ހެލްތު މިނިސްޓްރީގެ އިންސްޓަގްރާމް ފީޑް: މިއިން ބޮޑަށް ފެންނަނީ މިނިސްޓަރު އަމީންގެ ފޮޓޯތައް
09 ޖޫން 2020 - 16:32
އިންޓަނެޓްގެ މި ޒަމާނުގައި ސަރުކާރުން ކުރާ ގިނަ މަސައްކަތްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނާ ހަމައަށް ގެނެސްދެ އެވެ. ޓްވިޓާ އާއި ފޭސްބުކްގެ އިތުރުުން އިންސްޓަގްރާމްގައި، މިނިސްޓަރުންނާއި އެހެން ތަންތަނުގެ ވެރިން ކުރައްވާ ކަންކަން ބަރާބަރަށް އަޕްޑޭޓްވެ އެވެ. ސޯޝަލް މީޑިއާ އިން އެއްޗެއް ނުފެންނަންޏާ، އެއީ ކަމެއް ކުރާ ބައެއްކަން ވެސް ބައެއް މީހުންނަކަށް ނޭނގެ އެވެ.
އެކަމަކު މިވަގުތު އެންމެ ބިޒީ އެއް މިނިސްޓްރީ ކަމަށް ވާ ހެލްތު މިނިސްޓްރީގެ އިންސްޓަގްރާމްގައި ހަމައެކަނި މިނިސްޓަރު އަބްދުﷲ އަމީންގެ ފޮޓޯތައް ހުރުމުން ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެއަށް ބަލާއިރު ހީވަނީ، މިނިސްޓްރީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓަކީ، ހަމައެކަނި މިނިސްޓަރުގެ ޕްރޮމޯޝަނަށް ހިންގާ އެއްޗެއް ހެންނެވެ.
އެކަމާ ބެހޭ ގޮތުން ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި ފާޑު ވެސް ކިއަމުންނެވެ.
ހެލްތު މިނިސްޓްރީގެ މަސައްކަތާ ގުޅޭ ކޮންމެ ފޮޓޯއެއްގައި ނުވަތަ ވީޑިއޯއެއްގައި ވެސް އެންމެ ފުރަތަމަ ބޮޑުކޮށް ފެންނަނީ އަމީނެވެ. އެހެންވެ، މުޅި ފީޑު ބަލައިލާއިރު ފެންނަނީ ހުސް ވެސް މިނިސްޓަރުގެ މޫނެވެ.
ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެންމެ ގިނައިން ފެންނަ އެއް ބޭފުޅަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ދުވާލަކު ގިނަ ޕޯސްޓްތަކެއް ކުރާއިރު އެއިން ކޮންމެ ޕޯސްޓަކުން މިނިސްޓަރުގެ މަސައްކަތް ފެނެ އެވެ. އެކަމަކު ޝާހިދުގެ ގިނަ ފޮޓޯތަކުން ފެންނަނީ އެހެން ކޮންމެވެސް ބޭފުޅަކާ އެކު ނުވަތަ ކޮންމެވެސް ކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ތަނެވެ. ޕޯޓްރެއިޓް ފޮޓޯތަކެއް ނޫނެވެ.
ބައެއް މީހުން ދެކޭ ގޮތުގައި ސަރުކާރު އިދާރާއެއްގެ ރަސްމީ އެކައުންޓަކަށް ވުރެ ހެލްތު މިނިސްޓްރީގެ އެ ޕޭޖު ސިފަވަނީ މިނިސްޓަރުގެ އަމިއްލަ އެކައުންޓެއްގެ ގޮތުގަ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިންސްޓަގްރާމަށް އަޅަނީ މިނިސްޓްރީ އާއި މިނިސްޓަރުގެ މަސައްކަތްތައް ދައްކައިދޭ ފޮޓޯތައް ކަމަށެވެ. ހަމައެކަނި މިނިސްޓަރަށް ޕޯސްޓުތައް ހާއްސަ ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުންނާނެ އެހެން މީހުންގެ ފޮޓޯ ވެސް. އެއީ މި ތަނުގެ މަސައްކަތްތަކާ ގުޅޭ ފޮޓޯތައް،" އޮފިޝަލް ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީގެ އިންސްޓަގްރާމް ފީޑް
ފޮޓޯއަށް ހާއްސަ އިންސްޓަގްރާމުން މިނިސްޓަރުގެ ފޮޓޯ ގިނައިން ފެނުން ގޯހެއް ނޫނެވެ. އެކަމަކު މިނިސްޓްރީގެ މަސައްކަތެއް ކުރިއަސް، ހަބަރެއް ނުވަތަ މެސެޖެއް ފޯރުކޮށްދިނަސް އެއިން ފުރަތަމަ މިނިސްޓަރުގެ މޫނު ފެނުމަކީ، ބައެއް މީހުންގެ ނަޒަރުގައި، ހަމައެކަނި މިނިސްޓަރު ޕްރޮމޯޓްކޮށްދިނުމެވެ.
ފޮރިން މިނިސްޓްރީގެ އިންސްޓަގްރާމް އެކައުންޓުގައި ހިމެނޭ ޝާހިދުގެ ފޮޓޯތައް ނަގާފައި ހުންނަ ގޮތުންނާއި އެހެން މީހުން ވެސް ފޮޓޯތަކުން ގިނައިން ފެންނަން ހުރުމާ އެކު ބަލައިލަން އެހާ އުނދަގުލެއް ނޫނެވެ.
"ފަހަރެއްގައި ވެދާނެ ހެލްތުގެ އިންސްޓަގްރާމް އެކައުންޓަށް ފޮޓޯ އަޅާ މުވައްޒަފަށް އެކަން ކުރާ ގޮތް ނޭނގެނީ ކަމަށް. ނޫނީ އަބަދު އެއް ކަހަލަ ފޮޓޯތަކެއް އަޅަނީ ކަމަށް. އެހެންވެ، ކިޔައިދިނުން މުހިއްމު،" ޓްވިޓާގައި ހިޔާލުފާޅުކުރި މީހަކު ލިޔުނެވެ.
ފޮރިން މިނިސްޓްރީގެ އިންސްޓަގްރާމް އެކައުންޓް: އެކަމަކު އަމީންގެ ފޮޓޯތަކާއި ޝާހިދުގެ ފޮޓޯތައް ތަފާތު
"މިއީ ސަރުކާރުގެ އެކައުންޓުތައް. އެހެންވީމަ ރީތި ގޮތްގޮތަށް މިނިސްޓަރުގެ ފޮޓޯ ނަގައިގެން ސޯޝަލް މީޑިއާގައި އާއްމު ކުރުމުގެ ބަދަލުގައި މަސައްކަތްތައް ފެންނަ ފޮޓޯތައް އަޅަން ރަނގަޅު،" އެހެން މީހަކު ޓްވީޓް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިރާމް
10 June 2020
ހެލްތުގެ ހުރިހާ ކަމެއްވެސް ސަޅި. ދެން ނަޝީދު އެހާ ޖޭ ނުވޭ..
ޚިޔާލު
10 June 2020
ތައްޔާރުވާތާ ހަމަސް ވީއިރުވެސް އަދިވެސް އައްޑޫފަދަ ބޮޑެތި އާބާދީ އޮންނަ ތަންތަނުގައި ޓެސްޓް ކުރެވޭނެ އިންތިޒާމެއް ނެތް. ނިޝާން ކަލާފާނުގެ އިއްޒަތްތެރި ވެރިޔާގެ އަނބިކަބަލުން ކޮވިޑް ޖެހިގެން ދުނިޔެ ދޫކުރެއްވީ ގެ ކަރަންޓީނުކޮށްފަ އޮންނަތާ ހަފުތާއެއް ފަހުން ޓެސްޓް ނުކުރެވި ހުއްޓާ. ބަންގްލަދޭޝް މީހަކު ގެއްލިގެން ހޯދަނިކޮށް ފެނުނީ ވެންޓިލޭޓަރުން.
މުސަޅު ބޯ
10 June 2020
ނޫނޭ. އެ ބޭފުޅާ ޓެސްޓު ކުރި. އެކަމަކު މުސްކުޅިވީމަ. އެގޭ ކުދިން ބޭނުން ނުވީ ނަތީޖާ ލިބެންދެން ކަރަންޓީނަށް ވަކިން ފޮނުވަން. އެގޭ ކުއްްޖެއް އެހެން ބުނެ ޓުވީޓުކުރި. ތި ވަރަށް އޮޅުވާނުލާ.
ޙިޔާލުު
10 June 2020
ބަންގްލަދޭޝް މީހުންގެ ކަންތަކާ ހަވާލުވެހުރީ އަމީނެއް ނޫނޭދޯ. މަށަށް އޮޅުނީ. ބައެއް ފަހަރު އަމީންގެ އަގުވައްޓާލަން ކޮމެންޓު ކުރާށެ ބުނީމަ ކޮންމެވެސް އެއްޗެއް ގޮވެނީ. ދޮގެެއް ތެދެއް ނުބެލޭ. ދެން މިފަހަރު މާފު ކޮށްލަ ދެއްވާ.
ސަގަރޭ
10 June 2020
އަމީންގެ ބޮޓްތައް ހާދަ ހިތްވަރެއް އެބަކުރެއޭ! ކެކެކެކެ
މުސަޅު ބޯ އަށް
12 June 2020
ރޯބުހުތާނު ދޮގު ނުހަދާ، އާދޭސް ކޮށްގެންވެސް ޓެސްޓް ނުކޮށްދިނީ، ދެންޓެސްޓް ކޮށް ނަތީޖާހޯދީ ނިޔާވިފަހުން ރެޕިޑްޓެސްޓެއްބޭނުންކޮށްގެން، ނޭވާނުލެވިގެން ގުޅީމަވެސް އަޅާނުލީ. ހެލްތްމިނިސްޓްރީިން ކޮމެންޓްކުރަން ފޮނުވާފައި ތިބި ބޮޓްތަކުން ދޮގުހެދިޔަސް ޓުވިޓާގައި އެކުއްޖާ ބުނެފައި ހުރި ވާހަކައަކީ މިއީ.
އުމޭ
09 June 2020
ސޯޝަލް މީޑިޔާގައި ހެލްތު މިނިސްޓްރީ އިންސްޓަގްރާމް ޕޭޖުގެ އެކި ފޮޓޯތަށް އެބަ ދައުރުވޭ. ހަބަރު ޖެހުމާއެކީ ނަގާފައި އިން ސްކްރީން ޝޮޓެއްގައި އިނީ 880 ފޮލޯވަރުން. މިހާރު ގެންގުޅޭ ސްކްރީން ޝޮޓެއްގައި އެބައިން 910 ފޮލޯވަރުން. މިނިސްޓަރ އަމީންއަށް ކުރާ ކޮންމެ ޖެއްސުމެއްވެސް މިފަދަ ގޮތަކަށްދޯ ނިމިގެންދަނީ؟ މަވެސް ކުރީގައި ތި އެކައުންޓެއް ފޮލޯ ނުކުރަން، މިހާރު ފޮލޯ ބަޓަނަށް ފިތައިފިން. ދެން ކޮންމެ ދުވަހަކުވެސް ހެލްތުގެ އަޕްޑޭޓްސް ބަލާނަން. މަޖިލީހަށްވުރެ މާރަނގަޅު!
އީސަ
09 June 2020
ފޮރިން މިނިސްޓްރީ އެކައުންޓުގެ ހާދަ ތިރިން ސްކްރީން ޝޮޓެއް ނަގާފަ؟ އަޅެ މަތިން ސްކްރީން ޝޮޓެއް ނަގާފަ ލާބަލަ ތަފާތެއް ފެނޭތޯ ބަލަން. ރައްޔިތުންނަށް އޮޅުވާލާ އެހެން މަންޒަރެއް ދައްކަން ތި ކުޅޭ ޗަރުކޭސްވެސް ހަމަ ސަޅިއޭ ބުނެވޭނީ.
އިންސްޓާ
09 June 2020
ހުރިހާ އެކައުންޓެއްވެސް މަ ބަލައިފިން. ފާހަގަ ކުރެވުނު ކަމަކީ ކޮވިޑްއާ ޖެހި ހެލްތު މިނިސްޓްރީ އެކައުންޓް ފޮލޯވަރުން ގިނަވެއްޖެކަން މަޖިލީސް އެކައުންޓަށް ވުރެ. ހިތަށް އުނދަގޫ ވީ މިހެންވީކަމަށްވެސް ވެދާނެ.
ހުސޭން
09 June 2020
މަޖިލީހުން ކޮމެޓީއެއް ހަދަންވީ ނޫންތޯ މިނިސްޓްރީ އިންސްޓަގްރާމް ޕޭޖުވެސް ހިންގަން؟ މި އޮތީ ވާ ކަމެއް އަމީންއާ ލައިގެންފަ.
ކޮރަލް
09 June 2020
ސަރުކާރުގެ ވެބް ސައިޓް ތަކަށް ރަށުގަ ހުރެފަ ވަންނަނީ ފޯނުން ގުޅަން އުނދަގޫ ވެފަ ފަސޭހައިން މާލެ ނާދެވޭތީ މައުލޫ މާތު ހޯދާށެވެ. އެކަމު ފުރަތަ ވެސް ފެންނަނީ ވެރީންގެ ފޮޓޯ ތަކެވެ. ފަސޭހައިން ފުރަތަމަ ސޮފްހާއިން މައުލޫމާތު ލިބޭނެ ގޮތް ހަދާ ދީ ބަލާށެވެ.
ޙިޔާލުު
10 June 2020
ބައްލަވާ ކޮރަލް؟ އަދިވެސް ޓެކްނޮލޮޖީ އަރާ ހަމަ ނުކުރަނީތޯ؟ މި ދައްކަނީ ވެބްސައިޓް ވާހަކައެއް ނޫނޭ، އިންސްޓަގުރާމު ވާހަކަ. ޢެއީ މިހާރުގެ ގޮތުން ނަމަ އޮންލައިން އަލްބަމް.
ފަޅޯ ދަނޑު އައިޝާ
09 June 2020
މިމީހުން ރައްޔިތުންގެ ފައިސާ ތަޅާ ބުރުއްސަނީ މި މީހުންގެ އަމިއްލަ ނަފްސް ޕްރޮމޯޓުކުރަން! އަނެއްހެން ކުރާނެ މަސެއްކަތެއްވެސް ނޯންނަނީ ކަންނޭގެ މިނޫނީ! މިނިސްޓުރީތަކުގެ މުވައްޒަފުން ބުރަމަސައްކަތް ކުރީމަ މިމީހުންގެ ފޮޓޯދައްކާފަ ފޮނިބޯލުންކަމަކީ! ވަކި އަމީނެއް ކިޔާނެ ކަމެއްނެތް! އަލީވަހީދުވެސް، ޝާހިދުވެސް، މަލީހުވެސް، ފައްޔާޒުވެސް ދެންވެސް ތިބި ގިނަ މީހުންކަމަކީ ފައިސާ އިސްރާފްކޮށް ތިއްތި ދެއްކުން!
ރީނާ
09 June 2020
ތަފާތަކީ އަމީން ނަތީޖާވެސް ނެރޭކަން
ރައްޔިތު ސޮރު
09 June 2020
އަމީންގެ ޓީމުން ދެއްކި އެއްވެސް ގުރާފެއް ދިމައެއްނުވޭ. ޕީކެއް އަންނާނެއޭ ބުނި! ދެން ބުނި ސާރޖެއް އަންނާނެއޭ! ޖަމަލު ފޮޑިއަށްވީ! އެތައްދުވަހެއް ރަށްރަށުގެ ނިކަމެތި ރައްޔިތުން މާލޭގަ ބަންދުކޮށްގެން ނިކުތް ނަތީޖާއެއްނެތް! ދުނިޏޭގެ އެހެން ހުރިހާޤައުމެއްގަ މައްޗަށްއަރާފަ ތިރިވޭ! ރަނގަޅު އަދަދަކަށް ޓެސްޓު ނުކުރެވުމާ، އެކަށޭނެ ފިޔަވަޅުތަށްނޭޅުމުގެ ސަބަބުން ނަތީޖާއެއްނުފެނުނު! އަނެއްކާ ހާލަތު ގޯސްވާންފެށީމަ މިހާރު އެއުޅެނީ ލޮކްޑައުން އުވާލަން!
ތާނީ ފް
09 June 2020
މި ސޮރު ކަމެއް ނުކުރިއަސް އެއްޗެކޭ ނުކިޔަސް ދޫކޮށްލާކަށެއް ނޫޅުނު ދޯ.. އަދި އަލީ ވަހީދުމެން ޖައްސާފަދަ ސްޓަންޓުތަށް މިސޮރު ޖައްސާނަމަ ކިހާވަރެއް ކޮށްލާނެބާ..
ހަސަނު
09 June 2020
އަމމީން އަކީ ރީތި ފިރޮހެނެއް.. މޮޑެލް އަކަށްވެސް ފުދޭ.. މި ގޭދޮށު ކުދިން ކިޔާއުޅެ އެއީ ދިވެހި އަބީޝޭކް އޭ.. ރީތި މިހެއްގެ ފިޓޯ ޖެހީމާ ގިނަ ކުދިން އެއެކައުންޓް ބަލާފަ ލައިކް ދޭނެ.. ޕުރޮމޯޓު ވާނެ މިނިސްޓްރީ.. ބައެއް މީހުން ޖޭ ވަނީ އަނީމް ރީތި ވިމަ...
ހަލީމް އަހުމަދު
09 June 2020
ކޮންތާކު އޭނަ ވައްތަރީ ކުރިކެޓްކުޅޭ ސަޗިން އާއި. ދިވެހިންނަށް ނޭގިދާނެ އެކަމަކު އިންޑިއާގަ ނިކަން މަޝްހޫރު މީހެއް
ހަސަނުު
09 June 2020
ކަލޭ ވާހަކައެއް ނޫނޭ ބަލަ މަ މި ބުނީ.. މަގޭ ގޭދޮށު ކުދިން ވާހަކައޭ..