ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަސްލަމް ވާހަކަދައްކަވަނީ.-- ފޮޓޯ: މަޖިލިސް
29 ޖޫން 2020 - 17:11
ހައުސިން މިނިސްޓްރީ އަކީ ރިއަލް އެސްޓޭޓް އޯނަރެއްގެ ގޮތުގައި ދެމި އޮންނަން ބޭނުން ނުވާ ކަމަށާއި ހައުސިން ސިޔާސަތު ތަންފީޒުކުރުމުގައި ވިސްނުން ހުރީ ކައުންސިލް ހައުސިން އަށް ކަމަށް، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އަސްލަމް ވިދާޅުވީ ހައުސިން މިނިސްޓްރީ ނުވަތަ ސަރުކާރުގެ އެހެން މިނިސްޓްރީ އަކީ ވެސް ރިއަލްއެސްޓޭޓް އޯނަރެއް ނޫން ކަމަށެވެ. އެހެންވެ އެހެން އިންތިޒާމެއް ހޯދަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.
ކައުންސިލް ހައުސިން އަކީ އެ މީހަކު ނިސްބަތްވާ ކައުންސިލެއް ނުވަތަ އެކަމަށް ހާއްސަ އިދާރާއެއް މެދުވެރިކޮށް ސޯޝަލް ހައުސިން އަށް އެދި ހުށަހެޅުމުން، ޝަރުތު ހަމަވާ ނަމަ ސޯޝަލް ހައުސިން އިން، މާކެޓް ރޭޓަށް ވުރެ މާ ކުޑަ ކުއްޔެއްގައި ބޯހިޔާވަހިކަން ހަމަޖައްސައިދޭ އުސޫލެކެވެ. އެދޭ އެންމެންނަށް ހިޔާވަހިކަން ނުދެވޭ ނަމަ، ޝަރުތު ހަމަވާ މީހުންގެ ލިސްޓެއް ހަދައި، އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް މި ނިޒާމުގެ ތެރެއިން ބޯހިޔާވަހިކަން ހަމަޖައްސަމުން ގެންދާނެ އެވެ. މި ތަންތަން އާންމު ގޮތެއްގައި ބޭނުންކުރާނީ، އަމިއްލަ ބޯހިޔާވަހިކަމެއް ހަމަޖެހެންދެން ވަގުތީ ގޮތުން އުޅޭ ތަންތަނުގެ ގޮތުގަ އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި ކައުންސިލް ހައުސިން ފިޔަވައި އެހެން ހައުސިން އަކީ މާކެޓުގައި ހުރި އެއްޗަކަށް ވާންޖެހޭނެ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ މަސައްކަތަށްވާން ޖެހޭނީ، ޑިމާންޑު އެނގުމުން އެ މިންވަރަށް މާކެޓު ލިބޭކަން ކަށަވަރުކުރުން ކަމަށެވެ.
"ބޫޓަށް އަރާ މީހުން އަރާނެ ބޫޓުތައް މާލެ ފިހާރައިގައި ގެނެސްފައި ހުރިކަން ޔަގީންކުރުން ސަރުކާރުގެ ބޭނުމަކީ. ސަރުކާރުން ނުޖެހޭ ބޫޓު ވިއްކާކަށް. ސަރުކާރުން ނުޖެހޭ ގަމީސް ވިއްކާކަށް. އެއްވެސް މީހަކު ގަމީހެއް ގަންނާކަށް ސަރުކާރުގެ އޮފީހަކަށް ނުދޭ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލް ހައުސިން އަށް ވަންނަންޖެހޭ މީހުން ފިޔަވައި ދެން ތިބި މީހުންނަކީ މާކެޓުގައި ހުރި ގެ ގަންނަ މީހުން ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މީހުން ކަންކުރާ ގޮތަކީ އެއީ ކަމަށެވެ.
"އެމީހާގެ މާކެޓު ދޫކޮށްލާފައި އެއަށްވުރެ ރަނގަޅު ގެއަކަށް ދަނީ. އެއީ މިކަން، އިންސާނުން އުޅެމުން އަންނަ ގޮތަކީ. އެ ދިމާލަށް ދެވޭތޯ މަސައްކަތް ކުރަން އަޅުގަނޑު މި އުޅެނީ،" އަސްލަމް ވިދާޅުވި އެވެ.
"ހައުސިން ސިޔާސަތު ތަންފީޒުކުރުމުގައި އަޅުގަނޑުގެ ވިސްނުން ހުރި ގޮތް [މިއީ]،"
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ
06 July 2020
ސޮރީ މިނިސްޓަރ އަސްލަމް، ތިޔަ ވިދާޅުވީ ގޯއްޗަށް އެދިފަ ހުރި 21،000 ގެ %15 އަކީ ފަގީރުންނޭ، އެ 3150 އާއިލާ އާށް ކައުންސިލ ހައުސް އެ، ދެން ބާކީ ތިބީންނަށް މާކެޓް ރޭޓް ގައޭތޯ.... ކިތައް މީހުނަށްތ ޯ އެފޯޑަބަލް ވާނީ، ޜައްޖޭގ ެބޭންކ ް ތަކުން %13 އިންޓްރެސްޓް ގައި ލޯނ ްނަގައިގެން މިކމެއް ނުވާނެ
މީޙާ
30 June 2020
ދެން އަޅާފަ ހުރި ފްލެޓްތައް ދޭންވީއެއްނު. މިހާރު ޔާމީނެއް އާތިފާއެއް މަސީހުއެއް ނެތްވިއްޔާ މިޤައުމުގެ މަތީ މަޤާމެއްގަ
ތެދުވެރިޔާ
30 June 2020
މިހާރުވެ އެހެރީ ޓާޓާޔައް ހަދަންދިން ފްލެޓު ނަހަދާ. ބިންވެސް ފެރިގަނެފަ.
ކުމާރު
30 June 2020
މިސަރުކާރުގެ ވިސްނުން ހުރީ 4 ކަފި ވެފަ ފުލެޓް އަޅާނީތޯ ނާޅާނީތޯ, މިހެން ތިއްބާ އަނެއްކާ ވޯޓް ހޯދަން ދާނީ ލާރި ބޮނޑި ހިފާގެން.
ޝޮކްތެރަޕީ
30 June 2020
އަޅުގަނޑަކައްވެސް ހިޔެއްނުވޭ މި ސަރުކާރަކަ ކަމެއްކުރެވިދާނެކަމަކަ.؟ އިންޑިޔާގެ ދަޝުވެގެން ކުރެވޭނެ މާބޮޑު ފައިދާއެއްނެއް އަޅުވެތިކަން ފިޔަވާ؟
ވަތަން އިސްކުރަންޖެހޭ
30 June 2020
ރައިސް ޔާމިން އެޅި 7ހަސް ފްލެޓަކައްނުން މިސަރުކާރު ހިޔާނައްވީ. ސަރުކާރުގެ ކޮމްމެ ކުންފުނިތަކަކައް 4ހާސް ފްލެޓުއެޅި މި ސަރުކާރުން ވަނީ އެޔައްވެސް ހިޔާނައްތެރި ވެފަ.
އަލީ ރަމީޒް1
30 June 2020
ވާހަކަ ކިތަންމެ ހާވެސް މޮޅުވާނެ، ވާކަމެއް ހަރާން. ހުސްއަނގަ ތަޅައިގެން ރައްޔިތުންގެ ރުހުން ހޯދަން އުޅޭ ބައެއް
ގޯސް
30 June 2020
މަގޭ އަތުގައި ޝަމުސުއްދީން ދެއްވާފައިވާ ލިޔުމެއް އޮތިއްޔާ މަށަށް ވެސް ގޯތި ދޭންވާނެ. ނަޝީދު މީގެ 7 އަހަރުކުރިން ދިންލިޔުމަށް ގޯތި ދީގެންނުވާނެ. ދިވެހިރާއްޖެއަކީ ނަޝީދުގެ މިލްކެއްނޫން. ގޯތި ދެންޏާ އަލުން އިއުލާންކޮށް އެންމެންނަށް ހުޅުވާލާ. ތިޔަހެން ކަންކޮށްފިނަމަ އެމްޑީޕީއަށް ވޯޓެއްނުދޭނަން.
ބޭބެބެ
30 June 2020
ދުނިޔޭގެ އެހެން ގައުމުތަކާއި މިގައުމު ތަފާތު. މިގައުމުގައި ތިބީ މުއްސަނދިން. ދެންތިބީ ފަގީރުން. މެދު މިނެއް ނެތް.
1828
30 June 2020
ސަރުކާރުން ރަށްރަށުގައި ރޯސް ހައުސް އަޅައިދޭންވީ. އޭރުން ކޮންމެވެސް ދުވަހަކުން ކުލި ދައްކާ އަމިއްލަ ކުރެވޭނެ. ސަރުކާރަކަށް 350000 އެއްހާ މީހުންނަށް ހިލޭ ބޯހިޔާވަހިކަން ހޯދައި ނުދެވުމަކީ ލަދުވެތިކަމެއް. އެއީ ރާއްޖޭގެ ސަރުކާރަށް ނުކުރެވޭ ވަރުގެ ކަމެއްނޫން. އެއައްވުރެއް ބޮޑު އާމްދަނީއެއް ސަރުކާރަކަށް 05 އަހަރުގެ ޓާމެއްގައި ލިބޭނެ. ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް ބޭނުންވަނީ ރައްޔިތުން ގަނަ ތަޅުވަން. ރައްޔިތުންނަކަށް ހެވެއްނޭދޭ ވެރިކަމަށް އާދެވުނީމައެއް.