އިބްރާހިމް ޝަރީފު: އޭނާ ވިދާޅުވީ ނިޒާމު ބަދަލުކުރަން ބޭނުން ނަމަ އަލުން ޖެހޭނީ ވޯޓަކަށް ދާން ކަމަށް -- ފައިލް ފޮޓޯ: މިހާރު
19 އެޕްރީލް 2021 - 03:16
ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ބާރު ހަމައެކަނި އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށާއި އެއީ، ރައްޔިތުންގެ މަޖިލީހަށް އަދި ގައުމުގެ ރައީސަށް ވެސް އޮތް ބާރެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނުބާއްވައި، މަޖިލީހުން ރައީސަކު ހޮވުމަށާއި 2023ގައި ބޮޑުވަޒީރަކަށް މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ހުންނެވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅުކުރެއްވުމާ އެކު ޝަރީފު މިރޭ ވަނީ ރައްދު ދެއްވައިފަ އެވެ. ޝަރީފަކީ، 2008 އިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ވެސް މެމްބަރެކެވެ.
އޭނާ މިރޭ ފުލުފުލުން ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލައި އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު ހަމައެކަނި އޮތީ ރައްޔިތުންނަށް ކަމަށެވެ.
"އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް [ގޮތް]. ވީމާ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން. އެއީ ރައީސަކަށް، ރައްޔިތުންގެ މަޖިލިސް އަކަށް ވެސް ނިންމޭނެ ކަމެއް ނޫން،" ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ރައްޔިތުން ކަނޑައަޅާ ނިޒާމެއް ބަދަލު ކުރެވޭނީ އަނެއްކާ ވެސް ރައްޔިތުންގެ ވޯޓަކުންނެވެ. ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ކަމެއް "ދެ ތިން މީހަކު ހަމަ ތިބެލާފައި ބަދަލެއް ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ވެރިކަމުގެ ނިޒާމު ބަދަލުކުރީ އެކަކަށް ދައުލަތުގެ އެތައް ވަޒީފާއެއް އޮތުން ރަނގަޅު ކަމެއް ކަމަށް ނުފެނިގެން. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ފިނޭންސް މިނިސްޓަރު، ޑިފެންސް މިނިސްޓަރު ކަން އެއް ބޭފުޅަކަށް އޮތުން ރަނގަޅު ނުވެގެން. މަޖިލީހުގެ މެމްބަރު ކަމާއި ޓްރޭޑް މިނިސްޓަރު ކަމާއި އެސްޓީއޯގެ އެމްޑީ ކަން އެއް ބޭފުޅެއް ހުންނެވުމުން ކަމުނުގޮސްގެން،" ބަރުލަމާނީ ނިޒާމެއްގައި މަޖިލީހުގެ މެމްބަރުންނަށް މިނިސްޓަރު ކަމަށް ވަޑައިގެންނެވޭނެތީ އެކަމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވި އެވެ.
"އެހެން ގޮތަކަށް ދަންނަވާ ނަމަ އެއް ބޭފުޅަކު އެތައް ވަޒީފާއެއްގައި ހުރުމުން އެފިޝެންސީ ގެއްލި އެތައް ދަތިތަކާ ކުރިމަތި ލާން ޖެހުމުގެ ހިތްދަތިކަން ރައްޔިތުންނަށް އިހުސާސް ވެގެން. އަނެއްކާ ވެސް ނޫ ގާނޫނުއަސާސީ ރުޖޫއަ ވާ ވާހަކަ މި ދައްކަނީ."
ބަރުލަމާނީ ނިޒާމެއްގެ ވާހަކަ މިރޭ މި ފެންމަތިވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ. ނަޝީދު ރައީސަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވާ ގޮތުގައި ގައުމުގެ ކަންކަން ހިންގުމުގައި އެމަނިކުފާނު އެއްފަރާތް ވެގެން ހުންނަވާކަށް ބޭނުންފުޅެއް ނޫނެވެ. އަދި ވިދާޅުވެފައި ވަނީ ގައުމު ހިންގުމުގެ ތެރޭގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބަރުލަމާނީ އަށް ބަދަލުކޮށް މިހާރުގެ މަޖިލީހުން ސަރުކާރު އެކުލަވާލަން ބޭނުންފުޅު ކަމަށެވެ.
މިހާރު އަމަލުކުރަން ފަށައިފައިވާ ގާނޫނުއަސާސީގައި ވެރިކަމުގެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމު ކަނޑައަޅާފައި ވަނީ އާންމު ވޯޓަކަށް ގޮސްގެންނެވެ. ދެހާސް ހަތް ވަނަ އަހަރު ބޭއްވި އާންމު ވޯޓުގައި ރިޔާސީ ނުވަތަ ޕްރެޒިޑެންޝަލް ސިސްޓަމްް ބާއްވަން، 62 ޕަސެންޓް މީހުން ވޯޓު ދިނެވެ. އެއީ 95،619 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު އަލީ
19 April 2021
މަޖިލިސް ރަ އީސް މުހަ އްމަދު ނަޝީދު ޤާނޫނު އަސާސީގެ ބާރު ކަނޑުވާލާ ޤާނޫނު އަސާސީ އާ ޚިލާފަށް ވެރިކަމްގެ ނިޒާމް ބަދަލު ކުރަން ރާވާ ފާޅުގަ އި ރަ އީސުލް ޖުމުހޫރީ އްޔާއ އަށް އެކަމަށް މަޖުބުރުކޮށް ޤާނޫނު އަސާސީ އާ އި ޚިލާފުވުމުގެ ސަބަބުން މ ނަޝީދަށް މަޖިލިސް ރަ އީސްކަމާ އި މެމްބަރުކަން ގެ އްލި އްޖެކަމަށް ކަނޑަ އަޅަންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
19 April 2021
ޤާނޫނުހަދާ މަޖިލީހުގެ ގޮނޑި ތަކަކީވެސް ތަރިކަ މުދާތަކެއްނޫން. އަދި މަޖިލީހުގެ ގޮނޑިތަކަށް އެއްބަޔަކު ތާއަބަދު އިންތިޙާބުކުރާކަށްވެސް ނުޖެހޭ. # ތިޔަ ވިދާޅުވާ ޤާނޫނުއަސާސީގެ 72 ހ އަދި ށ ގައިވާގޮތަށް ކޮންމެ އިދާރީ ދާއިރާ "އަކުން" މެންބަރަކު އިންތިހާބު ކުރާން ރައްޔިތުންނަށް ފުރުސަތު ދެއްްވިނަމަ މިއަދު ތިވާހަކަ ދައްކަވާން ތިޔަ ގޮނޑީގައި ޝަރީފު ހުންނެވުމުގެ ބަދަލުގައި ހުންނަވާނީ އައްޑޫސިޓީއަށް ރެޖިސްޓްރީ ކޮށްފައިވާ "ދާއިރާގެ" ރަށް ވެއްސެއް އިގޭތޯ.
ކަނބިލި
19 April 2021
ނަޝީދަށްވެސް ރައްޔިތުން ފުރުސަތު ދީފި. އެކަމަކު ރައްޔިތުން ހީކުރި ބަދަލުތަކެއް ނުގެނެވުނު. ތަން ހަލާކުކޮށް ފަސާދަކުރީ. ދެން އާމީހަކު އަންނަންވީ. ވެރިކަމާ މަސްތުނުވެ ހުރި ، ރައްޔިތުންނައިގެން އުޅޭނެ ވެރިއަކު ބޭނުންވަނީ. މައްސަލައަކީ ވެރިކަމުގެ ނިޒާމެއް ނޫން. މައްސަލައަކީ ކުފޫ ހަމަނުވާ ސިޔާސީ '' ލީޑަރުން'' ނޭ ކިޔައިގެން އުޅޭ ބައިގަނޑު
ވަހުތާން
19 April 2021
ފޮރިން މިނިސްޓަރު ގެންދެވީ މިކަން ކުރުމަށްތާ
ޑިމޮކްރަސީ
19 April 2021
ރައްޔިތުންގެ ބަސް މިހާރު އެބުނީ މިޤަވްމުގެ ރައްޔިތުންގެ އައްޕަ ގުބޯ ރާއްޖެ
ހަސަނޭގެދަރި
19 April 2021
ރަ އްޔިތުންގެ ވޯޓަކުން ނިންމިގޮތް ނޭނގެނީބާ. ނޫނީ ވެރިކަމަށް ނާދެވިގެން މޮޔަވެގެން އުޅޭ ނަޝީދުގެ އަވަ އިގަ ޖެހިފަހުރި ގުނބޯލަކީތަ؟
ޙިނި
19 April 2021
ރަންގަޅު، ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުންނައް. އަލުން ފެންނަ ނުފެންނަ ވޯޓަކައްދާ ފެނޭ.
ރައްޔިތުސޮރު
19 April 2021
ބައެއްފަހަރު އެއްމެ ކޮރަޕްޓް މީހާވެސް އެއްމެ ރަނގަޅު ބަސްބުނެ އުޅޭ
ފަހިރޯޅި
19 April 2021
ނަޝީދު ބޭނުންހާގޮތަކަށް ގައުމުގެ ސިޔާސީ ދުސްތޫރު އަނބުރައެއް ނުލެވޭނެ އެވެ. ނަޝީދަށް އޮތީ ކެތްތެރިވުމެވެ. ބުއްދި ނެތް އަންހެން ވެލާ އަތުލާކަށް ފަސޭހައެއް ނުވާނެ އެވެ. އެހެންނަމަވެސް އެއް ފިރިހެން ވެލާއަށް އަންހެން ވެލާ އަތުލައިގަނެވިފަ އޮތްތައް ފެނިއްޖެ ނަމަ ދެން ފެންނަ ހުރިހާ ފިރިހެން ވެލާތައް ކެތްތެރިވެ ތިބޭނީ އެވެ. އަރާއޮތް ވެލާ އަލާ ކެނޑުމުން ފޭބީމަ އަރަނީ އެވެ. ނަޝީދަށްވެސް އޮތީ ކެތްތެރިވުމެވެ.ކޮއްޓާލާފަ އަރާހުރި މީހާ ފައިބަން ބުނުމެއް ނެތް
ބޮޑުމީހާ
19 April 2021
މި ގައުމުގައި ރައީސަކު ހޮވާފަހުރުމުގެ ބޭނުމަކީ ކޮބާބާ؟ ފިލާ އޮވެގެން ކީރިތި ކުރެއްވުން ނޫން ކަމެއް ނެތީތަ!
ކޮއްކަލެފުތާ
19 April 2021
ރާއްޖެތެރ ތަރައްގީވާނީ ކޮން ސިސްޓަމަކަށްވެރިކަން ކޮށްގެންބާ ؟ މިހާތަނަށް ކުރީ ކޮންގޮތަކަށްބާ؟ ޗޭންޖް މެނޭޖްމަންޓް އިޝޫތައް ހަޖަމްކުރުން އުނދަގޫވާނެ. ؟ ކޮރަޕްޝަން އެންމެބޮޑަށް ނަތްތާލެވޭނީ ކޮންގޮތަކަށް ވެރިކަންކޮށްގެންބާ؟؟ މިހާތަނަށް ކޮރަޕްޝަން ފާޅުކޮށް ހިންގިބާ ؟ އެމީހުންވެސް ހަމަ ނޭނގެނީބާ؟