ގާސިމް އާއި އޭނާ ކައިވެނި ބައްލަވައިގަތް އަންހެންކުއްޖާ -- ފޮޓޯ: ސޯޝަލް މީޑިއާ
30 ސެޕްޓެމްބަރ 2020 - 23:17
ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް ކުރައްވައިފި އެވެ.
އެނގިފައިވާ ގޮތުގައި މީގެ ތިން ދުވަސް ކުރިން، ގާސިމް ކައިވެނި ބައްލަވައިގަތީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ރަށް، މާމިގިލީގެ 23 އަހަރުގެ ކުއްޖަކާ އެވެ. އޭނާގެ މަންމަ އަކީ އއ. އުކުޅަހު މީހެކެވެ.
މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ކައިވެނީގެ ރަސްމިއްޔާތު އޮތީ ސަން އައިލެންޑް ރިސޯޓުގަ އެވެ.
މިލްކިއްޔާތުގައި ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުރި ގާސިމްގެ މިހާރު ވެސް ތިން އަނބިކަނބަލުން ތިއްބަވަ އެވެ. އޭނާގެ ތިން ވަނަ އަނބިކަނބަލުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަހުލާ އާއި އެހެން އަނބިކަނބަލުންނަށް ވެސް ގާސިމްގެ ބޭފުޅުން ތިއްބަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިން
02 October 2020
75 އަހަރު ވެފަ ހުއްޓަސް ދުރުން 55 އަހަރުގެ ރިލެޓިވްލީ ޔަންގު މޭން އެއް ހޭ ހީވޭ... އެހެންވީމަ އޯކޭ އެއްނުން.. ތުބުޅި ކަޅު ކޮށްގެން ހުރުމުން 55 އަހަރު ކަމަށް ދުރުން ހީވެދާނެ ހެލްދީ ވީމަ... އެކަމް ހަގީގަތަކީ 75 އަހަރު ގާސިމް އަށް... 55 އަހަރުގެ މީހަކު އުފަން ނުވާ އިރު ވެސް ގާސިމް އަކީ 20 އަހަރު ގެ ބޮޑު މީހެއް
ނަޝީދު.
01 October 2020
ގިނަ ދަރިން މިންވަރު ކުރަށްވާށި!
އަބްދުއްالله
02 October 2020
ގިނަ ދަރަނި؟
މާލުނި
01 October 2020
ދެކަނބަލުންނަށް ބާއްޖަވެރި ކައިވެންޔަކަށް އެދެން..
ެދެދެދެދިފ1212
01 October 2020
މަބުނީ ގާސިމް ޅަ މީހަކާ އިނީމަ ދެން އެކަމާ ދެކޮޅަށް ކޮންމެހެން ކޮމެންޓުކުރުމުގެ ބޭނުމެއް ކޮބާ؟ ކަލާނގެ އެކި މީހުނަށް ދެއްވާނީ އެކި ނިއުމަތް. ގާސިމް މީހަކާ އިނުމަކީ ހޭޓު ކޮމެންޓޭމެންނަށް ބަލަދެއް އަރާވަރު ކަމެއް؟1213
ޙިނި
01 October 2020
ގާސިމް މުވައްޒިފުންގެ މުސާރަ ނުދެވޭއިރުވެސް ދޮށީ އުމުރުގަ މިއުޅެނީ ޅަކުދިންނާ އިންނަން، ގައުމުގެ ރައީސް ކަމާ ކުރިމަތިލާ ސިޔާސީ މީހުން އުޅޭގޮތެއްނޫން ތީކީ ތީ ހޮލީވުޑް ބިލިޔަނަރުން ފިލްމުސްޓާރުން އުޅޭގޮތް
ޤާސިމް ބޭބެ
01 October 2020
މީހަކާއި އިނީމާ ކަލޭމެން ކޮން ޖެލެ ސީ އެއްތަ ވަނީ@ މަ އިންނާނަން މަ ލޯބިވާ މީހަކު ދެކެ! އެނގިއްޖެ ދޯ؟ ކަލޭމެން އަސަރު ކޮއްކޮއް ތިބެ ހަމަ ނުޖެހޭ ކޮމެންޓު ލިޔު ނަސް މަ އިންނާނަން! މަހުންނާނީ މަގޭ ގޮތުގައި!
ހަސަނު
01 October 2020
ގާސިމު އިންނާނެ މީހަކު އެނގޭނީ ގާސިމަށާ ގާސިމު އިންނަ މީހަކަށް.. މީހަކާ އިންނައިރު ބަލާކަށް ނުޖެހޭ މަތިމަސް ހުރިތޯ ކޮން ނަސްތެއްތޯ އެއްވެސް.. އިންނަން ބޭނުންވާ ދެމީހުން އެކަމަށް ރުހި ގަބޫލުވީމާ އިންނަންވީ.. އެއީ އެހެން ބަޔަކާ ބެހޭ ކަމެއްނޫން...
ހޯރަފުށީގަނީބެ
01 October 2020
މިފަހަރު ރަންކީ ކޯއްޗެކައްބާ¿¿¿ ވިލާގެ މަތިންދާ ބޯއްޓކަށް ތޯއްޗެ.
11111111111
01 October 2020
އައި ފީލް ސޯ ސިންގަލް ނައު...:(
ގޯސް
01 October 2020
މަރުހަބާ. މިއީ ގާސިމާއި އަނބިކަނބަލުންގެ ޒާތީކަމެއް މިކަމާ އަހަރެމެން ބެހެންވީ ކީއްކުރަން.