ގާސިމް އިތުރު ކައިވެންޏެއް ކުރައްވައިފި

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އިތުރު ކައިވެންޏެއް ކުރައްވައިފި އެވެ.


އެނގިފައިވާ ގޮތުގައި މީގެ ތިން ދުވަސް ކުރިން، ގާސިމް ކައިވެނި ބައްލަވައިގަތީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ރަށް، މާމިގިލީގެ 23 އަހަރުގެ ކުއްޖަކާ އެވެ. އޭނާގެ މަންމަ އަކީ އއ. އުކުޅަހު މީހެކެވެ.

މައުލޫމާތު އެނގޭ މީހަކު ބުނިގޮތުގައި ކައިވެނީގެ ރަސްމިއްޔާތު އޮތީ ސަން އައިލެންޑް ރިސޯޓުގަ އެވެ.

މިލްކިއްޔާތުގައި ބިލިޔަނަކަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުރި ގާސިމްގެ މިހާރު ވެސް ތިން އަނބިކަނބަލުން ތިއްބަވަ އެވެ. އޭނާގެ ތިން ވަނަ އަނބިކަނބަލުންނަކީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. ނަހުލާ އާއި އެހެން އަނބިކަނބަލުންނަށް ވެސް ގާސިމްގެ ބޭފުޅުން ތިއްބަވަ އެވެ.