ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭތީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންދަނީ
29 ޖޫން 2020 - 21:52
ރަށްރަށުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުންގެ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދަން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި ރަށުގެ ކައުންސިލްތަކާ ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި މިއަދު ވެސް، ކ. ހިންމަފުއްޓާއި އދ. ދަނގެއްޗާއި އެ އަތޮޅު މާމިނގިލިން 22 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެތަނުން ބުންޏެވެ.
ގަވައިދާ ހިލާފަށް އުޅުމުގެ އިތުރުން، ރަށުގެ އިޖްތިމާއީ ވެއްޓަށް ގެއްލުން ލިބޭ ގޮތަށް އުޅޭ ބިދޭސީން ވެސް މި އޮޕަރޭޝަނުގެ ދަށުން ހޯދަ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ވެސް ބިދޭސީން މިހާރު އުޅެ އެވެ. ބައެއް ރަށްރަށުގައި އެ މީހުން މަހަށް ގޮސް، ވިޔަފާރިތައް ހިންގަ އެވެ. އަދި ރަށްރަށުގައި އެ މީހުން ކުށް ކުރުން ވެސް ވަނީ މި ފަހަކުން ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން އެކި ފަހަރު މަތިން ގިނަ އޮޕަރޭޝަންތަކެއް ވަނީ ހިންގާފަ އެވެ. އެކަމަކު ވަކި ހިސާބަކުން، ކޮންމެ އޮޕަރޭޝަނެއް ވެސް ހުއްޓެނީ އެވެ.
ރާއްޖޭގައި ނުގަވައިދުން އުޅޭ ގިނަ ބިދޭސީންތަކެއް މިހާރު ދަނީ އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޝާ
30 June 2020
ހަމަ އެއާއެކު ގަވާއިދާ އެއްގޮތަށް އުޅުންކަމަށްވިޔަސް ވަކިމަސައްކަތް ތަކެއް ބިދޭސީންނަށް ނުކުރެވޭ ގޮތަށް ހަދަން ޖެހޭ.. ފޮޓޯ ނެގުންވެސް މަނަލޯ ބިދޭސީންނަށް .. އެކަމު ފޮޓޯނަގާ ތަންތަން ވެސް އެބަހިންގާ އެމީހުން..
ކޮތަރު
30 June 2020
އެމީހުންނަށް ގަވާއިދާހިފާށް އުޅެންފުރުސަރުލިބެނީ ދިވެހީންގެ ސަބަބުން.
ވަތުބަތާނަ
30 June 2020
ތިކަން ވެއްޖެއްޔާ ކީކޭ ބުނާނީ؟
ދޭސީ
30 June 2020
އެންމެން ފޮނުވާލާ. ރަށްރަށުގަ ފިލައިން މިމީހުން ނުކުރާކަށް ކަމެއްނެތް. މިހާ ބޮންދުން މާލެތެރޭ ގިނައިރުވެސް މީހެއްގެ ވަޒީފާއަކަށް މީންމީހަކު ގަވައިދުން ވިސާދައްކައިން އުޅޭކަށް ބޭނުމެއްނުވޭ. ބޭނުންވަނީ ފްރީލާންސްކޮށް އަމިއްލަ މަސައްކަތް ކޮށްގެން ބޮޑުއަގު ނަގަން. މީ މިމީހުންގެ ގައުމެއް ނޫންވިއްޔަ ނޮޅާ ކާކަށް.
ނަން އިތުރު
30 June 2020
ނ.ހޮޅުދޫ މުންތާޒު،ކީޕަރ މޮންޑީ،މުސްލިމް މީހައްތާވެސް ލިޔެކިޔުން ހަމަނުވާ ބިދޭސީން ގެންގުޅޭ މީހުން!
ވަބާ
30 June 2020
އަލިފު އަލިފު ފެރިދޫ ގަ ވެސް ނުގަވާއިދުން އުލޭ ބިދޭސީން ބައިވަރު
ހަސަނު1
30 June 2020
ގަވާއިދާ ޚިލާފަށް ރަށްރަށުގައި އުޅޭމީހުން ފޮރުވާނީވެސް ދިވެހިން. ދިވެހިން ހައްލުކުރަން ބޭނުންނަމަ މީޚީ އެއްވެސް ކަމެއް ނޫން. އަމެއްލަ ފައިދާއަށް އެމީހުން ބައިތިއްބާތީ ހައްލު ނުވެގެން މިއުޅެނީ.. އަސްލު ގާނޫނުން ދިމާކުރަންވީ މި މީހުން ގަވާއިދާ ޚިލާފަށް އުޅެން އެހީވާ މީހުންނާ.. ތަންތަން ކުއްޔައްދޭމީހުން؛ ދަނޑުތައް ދޭމީހުން؛ މަހަށް ގެންދާ މީހުން؛ ބޯޓުކތަކުގައި ގެންގުޅޭ މީހުން.
އިބުރާހިމު
30 June 2020
މުދާއުފުލާދޯނި ތަކުގައުޅެނީވެސް ވަގަށްއުޅޭ ބަންގާޅިން ހުޅުމާލޭ ފޭސް2ގެ ޖަންބޯޖެޓީ ނިކަން ބަލާލަބަލަ އެޖެޓީގަ އަޅާފައޮންނަ ކޮޅުވެއްޓިތަކައް ނިކަންއަރާލަބަލަ ހުސްފިލައިގެންއުޅޭ ބަންގާޅިން ދިވެހިންގެމީހާއައް ވަޒީފާނުލިބިފަ. ހެޔޮނުވާނެ ފައްޔާޒޫ މިކަންހައްލު ކޮއްދީބަލަ
7ބޯރާހި
30 June 2020
އާވި އަރުވަނީ ތިޔާ. ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީން ހޯދާކަށް އަތްފުނާއަޅާކަށްނުޖެހޭ، މަގުމަތީ ތިނޫން ބަޔަކު ނޫޅޭ. މީހުން އުޅޭ ރަށްރަށް އެކަންޏެއްނޫން، މާލޭމީހުން ދަނޑުވެރިކަމަށޭކިޔާފަ ދޫކޮށްފަހުރި ރަށްރަށުގައާއި މަސްދޯނިފަހަރާއި ނާލުބޯޓުފަހަރު ފުރެންދެން އޮތީ ތިބައިގަނޑު.
ފަހުދު
30 June 2020
މަޖީދީމަގު ޖަންކްޝަން ސަރަހައްދުންފެށިގެން މާވެޔޮމަގާއި ހަމަޔައް ހުސް ވަގައް އުޅުއްވާ ބޭފުޅުން. ކާމިނީގޭ ކަންމަތީގައި ބޭފުޅުންގެ މާރކޭޓް ހުޅުވައިގެން ގޮޅިތަކުގައި ވިޔަފާރިކުރޭ. އެކަމު ދިވެހިންގެ ލޯކަލްމާރުކޭޓު އަދިވެސް ބަންދު. ހުރިހާ ކުދިފިހާރައެއްގެ ސޭޓުންނައް ބިދޭސީ ބޭފުޅުން. ދެންކޮން އޮޕަރޭޝަނެކޭ ފަޅޮލެކޭތަ ތިކިޔަނީ