އަލިފުޅު ތުއްތު ފައުންޑޭޝަން އިން ޕީސީއާރް މެޝީނެއް ހަދިޔާކުރަން އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އައިޖީއެމްއެޗް
18 އޯގަސްޓް 2020 - 13:35
އަލިފުޅުތުއްތު ފައުންޑޭޝަނުން އައިޖީއެމްއެޗަށް ޕީސީއާރް މެޝިނެއް މިއަދު ހަދިޔާކޮށްފި އެވެ.
ޕާކިންޕާމާ ބްރޭންޑުގެ ޕީސީއާރް މެޝިނެއް ހަދިޔާކުރުމާ ގުޅިގެން، އައިޖީއެމްއެޗުން ވަނީ އޭފްޓީ ފައުންޑޭޝަނަށް ޝުކުރު އަދާކޮށްފަ އެވެ. އެ ތަކެތި އައިޖީއެމްއެޗާ ހަވާލުކުރީ އެ ހޮސްޕިޓަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
We express our sincere appreciation to @AFT_F and the members, for donating a PerkinElmer PCR machine to IGMH. pic.twitter.com/3Py0bqRhry
— IGMH (@igmhmv) August 18, 2020
އައިޖީއެމްއެޗް އިން މިއަދު ކުރި ޓްވީޓެއް
ޕީސީއާރް މެޝިނަކީ ފަސޭހަކަމާ އެކު ޑީއެންއޭ ނުވަތަ ޑީއެންއޭގެ ބައެއް ޑުޕްލިކޭޓްކުރަން ބޭނުންކުރާ މެޝިނެކެވެ. ވަރަށް ކުޑަ ސާމްޕަލްއެއް ބޭނުންކޮށްގެން ވެސް ގިނަ ޑުޕްލިކޭޓްތަކެއް އެ މެޝިނުން ހެދެ އެވެ. މިއީ ހޮސްޕިޓަލްތަކުގެ މެޑިކަލް ލެބްތަކުގަ އާއި ރިސާޗް ލެބްތަކުގައި އާންމުކޮށް ބޭނުންކުރާ ބާވަތުގެ މެޝިނެކެވެ.
މީގެ 20 ކުރިން އަހަރު ޗަމްޕާ އާއިލާއިން އުފެއްދި އޭއެފްޓީ ފައުންޑޭޝަން ވަނީ އެކި ރަށްރަށުގައި މިސްކިތްތައް ވެސް ހަދައިފަ އެވެ. އަދި ކޮންމެ އަހަރަކު ވެސް ދެ ދިވެހި ދަަރިވަރުންނަށް ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތު ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯކަނުޙިނި
19 August 2020
ޢެ ކަމަ ކު.އައިޖީއެމްއެޗް ލެބުން ބުނަނީ ޕީސީ އާރު ކަމު ނުދެޔޯ. ޖަޒީރާވަންތަ އުދުޅިން ތަޅާ. ދޭފަތުން ހިލާ. މިޔޯ ޖަޒީރާވަންތަ މަސަތްކަތަކީ މިޔޯ
އެކްސިސް
22 August 2020
ކަމުނުދަނީ އެންޓި ބޮޑީ ޓެސްޓު އިނގޭތޯ
ހަސަބު
18 August 2020
ޝުކުރިޔާ.
ސުލްޙަ
18 August 2020
ތި ފޮޓޯގަ ކޮބާތަ މެޝިން؟
ހަސަނު
18 August 2020
ދެން މިހެން ހައިރާތަށް ލިބޭ އެއްޗެއް ލިބެން އޮތީ.. ޢެއްޗެހި ގަންނަން ދައުލަތުގާ ހުރި ލާރިކޮޅު އެސޮރުމެން ކާލައިފި...
ކަސަނު
18 August 2020
ކޮން ސޮރުންތަކެއް؟! ކަލޭ ތަހުގީގު ނުނިމެނީސް ތިކަން ނިންމީ ކިހިނެއް؟! މަވެސް އެެނގެން ބޭނުން