21 ސެޕްޓެމްބަރ 2020 - 15:38
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައި، އެ ގައުމުގެ ސަރުކާރުން އޭނާ އަށް ހަދިޔާކުރި ކާޕެޓު، ޝާހިދު ގެއަށް ގެންދެވި ކަމަށް ބުނާ ވާހަކައިގައި ހަގީގަތެއް ނެތް ކަމަށާއި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް އެކަމުގައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ރަސްމީ ދަތުރެއްގައި ޝާހިދު މޮރޮކޯ އަށް ވަޑައިގަތުމުން، އެ ގައުމުން ހަދިޔާކުރި އަގު ބޮޑު ކާޕެޓެއް ޝާހިދު ގެ އަށް ގެންދެވި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އޭސީސީ އަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭރު ވެސް މިނިސްޓްރީން އައީ އެކަން ދޮގު ކުރަމުންނެވެ.
އެ މައްސަލަ ބެލުމަށް ފަހު، އޭސީސީން އާންމުކުރި ރިޕޯޓުގައި ބުނީ، އެއްވެސް ކަހަލަ ކޮރަޕްޝަނުގެ އަމަލެއް އެކަމުގައި ނެތް ކަމަށެވެ. އެ ކޮމިޝަނުން ބުނީ، ފޮރިން މިނިސްޓްރީ އަށް ރަގެއް [ކާޕެޓެއް] ލިބިފައި ވަނީ ހަމައެކަނި މިނިސްޓަރު ޝާހިދު މޮރޮކޯ އަށް ކުރެއްވި ރަސްމީ ދަތުރުގައިކަން ހާމަވާ ކަމަށެވެ. އެ ރަގް ހަދިޔާ ކުރެއްވީ، އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު ޝާހިދު ބޭއްވެވި ބައްދަލުވުމަށް ފަހު ނިއުސް ބްރީފިންއަކަށް ވަޑައިގަތް މަގުމަތީގައި ކަމުން އޭގެ ފޮޓޯ ނެގިފައި ނެތްކަން ފާހަގަވި ކަމަށް އޭސީސީން ބުނެ އެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި، ރާއްޖެ އިން މޮރޮކޯ އަށް ދިޔަ ވަފުދު ތިބި ހޮޓަލަށް، މޮރޮކޯގެ ކަމާބެހޭ މުވައްޒަފުން އެ ރަގް ގެންގޮސް ދިނެވެ. ރާއްޖެ ގެނައުމަށްޓަކައި ރަގް ޕެކު ކުރުމުގެ ކުރިން އޭގެ ފޮޓޯ ފޮރިން މިނިސްޓްރީއާ ރަސްމީކޮށް ހިއްސާ ކޮށްފައިވާ ކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި އެ މިނިސްޓްރީގެ ވަފުދު މާލެ އައި ދުވަހު ރަގް މިނިސްޓްރީ އަށް ގެންދިޔަކަން ސީސީޓީވީ ފުޓޭޖުން އެނގޭ ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ވަނީ ރަގްގެ ހަގީގަތް ހޯދަން ފޮރިން މިނިސްޓްރީ އަށް ވެސް ޒިޔާރަތް ކޮށްފަ އެވެ. ކޮމިޝަނުން ގޮސް ބެލިއިރު އެ ރަގް އޮތީ ފޮރިން މިނިސްޓްރީގެ ސްޓޮކް ރޫމުގައި ކަމަށާއި އެހެންވެ، އެ މައްސަލައިގައި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ނެތް ކަމަށް އޭސީސީން ނިންމާފައި ވެ އެވެ.
ޝާހިދު، މި ކާޕެޓު ގެއަށް ގެންދެވި ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އިންފޮމޭޝަން ކޮމިޝަނާ ހުސައިން ފިޔާޒް މޫސާ ވެސް ވަނީ ފޮރިން މިނިސްޓްރީ އަށް ވަޑައިގެން މިނިސްޓްރީގެ ސްޓޮކް ރޫމުގައި އެ ކާޕެޓް އޮތް ކަމަށް ވިދާޅުވެ، އެއާ އެކު ފޮޓޯ ނަގައި ކުރިން ޓުވީޓު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެބޯބެ
23 September 2020
މިކަހަލަ ކުދިކުދި ބޭކާރު ކަންކަމުގަ ހިފައިގެން ދަމަނީ ކުރާ ބޮޑެތި ވައްކަންތައް ފޮރުވަން. ރައްޔިތުން ކާޕެޓެއްގަ އޮޅުލައިގަނެގެން ތިއްބަ ކޮންމެ ސަރުކާރަކުން ގައުމު ދަވާލަނީ. މިޔަށް ކިޔަނީ ދެބޯގެރި ދުއްވުން.
ނިކަމެތިރައްޔިތުމީހާ
22 September 2020
ތިޔަ ބުނާ ސީސީޓީވީ ފުޓޭޖް އާންމުކުރަންވި އެއްނު؟ އެހެން ނޫނީ ތިކަން ގަބޫލުކުރަން ދަތި
ޙަލީމު
22 September 2020
ރަސޫލު ޒަމާނުގައި މުދަލު ޒަކާތް ނަގަން މީހަކު ރައްޔިތުން ގާތަށް ފުނުވުނު. އޭނާ އެމުދާ ހިފާގެން އައިސް ރަސޫލާ އަރިހު ދެންނެވީ މިއީ މުދަލުޒަކާތަށް ލިބުނު ބައޭ، ދެން މިހުރީ ތިމަންނާއަށް ލިބުނު މުދަލޭ. ރަސޫލާ ޙަދީޘް ކުރެއްވީ ތިބާއަށް ތިމުދާ ލިބުނީ ތިބާގެ މައިންބަފައިންގެ ގޭގައި ހުއްޓާ ހެއްޔޭ؟ ދެން އެމުދާތައް ބައިތުލްމާލަށް ލީ. އެހެންވީމަ ދައުލަތުގެ ވަޒީރަކަށް އެހެން ދައުލަތެއްގެ ވަޒީރަކު ދޭ ހަދިޔާ އަކީ ގެންގޮސް ގޭގައި އެޅޭނެ އަގުބޮޑު ރަގަކަށް ނުހެދޭނެ.
12134
22 September 2020
ބަލަ ރައްޔިތުން ބޭނުންވަނީ އެމް އެމް ޕީ އާރު ސީ ގެ ފައިސާ ބޭނުންކުރި މީހުންގެ މައްސަލައިގާ ބައިވެރިވި މީހުންގެ ލިސްޓް ހާމަކުރަން ؟ އެކަންކޮށްބަލަ
ައަނެއް ދިވެހި ރާއްޖެ
22 September 2020
ކޮންފަދަ ކާޕެޓެއްތަމީ އަޅެ! ޓެކްސް ލާރިތައް ބޭރުގެ އެންބަސީތަކުގަ އަނބިދަރިން ބައިތިއްބައިގެ ތާޅާބުރުވާއިރުވެސް ކާޕެޓުފަހާ ދުވެވޭތޯ!
ނަޖްވާ
22 September 2020
މީތަ އޭސީސީ ކުރަންވީ ކަމަކީ؟ ރަގަކާ، ރިހާކުރުފުޅިއަކާ، މިސްކިތު ދާންޏަކާ، ނޫނީ އޮފީހުގެ ކޮފީ ޕެކެޓެއް ގެއަށް ގެންދިޔަ މީހުންގެ މައްސަލަހޭ މުހިންމީ؟ ކިހާ ދެރަ ކަމެއް މީ؟ ކޮބާ ބޮޑެތި ސިންގާހާ ކޮރަޕްސަން ހިންގާފަ ހުރި މައްސަލަތައް؟ މިލިޔަން މިލިޔަނުން ފައިސާ ނަގާފަ ކަމަށް ބުނާ މައްސަލަތަކެއް ބެލޭ ކަމަކަށް ނުވޭ!
ދިއްދޫމީހާ
22 September 2020
ނިއުސް ބްރީފިންއަކަށް ވަޑައިގަތް މަގުމަތީގައި ކަމުން އޭގެ ފޮޓޯ ނެގިފައި ނެތްކަން ފާހަގަވި ކަމަށް އޭސީސީން ބުނެ އެވެ. ބަލަ ނިއުސް ބްރީފިންއަ ދާއިރު މިނިސްޓްރީގެ މީޑިޔާ ޓީމްވީ ކޮންތާކުބާ؟ ހިބަރު ވަދު ގަންނަ ގޮސްފަދޯ؟؟ ނިއުސް ބްރީފިންނަ ދާއިރު މީޑިޔާ ނުލާތޯ ދަނީ؟؟ ކޮންމެ ވެރިކަމެގާ އޭސީސީއަކީ ދަގަނޑު ފިލާ ޖަހާދޭ ބަޔަކަ މިވަނީ...
ކޯޓަށް 11
22 September 2020
މަށަށް ފެންނަނީ ގާނޫނުހަދާ މަޖްލިހާއި ސުޕްރީމް ކޯޓުން މައްސަލައިގެ ހަގީގަތް ހޯދައި ގާނޫނު އަސާސީއަށް އިތުރު ނަމްބަރެއް އިތުރުކުރަން. އަދި އެބަޖެހޭ މަގަށް ނިކުމެ މުޒާހިރާކޮށް ކޮންމެވެސް މީހަކު ސަސްޕެންޑުކުރަން.
ދަރަނި ދަންތުރަ
21 September 2020
ތިޔަ ކާޕެޓު ސާހިދު ގެއަށް ނުގެންދާކަމަކަށް ނުވާނެ އަހާލަބަލަ ސާހިދުގެ ޑުރައިވަރުކުރެން
ދިޔާނީ
21 September 2020
ތީ ޝާހިދުގެ އުދުހޭ ކާޕެޓް!