ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ދާއިރާގެ މެމްބަރު ސަލީމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
20 ނޮވެމްބަރ 2020 - 16:58
މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓުގެ މަސައްކަތް ހޯރަފުށީގައި އެމްޓީސީސީން ނިންމާލުމުގައި މުގުރާލި ރެކޯޑާއެކު އުއްމީދު އާވެފައިވާ ކަމަށް، ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އެއާޕޯޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ސަލީމް ވިދާޅުވީ، މާޗު 25، 2019 ގައި ހަވާލުކުރި މަޝްރޫއު ކާމިޔާބުވުމުގެ އެއް ސަބަބަކީ އެމްޓީސީސީން އަދާކުރި ދައުރު ކަމަށެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފެނިވަޑައިގަތީ ކޮންޓްރެކްޓަރެއްގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއް ގޮތުގައި ކަމަށް ވިދާޅުވި އެވެ.
"އެމްޓީސީސީން އެ މުގުރާލި ރެކޯޑަކީ އުއްމީދު އާވެގެންދިޔަ ރެކޯޑެއް،" ރައީސާއި އެކި މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި ސަލީމް ވިދާޅުވި އެވެ.
އާއްމުކޮށް ދޮޅު އަހަރުން ކުރެވޭ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން އަށް ދުވަސް ތެރޭގައި ނިންމާލިތަން ދެކެވަޑައިގެންނެވި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އެކަމުން ރައިސްގެ ވައުދު ފުއްދުމުގައި މެޝިނަރީ ވަރަށް ވަރުގަދަކަން އެނގިގެން ހިނގައްޖެ ކަމަށާއި ލީޑަރުންގެ ހިތްވަރާއި އަޒުމް އެހާ ވަރުގަދަ ކަމަށް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ވެހޭ ވާރޭގައި ތެމި، ބަލާ މީހުން މޭ ބޮޑުވާ ގޮތަކަށް މީގެ ކުރިން އެއާޕޯޓު ހުޅުވިއަސް މި ސަރުކާރުން އެގޮތަށް އެއާޕޯޓެއް ނުހުޅުވާނެ ކަމަށެވެ.
"ތަރައްގީގެ މަގުގައި ހަލުއި ފިޔަވަޅުތަކެއް އެޅެމުންދާއިރުގައި މި ފާއިތުވި ދެ އަހަރަކީ ދެ ބަސްވެވެން ނެތް ގޮތުގައި ރާއްޖޭގައި އެންމެ ގިނަ ތަރައްގީގެ މަޝްރޫއު ހިނގާ ދިޔަ ދެ އަހަރު. ދުނިިޔޭގެ އިގުތިސޯދު ބަންދު، ދުނިޔޭގައި އުދުހޭ ބޯޓެއް ނެތް، މަސައްކަތްކުރާ އެއާޕޯޓެއް ނެތް، ހުޅުވިފައި ހުރި އެއާޕޯޓެއް ނެތް، ދަތި ހާލުގައި ދުނިޔެ ހިނގަމުންދިޔައިރު އަޅުގަނޑުމެންގެ ހުންގާނުގައި ދުރުވިސްނިވަޑައިގަންނަވާ، ކަންކަން ކުރަން ކެރިވަޑައިގަންނަވާ ވެރިއަކު ހުންނެވިކަމަކީ ނަސީބެއް ނޫންތޯ،" ސަލީމް ވިދާޅުވި އެވެ.
މާޔޫސްކަން، މާދަމާގެ އުއްމީދަށް ބަދަލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި މާޔޫސްވެ ދަތްދޮޅީގައި އަތްވިއްދާލައިގެން ތިބިނަމަ އެ އުފާވެރި މަންޒަރެއް ނުފެންނާނެ ކަން ފާހަގަކުރެއްވި އެވެ.
ނަމަވެސް އެއާޕޯޓުގެ މަޝްރޫއު ފެށިގެން އައި ދުވަސްވަރު، އެކަން ހަގީގަތަކަށް ވެދާނެތޯ ގަބޫލުކުރި މީހުން ގިނަ ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ، ރައްޔިތުންނަށް ވާ ވައުދު "ބޮޑު ނަގުލަށް ދާ އެއްޗެއްގެ ގޮތުގައި" އޮތުމެވެ. އެހެން ވުމުން، ވައުދަކީ ބިލާހެއް ކަމަށް ވަރަށް ގިނަ ފަރާތްތަކުން ދެކޭ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި އެއާޕޯޓު ނިންމުމުގައި އުފަން ރަށުގެ ރައްޔިތުން ވި ގުރުވާނީ ރަން އަކުރުން ލިޔެވިގެން ދާނެ ކަމަށެވެ. މަޝްރޫއަށްޓަކައި ރައްޔިތުން އެހާ ވަރުން އުޅުނު ތަނެއް ދެކެވަޑައިނުގަންނަވާ ކަމަށާއި ކޮންމެ ކަމަކަށް ގޮވާލިއަސް ހިލޭ ސާބަހަށް އެ ކަމަށް އިޖާބަދެއްވި ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާލުޕަރީ
22 November 2020
ދެން ބަދަލުދޭން ފެނޭ. އެކަމައް ވިއްދާދެން
ސަލީމާ
22 November 2020
އަނެއްކާ އުއްމީދުއާވެގެންގޮސް މަހާޖައްރާފު ބާދަގަނޑައް ވިއްކާނުލައިފިއްޔާ ކިތަމަހާވެސްރަނގަޅު.
އަހަންމާބެ
22 November 2020
އެމްޓީސީސީގެ ޤާބިލުކަން ހުއްޓާނޫންތަ އަމިއްލަ މަންފާ ނަގަންވެގެން ބައިއެޅޭ ކުންފުނިތަކަށް ބޮޑު އަގުގައި ޕްރޮޖެކްޓްތައް ދެނީ، މިފަހަރު އަތުގައި މޮކޮސްވެސް ނެތީމަ އެނޫންގޮތެއް ނެތިގެން ފަހުންދޭ ގޮތަށް ނުވަތަ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ބައިން އުނިކުރާގޮތަށް ޕްރޮޖެކްޓްތައް ޙަވާލުކުރަނީ. ބަޔަކު މަސައްކަތްކަތް ކޮށްގެން ކުންފުނި ވަރުގަދަ ކޮށްފަ އޮތްކަން ނަސީބެއްނޫން. ޝުކުރުވެރިވާން ނޭގޭ ބައެއް!
އަޅެފަހެ
21 November 2020
ދުނިޔެ އެހާ ދަތި ހާލުގައި އޮތްއިރު އެއަޕޯޓް އަޅާނީ ދުރުވިސްނިގެންތަ. ގިނަ ބަޔަކު އަނގައާ އަތާ ދިމާނުވެގެން އުޅޭއިރު ޓިކެޓް ގަންނާނެ ފައިސާ ނެތި އުޅޭއިރު ކަރަންޓީނާ ހެދި ހޮލިޑޭ ނުހެދޭއިރު އެއަޕޯޓް އަޅައިގެން އެތަނަށް ދަތުރުކުރަން އޮންނާނީ އަނެއްކާވެސް ދައުލަތުގެ ފައިސާއިން ޚަރަދުކޮށްގެން ދާ ސަރުކާރު މީހުން އެކަނި. ދަތުރުކުރާނެ މީހުން ނެތި ހުސް އެއަޕޯޓެއް ބެލެހެއްޓުމަށް ޚަރަދު ހިނގާއިރު އެއީ ދައުލަތް އިތުރަށް ދަރާނެ ކަމެއް.
ދަރަނި ދަންތުރަ
21 November 2020
ހޯަރަފުށީ މީހުން ލައްވާ ދެފަހަރަށް ކޭން ތައްޔާރުކުރީ އިބޫގެ ހިއްވަރުގަދަކަމުންތޯ ؟ ނޫނީ ފިނޑި ކަމުންތޯ ؟ ޓިސޫ ޕޭޕަރ ފެންޖެހުނީމަ ތެމިފޯވާނެ ސަލީމަށް މިވަރުވެސް ނޭގުނީތޯ ...
ވަތަން އިސްކުރަންޖެހޭ
21 November 2020
ޔާމިންގެ ދުރުވިސްނުން
އުދުހޭ
21 November 2020
ދުނިޔޭގަ ހުޅުވިފައި އޮތް އެއާޕޯޓެއް ނެތޯ. ދުނިޔޭގައި ބަންދުކޮށްފައި އޮތް އެއްޗެސް އެއަރޕޯޓެއް ނެތްއިރު ބުހުތާނު ދޮގު ހަދާއިގެން ރައްޔިތުން ގުބޯލިހައްދަނީ ދޯ؟
ނަސީމާ
21 November 2020
ކާކުތޯ ޖައްރާފާ ގެނައީ
ޝޮކްތެރަޕީ
20 November 2020
ރައިސް ޔާމިންގެ ދުރުވިސްނުންދޯ.؟
ދު މަށި މީދާ
20 November 2020
ޢަހަހ ހަރުން ނަށް ރައީސް ޔާމީން ވާރޭގަ ތި އެޔާޕޯޓް ހުޅުވި ގޮތް މާސަޅި. ޥެ ހޭ ވާރޭގާވެސް ދިވެ ހިންގެ ހިދުމަތުގަ