އާންމު އިންތިހާބުގައި ދެ އޮފިޝަލަކު ވޯޓު ފޮއްޓަކާ އެކު: ޑިމޮކްރަސީގެ ދުވަސް ފާހަފަކުރަން އާންމުކޮށް ބާއްވާ ފަދަ ހަރަކާތެއް މިއަހަރު ނުބޭއްވޭ ކަމަށް އީސީ އިން ބުނި -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
15 ސެޕްޓެމްބަރ 2020 - 12:02
ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ޑިމޮކްރަސީ އާއި ތަރައްގީ ވާރުތަ ކޮށްދިނުމަށް ކުރާ މަސައްކަތް މިހާރަށް ވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
ދުނިޔޭގައި މިއަދު ފާހަގަ ކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީގެ ދުވަހާ ގުޅިގެން އީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޑިމޮކްރަސީ އަކީ ރައްޔިތުންގެ ބާރު ކަމަށެވެ. ނަމަވެސް ދުނިޔެ އަށް މި އަހަރު ކުރިމަތިވެފައިވާ ނުރައްކާތެރި ބަލިމަޑުކަމާ ހެދި، މި ދުވަސް ފާހަގަކުރަން އާންމުކޮށް އެ ކޮމިޝަނުން ހިންގާ ފަދަ ހަރަކާތްތައް މި އަހަރު ނުހިންގޭނެ ކަމަށް ބުންޏެވެ.
މިދިޔަ އޭޕްރިލް މަހު ބާއްވަން ނިންމާފައި އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ވެސް ކޮވިޑް-19 އާ ގުޅިގެން ވަނީ ފަސްކޮށްފަ އެވެ. އެ އިންތިހާބު އަންނަ އަހަރު ބާއްވާނެ ކަމަށް އީސީ އިން ބުނެފައި ވި ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތަކަކީ ނުފޫޒުން ބޭރުން ބޭއްވޭ އިންތިހާބުތަކެއް ކަން ކަށަވަރުކުރުން މުހިއްމު ކަމަށް އީސީން ބުންޏެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން މިކަމުގައި ބައިވެރިވުމަކީ ގައުމުގެ މުސްތަގްބަލާއި ޑިމޮކްރަސީ ވަރުގަދަކުރަން ކުރެވޭ މުހިއްމު ކަމެއް ކަމަށް ވެސް ބުންޏެވެ.
"މިނިވަން އަދުލްވެރި އިންތިހާބެއް ބޭއްވުމަށްޓަކައި މީޑީއާ އާއި އިންތިހާބު އޮބްޒާވްކުރާ ފަރާތްތަކަށް އިންތިހާބު ހިންގަމުންދާ ގޮތް ބެލުމުގެ ފުރުސަތު އޮވޭ. އިންތިހާބުގައި އެ މީހަކު ވޯޓު ދޭނީ ކާކަށް ކަން އެނގޭނީ އެ މީހަކު އަމިއްލަ އަށް،" އީސީ އިން ބުންޏެވެ.
ޑިމޮކްރަސީން ލިބިފައިވާ ހައްގުތައް ބޭނުންކުރާ އިރު އެ ހައްގުތަކާ އެކީގައި ޒިންމާތަކެއް ވާކަން ގަބޫލްކުރަން ޖެހޭ ކަމަށާއި ތިމާގެ ހައްގުތަށް ބޭނުންކުރާ އިރު އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަންނާނެ ފަދަ ގޮތަކަށް ހައްގުތަށް ބޭނުން ކުރަން ވިސްނަން އީސީން އެދުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
23.ހ
15 September 2020
ކަނޑުމަސް ކައްކާހެން ޑިމޮކްރަސީ ވަރުގަދަ ކުރަންޏާ ދިވެހިންނަށް އެކަން ވެދާނެ.. އެހެން ނޫނީ ނުވާނެ. ކޮންމެ ކަމެއް ވާއިރަށް ވަޖިދުވާ މީހުނަށް ވަޖިދު ވެވޭނީ.. އެހެން ނޫނަސް ޑިމޮކްރަސީއޭ ކިޔައިގެން ހުޅަނގުގެ ނޭއްގާނީ ފިކުރެއް ގެނެސްގެން މިހާރު އުޅެނީ..
ބާބާ
15 September 2020
ޑި މޮކްރެސީ އެން މެ މޮޅަށް އެނގޭނީ ތިތާގައި އުޅޭ 5 މެންބަރުންނަށް. ބޭނުންބަޔަކަށް ވެރިކަން ހޯދައިދީ ބޭނުން މީހަކަށް މެންބަރުކަން ހޯދައިދޭން ތިކުރާ މަސައްކަތަކީ ފުރިހަމަ ޑި މޮކްރެސީ.
ރަބަރު
15 September 2020
ހަރުދަނާވާންވީ ނުވަތަ ހަރުދަނާ ކުރަންވީ ދިވެހިން. ދިވެހިންގެ ވިސްނުމާއި ފިކުރު. ދިވެހިންގެ އުޅުން. އޭރުން ހުރިހާކަމެއް އަމިއްލައަށް ހަރުދަނާވާނެ.
އަބްދުއްالله
15 September 2020
މީ ދިވެހިންތަ ނުވަތަ އަރަބިންތަ؟
ބިލް ކުލިންޓަން
15 September 2020
ޑިމޮކުރަސީ އޮޅާލާ.
ދިއްދޫމީހާ
15 September 2020
ތިޔަ ކޮމިޝަން މިހާރު މިނިވަން ވީތޯ؟؟ ހަމަ ސާފު ކޮއްލަން ބޭނުންވަނީ އޭރުގާ އީސީ ޝަރީފްއަ ނުގޮއްވާ އެއްޗެއް ނެތީމަ، މިހާރުވެސް އޭނަ ހުރީ އެތާ...
ބޯ ދިގު
15 September 2020
ޖީލުތަކާ ހަމައަށް ޑިމޮކްރަސީ ހަރުދަނާކުރަން އުޅެނީ އެންމެ ޕާޓީ އަކުން MDPން ! ޕުއްޕު ޕާޓީ އާއި އަސުރުމާ އިން ބައިވެރި ނުވޭ