އެޗްއާޜުސީއެމަށް މެމްބަރުން އައްޔަން ކުރުމުގެ ރަސްމިއްޔާތުގައި ރައީށް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް
14 ސެޕްޓެމްބަރ 2020 - 17:52
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ފަސް މެމްބަރުން ހިމެނޭ ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލެވޭނީ މި މަހުގެ 23 އާ ހަމައަށެވެ. މެންބަރު ކަމަށް ކުރިމަތިލާން އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެ އޮފީހުގެ އިއުލާނުގައި ވެ އެވެ.
ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފައި މިވަނީ އެ ކޮމިޝަންގެ މެންބަރެއްގެ މަގާމުގެ ދައުރުގެ މުއްދަތު ހަމަވާތީ އަދި ކޮމިޝަންގައި ހުސްވެފައިވާ އިތުރު މަގާމަކަށް ކުރިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން މީހަކު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައި ނުވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ކޮމިޝަނަށް ވަރަށް ފަހުން ވަނީ މެމްބަރުންތަކެއް އައްޔަން ކުރައްވައިފަ އެވެ. އެއީ، އައިމިނަތު ޝަފާއަތު އަބްދުއް ރައްޒާގާއި މުއުމިނާ ވަހީދުގެ އިތުރުން ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަފުރާސިޔާބު
15 September 2020
ތިވެސް އުވާލަންވެފައިވާ ތަނެއް. މުއައްސަސާތައް ގިނަވެގެން މިގައުމުގެ ފުލަށް ބަރުވެފައި މިއޮތީ؟ އިބޫ މިތަން އުވާލަ ދެއްވާ!