން ބޯހިޔާވަހިކަމެއް ނުލިބިތިއްބާ ބައެއް މެމްބަރުންތައް ރައްޔިތުންގެ ފައިސާއިން ގަތްއަގު ބޮޑުލަގްޒަރީ ފްލެޓުތަކާެި ދަޢުލަތުގެ މިނިވަން މުއައްސަސާ ތަކުގައިތިއްބެވި އިސްވެރިން މެލޭޝިއާ އިންގަތްއަގުބޮޑު ފްލެޓުތަކާެި ފަނޑިޔާރުންގަތް ފުލެޓުތަކާއި އަނބިންގެ އެކައުން ތަކަށް މިލިއަނުން ޖަމާކުރިޑޮލަރތަކުގެ މައްސަލަތަބެލެންޖެހޭނެ
ހަސަނު
05 June 2020
މީ އަވަސް ކުރަން ޖެހޭ ކަމެއް.. ޔާމިނު އެކަންޏެއް ނޫން ވައްކަން ކުރީ.. ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރި ވައްކަމެއްގާ އެ އެނެންމެންނަށް ހަމަ ހަމަ އަށް އަދަބު ދެވެންޖެހޭ... އެމީހުން ދައުލަތުން ނެގި މުދާ އަނބުރާ ދައުލަތަށް ނަގަން ޖެހޭ، އެ މުދަހުރީ އޭގެ އަސްލު ބަދަލުކޮސްފައި ނަމަ އެ ނިއުޅާ އެ އެއްޗެއް ހުރިގޮތަށް ސަރުކަރަށް ނަގަންޖެހޭ. އެފައިސަައިން ގަތް ގޯތި ތަކާ އިމާރާތް ކުރި ގޯތި ތަކާ، ގަތް އުޅަނދުތަކާ މުދާ ނަގަންޖެހޭ..
ހައްހައްހާ
05 June 2020
މަ ހަމަ ހީހީ ހަލާކު. ރައްޔިތުންނަށް ކޯންޗެއް އޮޅުވާލަން ދައްކާ ފޮނި ވާހަކަތަކެއްތޯ؟ މުޅިންވެސް ތީ ހަމަ އެކައްޗެއް. ސިޔާސީ ވެއްޖާ ކޮންމެ ކުލަޔަކަސް، ކޮންމެ ޕާޓީއަކަސް ތީ ހަމަ ޖީބަށްޓަކައި އުޅޭ މީހުން. ކުރަން ބޭނުންނަމަ، އިޚްލާޞްތެރިކަމެއް ހުރިނަމަ، އަމުދުން ތެދުވެރިކަމެެއް ހުރިނަމަ އެންމެ މީހެއް ނޫން ޖަލުގައި އޮންނާނީ. ކޮންހާ މޮޅު ވާހަކައެއް ދައްކާކަށް!
ޝޮކްތެރަޕީ
05 June 2020
މީ ވަކި ބަޔަކު ފުނޑަލަން ވެގެން ޖަހާ މަޅިއެއް. މިކަމުގެ އަސްލު ބަލާފިއްޔާ އެމްޑީޕީގެ ދެބާއިކޮޅު އެއްބައި ތިބޭނީ ޖަލުގަ.
ފޮލީ
05 June 2020
ކޮވިޑް އަތަށް ބޮޑުތަނުން ގޮވުމުން އެކަން ޑީވިއޭޓު ކުރުމަށް ކުޅޭ ޑުރާމާއެއް