18 އޮކްޓޯބަރ 2020 - 09:40
ނިއުޒިލެންޑްގެ ބޮޑުވަޒީރު ތަމްސީލުކުރައްވާ ލޭބާ ޕާޓީގެ ފަރާތުން އެ ގައުމުގެ ޕާލަމެންޓަށް ވާދަކުރައްވައި ދިވެހި އަންހެން ބޭފުޅަކު ގޮނޑިއެއް ކާމިޔާބުކުރައްވައިފި އެވެ.
ނިއުޒިލެންޑްގެ ގާނޫނު ހަދާ މަޖިލީހަށް އިންތިހާބުވެވަޑައިގެންފައި ވަނީ ޑރ. އައިޝާ ވެރާލް އެވެ. މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރު އޭނާ ކާމިޔާބުކުރެއްވީ ވެލިންޓަން ދާއިރާގެ ގޮނޑި އެވެ.
ޑރ. އައިޝާ ވެރާލް އަކީ ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕަ އަކަށް އުފަން ބޭފުޅެކެވެ. އަދި ދެ ގައުމުގެ ޑުއަލް ސިޓިޒަން އެކެވެ. ނިއުޒިލެންޑަށް އުފަން އަދި އެ ގައުމުގައި ދިރިއުޅުން ހޭދަކުރައްވަމުން ގެންދަވާ ޑރ. އައިޝާގެ އަތްޕުޅުގައި ދެ ގައުމުގެ ޕާސްޕޯޓު ވެސް އޮވެއެވެ.
އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެބެންގެ ދެދަރި ބޭފުޅެއް ވެސް މެއެވެ.
ޑރ. އައިޝާ ވެރާލް: އޭނާ އަކީ ދިވެހި މަންމައަކާއި ނިއުޒިލެންޑް ބައްޕައަކަށް އުފަން ބޭފުޅެއް
ސިންގަޕޫރާއި އިންޑޮނޭޝިއާއިން ސިއްހީ ދާއިރާއިން ތައުލީމް ހާސިލްކުރައްވައި ޑރ. އައިޝާ މިހާރު މަސައްކަތް ކުރައްވަނީ ނިއުޒިލެންޑުގައި އިންފެކްޝަސް ޑިޒީސް ޑޮކްޓަރެއްގެ ގޮތުގަ އެވެ. އޭނާ އަކީ ވެކްސިން، ޓީބީ އަދި ކޮވިޑް-19އަށް ވެސް ހާއްސަ ޑޮކްޓަރެކެވެ. މީގެ އިތުރަށް އޭނާ ގެންދަވަނީ އޮޓާގޯ ޔުނިވާސިޓީގައި ލެކްޗަރާ ކަން ވެސް ކުރައްވަމުންނެވެ.
އަންހެން ދަރިކަނބަލުންނާ އެކު އޭނާ ދިރިއުޅުއްވަނީ ވެސް ވެލިންޓަންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަކީރުހަސީނާ
19 October 2020
ރާއްޖޭގަ ޤައިރު މުސްލިމުން އުޅުން މަނައެއް ނޫން. މައްކާ މަދީނާއަށް އެރިގެން ނުވާނެ. އެއީ މަނާ ކަމެއް.
ސަރުކާނު
19 October 2020
އެއީ ދިވެހި ބޭފުޅެކޭ ނުލިޔެވޭނެ. އެއީ ދިވެއްސެއްގެ ދަރިެއް. ދިވެހި ނަސްލަށ ނިސްބަތްވާ މީހެއް. އެކަމކު ދިވެއްސެއް ނޫން.
އެއްކަލަ ސޮރު
19 October 2020
ދިވެއްސެއް ނޫން. ދިވެއްސެއް ކަމުގައި ބެލުމަކީ ޤާނޫނު އަސާސީއާ ޚިލާފުވުން. އެއީ ޤާނޫނު އަސާސީގައި ބުނާގޮތުުން ދިވެހިރައްޔިތެއް ކަމުގައި ބެލެވޭނީ ހަމައެކަނި މުސްލިމުންނަށްކަމަށްވާތީ.
ތައްކާނުބެ
19 October 2020
ހޭބަލި ވަނީ ތި؟ ދަގަނޑޭ ދަގަނޑޭއަށް ވީ ކުޑައިރުންސުރެއް މައިންބަފައިގެ އަޅާލުން ލިބުން ކުޑަ ވުމުން ގެއިން ނިކުމެގެން ގޮސް ރައްޓެހިންނާއެކީ ކުޅިވަރުގެ ތެރެއަށް ވަންލެއް ބޮޑު ކަމުން! އެހެނަސް ދިވެހިން ޔޫރަޕްގެ ބޮޑެތި ލީގުގައި ކުޅެން އަދި މާ އަވަސް، މިއުޅެނީ ދިވެހިންގެ އާބާދީ 5ލައްކަ ހަމަ ނުވެގެން
ކާސިންޖީ
19 October 2020
ދިވެހި ވައްތަރު ނުޖަހާ. ތީ ފަރަންޖީ މީހެއް
ހަތަރުކަށިމަތި ދިވެއްސެއް
19 October 2020
ހުސް ފުރިހަމަ މުސްލިމުން އުޅޭ ގައުމެއްމީ. އަދި ދިވެހި ޕާސްޕޯޓް ހަރާބު ނުކުރޭ އެއީ އަހަރެމެން ފަހުރުވެރި ކަމާއެކު ބެންކޮކަށް ދާން ބޭނުން ކުރާ އެއްޗެއް.
އަލިބޭ
19 October 2020
ދިވެއްސެއްނޫން. އޭނާ ދިވެއްސަކަށްވާނެ އެއްވެސް ގާނޫނީ ހަމައެއްނެތް
ޗަކޮޔެ
19 October 2020
މި ކޮންގޮތަކުން ދުވެއްސެ
މޫސާ ޢަ
19 October 2020
މީނާ ދިވެއްސަކަށް ވަނީ ކިހިނެއްތޯ ؟ މީނަގެ ފޭސް ބުކުގައި އެލެކްސް އަޙްމަދު ޢީދު މުބާރިކުކީމާ ތިމަންނަޔަކީ މުސްލިމެއްނޫނޭ ލިޔުނު ؟ ކޮންމެ ދިވެހިރައްޔިތަކީ މުސްލިމެއްކަން ޤާނޫނު އަސާސީ ކަށަވަރު ކޮށްދޭ.
އަބްދުއްالله
19 October 2020
ސަހާދެއް ކިޔުމުގެ ބަދަލުގަ މިހާރު ގާރޫނު އަސާސީން ދޯ އީމާންކަން ކަށަވްރުކޮށްދެނީ.
ނަން.
19 October 2020
ތި މީހަކީ ދިވެއްސެއް ނޫން. ދިވެެއްސެ ކަށް ވެވޭނީ މުސްލިމަކަށް ވެ ހުރެ. ތި އަންހެންމީހާ ޓްވިޓާރގައި އަމިއްލެ އެބެން ބުނެފަ ތިމަންނާ އެކީ މުސްލިމެއް ނޫން ކަމަށް. އެހެންވީމައި ދައުލަތުން އަވަހަށް ދިވެހި ޕާސްޕޯޓް ކެންސަލް ކުރޭ.