31 އޯގަސްޓް 2020 - 10:48
އައްޑޫން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ފީ އައްޑޫ ސިޓީ ކައުންސިލުން ބަލައި ގަންނަން ގޮތަށް ހަމަޖައްސައިފި އެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 75 ވަނަ މާއްދާ އިސްލާހުކޮށް ކައުންސިލްތަކުން ފީ އާއި ކުލި ނެގުމުގެ ބާރު ކައުންސިލަށް ދީފައި ވާތީ، އައްޑޫން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުން ނަގާ ކުލި ކައުންސިލް އިދާރާ ދަށުން ހިންގާ އަވަށު އޮފީސްތައް މެދުވެރިކޮށް މާދަމާ އިން ފެށިގެން ބަލައިގަންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ މި ނިންމުމާ އެކު ދައުލަތުގެ އިދާރީ އޮނިގަނޑަށް މީގެ ކުރިން އައި ބަދަލާއި ގުޅިގެން، ދައުލަތުގެ އެހެން އިދާރާތަކާއި އެކި ފަރާތްތަކާ ދެމެދު، އައްޑޫ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބައެއް ކުލީ ބިންތަކުގެ އެއްބަސްވުންތައް ހެދިފައިވާތީ، އެފަދަ އެއްބަސްވުންތައް ކައުންސިލްގެ ނަމަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.
އެފަދަ ތަންތަނުގެ ތެރޭގައި ސިނާއީ މަސައްކަތްތަކާއި، އާއްމު ވިޔަފާރި އާއި ގަރާޖް ވޯކްޝޮޕް ފަދަ ތަންތަން ހިންގަން ދޫކޮށްފައިވާ ބިންތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުކުރު
31 August 2020
އީއައިއޭ ހަދާފަނޫނީ ފީބަލައިގަނެގެންނުވާނެ، ފީބަލައިގަންނައިރު ތިމާވެއްޓަށް އަސަރުކުރާވަރު ބަލަންޖެހޭ.
ބެސްޓް
31 August 2020
އައްޑޫ ސިތީގެ ކަންކަން ތަންކޮޅެއް ފާސްޓްކޮށް ކޮށްބަލަ. ކައުންސިލާއި މޭޔަރު ހާދަ ކަންނެތް ގޮތަކަށް ފެންނަނީ.
އެހެންތަ ؟
31 August 2020
ރަނގަޅު ކަމެއް. އެކަމަކު ތިތަންތަނަށް ދާއިރު ފަސޭހައިން ފައިސާ ބަލައިގަނެވޭނެ އިންތިޒާމް ތަކެއް ނުހުންނާނެ. މޭޔަރަކީ ވަރަށް ސްލޯ މީހެއް.
އޮނަރަބްލް އަފީފު ދީދީ
31 August 2020
ސިޓީގައިހުރި ބިންތަކުން ލިބޭކުއްޔަކީ އައްޑޫސިޓީއަށް ވަންނަ އާމްދަނީއެއްނޫން. # މާނަވީ ގޮތަކަށް އައްޑުއަށް އިންކަމް ވެއްދުމަށްޓަކާ އައްޑުއާއި ދެކުނުގައި ވިޔަފާރީގެ ދައުރާއި ޙަރަކާތްއިތުރުވާނެ މަގުތައްހޯދަން ސިޓީގެ މޭޔަރު މަސައްކަތް ކުރައްވާންޖެހޭނެ. # ކައުންސިލްގެފަރާތުން ރަސްމީކޮށް މޯލްޑިވިއަންއާއި ވާހަކަދައްކާ މާލެ ގޭން، ޗައިނާ އަދި ރިޓާރން ޗައިނާ، ގޭން، މާލެ ވީކްލީ ޝެޑިއުލް 2 ދަތުރުބޭއްވުމަށް އެދެންވީނޫންތޯ؟ މީގެސަބަބުން މާލެއިން އައްޑުއަށް ކާގޯވެސްއުފުލޭނެ.
އޮނަރަބްލް އަފީފު ދީދީ
31 August 2020
ރޭވުންތެރިކަމާއިއެކު ގެންގުޅުނު ނޭއްގާނި ސިޔާސަތެއްގެތެރެއިން ބަޔަކު ވީރާނާކޮށް ހަފުސްކޮށްފައިވާ މިސިޓީގެ ހާލަތުބަދަލުކުރުމަށް ތިހެން ލިބޭ ފައިސާފޮއްޗަކުން ނުފުދޭނެ. # މާލޭސަރުކާރުން އައްޑޫގައި ސާފުބޯފެނާއި ނަރުދަމާގެހިދުމަތް ޤާއިމްކުރުމަށްބާރުއެޅުމާއިއެކު އިކްއިޓޯރިއަލް ހޮސްޕިޓަލްގަހުރި ހަލާކުވެފައިވާ ސީޓީ ސްކޭން މެޝިން ހެދުން ފަދަ އަސާސީ ކަންކަން ފުރިހަމަވޭތޯ ވެސް ބަލާންޖެހޭ. އަދި ކޮވިޑް 19 ގެ ސަބަބުން މާލެ ދޫކޮށް އެބުރި ވަޒަނަށްއައިމީހުނަށް އަޅާލާންވެސްޖެހޭނެ.
ޙަބީބު
31 August 2020
އައްޑޫއިން މީހުން ބޭލުމައްފަހު ލ އަތޮޅައް ބަދަލުކޮއް އައްޑޫގަ ދިވެހިދަރިން އުފަންވާއިރު ނަންކިޔު މައް ބަކަރި ގެންގުޅެ ދަނޑުހައްދާ ހަދަންވީ އަދި މައިޖަލު އެތަނައް ބަދަލުކޮއް ދިވެހި ރާއްޖޭގެ އަސްކަރީ މަރުކަޒު ބަދަލުކުރަންވީ އަދި ކުއްވެރިން ލައްވާ ގާއެޅު މާ ބަނދަރުގަ ޖަހާ ގާއެޅު މާ ރިސޯޓު ތަކައް ބޭނުންވާ ފަންގަނޑު ވިޔަންވީ އެތާ މީހުން ބާލާފަ މާލެޔާ ތަންކޮޅެއް ގާތައް ލ އަތޮޅައް ބަދަލު ކުރަންވީ
ގައްދޫ ފާތިންދިޔެ.
31 August 2020
ހަބީބު އަށް: ހަބީބުގެ އާއިލީ މީހުންގެ ފަރާތުން އެހީތެރިކަން ނުލިބޭނަމަ ނުވަތަ އާސަންދައިން ހުރިހާ ޙަރަދެއް ކަވަރު ނުކުރާތީ ބައްޔަށް ބޭސް ކުރާން ދަތިވެ އުދަގޫ ވެފައިވާނަމަ ރައީސް ސޯލިޙްގެ ދައުރުގައި އައިޖީއެމްއެޗް ގައި ޤާއިމް ކޮށްފައިވާ ނަފުސާނީ ބަލިމީހުންގެ ޑިޕާޓްމަންޓަށް ހަބީބު ގޮވައިގެން ގޮސް އަހަރެންގެ އަމިއްލަ ޙަރަދުގައި ބޭސްކޮށްދިނުމަށްވެސް އަހަރެނއް ތައްޔާރު ވާހަކަ ދަންނަވަން. އަވަސް ޝިފާއަކަށް އެދެން. ސަލާމް.
އަލީީީ
31 August 2020
ސިޓީ އެއްގެ ހުރިހާ ކަމެއް މި ފުރިހަމަވީ، ދެން އަޅާލާނެކަމެއްނެތް. އެއްވެސް ހިދުމަތެއް ދޭނެކަމެއްނެތް. ބިމުކުލިން ވަރަށް ބައިވަރު ލިބޭނެ ، ކުންފުނިތަކަށް އަކަ ފޫޓެއް ބައި ރުފިޔާއަކަށް ދީފަ އޭގެން ފުދިގެން އުޅެވޭނެ. މީ އެއްވެސްބަޔަކު ތަރަށްޤީކުރަން ބޭނުންނުވާ ތަނެއް. ހުސް ހޮޅިވާހަކަ ދައްކާ މީހުންކޮޅު ހައްދާލީމަ ވޯޓްކޮޅުދޭނެ. މާލެ... ގުރޭޓާމާލެ..... މިނޫން ތަނެއް ދައްކަބަލަ.
ސަންފާ
31 August 2020
އެބަ ރަނގަޅުވޭ. ޓޫރިޒަމުން ލިބޭ އާމްދަނީ ގެ ވެސް ބައެއް އަތޮޅަށް ވަންނަންޖެހޭ. ގްރޭޓަރ މާލެ އަށް ނުއޮއްސާ.
އިބިރިހިންބެއްޔާ
31 August 2020
އެހެންވީމާ މީރާ ދެން ބަދަލުވާނީ "މާލޭ އިންލޭންޑް ރެވެނިއު އޮތޯރިޓީ" އަށްތޯ؟ މާތްﷲ އާއި ވަކީލު.
ރާއްޖެތެރޭހަސަނު
31 August 2020
ވަރަށް ރަނގަޅު ފެށުމެއް، ހުރިހާ އަތޮޅަކަށްވެސް މިގޮތަށް ހަދަންވީ ރިސޯޓުހަދަން ދޫކޮށްފަހުރި ރަށްރަށުގެ ކުލިންވެސް ދޭންބުނި ފައިސާ އަތޮޅުތަކަށްދޭންވީ، މިއޮށްހާދުވަހު މުޅި ރާއްޖެއިން ލިބޭ ހުރިހާ ފައިސާއެއް މާލެއަށް ގެންގޮސް މާލޭމީހުނަށް ހުރިހާކަމެއް ކޮށްދެނީ، ތިޔަ މާލެ މާލެއަކަށް ހަދާ އެމީހުން މަހުޖަނުންނަށް ހަދަނީ ރާއްޖެތެރެ ފެލައިގެން