ޚަބަރު / ރައީސް އޮފީސް

ކެބިނެޓަށް ބަދަލު ގެންނަނީ މިގޮތަށްތަ؟

ރައީސްގެ ވަޒީރަކަށް ހުންނެވި ބޭފުޅަކު، ބޭނުން ވަގުތެއްގައި ވަކިކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވާ. އެކަމަކު، މިކަން ކުރުމުގައި ވެސް ހަރުދަނާ ސިޔާސަތެއް އޮންނަން ޖެހޭ.

މީގެ ކުރިން ބޭއްވި ނިއުސް ކޮންފަރެންސްގައި ޒަހާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެބިނެޓަށް ބަދަލުތައް ގެންނާނެ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށް، ފިޝަރީޒް މިނިސްޓަރުގެ މަގާމުން ޒަހާ ވަހީދު ވަނީ ވަކިކުރައްވައިފަ އެވެ. ނަމަވެސް މިކަން މި ހިނގީ ސުވާލު އުފެދޭ ގޮތަކަށެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމްއާރުއެމްގެ ސްލޮޓުގައި މިނިސްޓަރުކަމުގައި ހުންނެވި ޒަހާ މަގާމުން ވަކިކުރަައްވައި ރައީސް އޮފީހަށް ބަދަލުކުރެއްވިކަން ރޭގެ ދަންވަރުގެ ވަގުތެއްގައި އޭނާ އަށް ގުޅުއްވައި އެންގެވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރެވެ.

ރައީސްގެ ވަޒީރަކަށް ހުންނެވި ބޭފުޅަކު، ބޭނުން ވަގުތެއްގައި ވަކިކުރުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ. އެކަމަކު، މިކަން ކުރުމުގައި ވެސް ހަރުދަނާ ސިޔާސަތެއް އޮންނަން ޖެހެ އެވެ. ނަމަވެސް ކޮވިޑުގައި ގައުމު ހަލަބޮލިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު ކުއްލިއަކަށް ދަންވަރުގެ ވަގުތެއްގައި ވަކިކުރުމުން އެކަމުގައި އެއްވެސް އުސޫލެއް ނެތްކަން އެނގެ އެވެ. ހާއްސަކޮށް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހު، ސަރުކާރަށް ލިބުނު "ބަލި" ނަތީޖާގެ އަލީގައި ސަރުކާރަށް ބައެއް ބަދަލު ގެނައުމަށް ކޯލިޝަން ޕާޓްނަރުންނާއެކު މަޝްވަރާ ފަށާފައި ވަނިކޮށް، ޒަހާއާ މެދު ކަންކަން ކުރި ގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތެވެ.

ގދ. ތިނަދޫގައި 2019 ވަނަ އަހަރު ބޭއްވި ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އޭރު ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

މިއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު އިދިކޮޅުގައި އޮތް އެމްޑީޕީގެ ފާޑުކިޔުން އަމާޒުވި އެއް ކަންތައްތަކެވެ.

މި ކަމުގައި ރައީސް އޮފީހުންނާއި ޒަހާ ވެސް ވާހަކައެއް ނުދެއްކެވި އެވެ. އެކަމަކު ޒަހާ މިއަދު މިނިސްޓްރީ އަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވައި އެ ތަނުން ވަޑައިގަންނަވަނީ ކަމަށް ވިދާޅުވެފައި ވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ޒަހާއާ ގުޅޭ ކަންތައްތަކުގައި މިވަގުތު އޭނާގެ އެއްވެސް ކޮމެންޓެއް ނެތް ކަމަށެވެ. އެ އޮފީހުގެ ވަޒީފާ އަށް ޒަހާ ނުކުންނަވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ވިދާޅެއް ނުވި އެވެ.

ޔާމީންގެ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު، ނަން ނުޖެހުމަށް ޝަރުތު ކުރައްވައި ވިދާޅުވީ، މެސެޖަކުން ވެސް ވަޒީރަކު ވަކި ކުރެވިދާނެ ކަމަށެވެ. އެކަމަކު، ދަންވަރު ކަހަލަ ވަގުތެއްގައި މަގާމުން ވަކިކުރާނީ ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި ކަމަށް ވިދާޅުވި އެވެ.

"މިއީ ރީތިކޮށް ވެސް ގެންދެވިދާނެ މައްސަލައެއް. އެކަމަކު ދަންވަރު ގުޅުއްވާފައި އެ ގޮތަށް މަގާމުން ވަކިކުރި ވާހަކަ އަޅުގަނޑަށް އަޑުއަހާކަށް ފަސޭހައެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކެބިނެޓަށް ބަދަލު ގެންނައިއިރު އާންމުކޮށް ކަން ހިނގަނީ މިހެންނެއް ނޫނެވެ. ވަޒީރަކު ވަކިކުކުރަނީ ނުވަތަ އެހެން މަގާމަކަށް ބަދަލުކުރިކަން އިއުލާނު ކުރަނީ ވެސް އާ ވަޒީރުން މަގާމާ ހަވާލުވެވަޑައިގެން، ހާއްސަ ރަސްމިއްޔާތަކާ އެކުގަ އެވެ. އެކަމަކު ޒަހާ ވަކިކުރި ގޮތް ބޮޑަށް ސިފަވީ ކުއްލިއަކަށް ދިމާވި ކަމެއްގައި މީހަކު ވަޒީފާއިން ވަކިކޮށްލި ގޮތަށެވެ. އެންމެ ކުޑަމިނުން ޒަހާ މިހާރު ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައިތޯ ވެސް ތަރުޖަމާނަށް ވިދާޅުވާކަށް ކެރިވަޑައެއް ނުގަތެވެ.

ޒަހާ މަގާމުން ވަކިކުރައްވާފައިވާއިރު، މަސްވެރިންގެ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލެއް ނުގެނެސްދެވޭ ކަމުގެ ޝަކުވާތަކާ އެކު އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެ ފަހަރެއްގެ މަތިން ހުށަހެޅި އެވެ. ނަމަވެސް އެއްވެސް މައްސަލައެއް ކުރިއަކަށް ނުދިޔަ އެވެ.

ފިޝަރީޒް މިނިސްޓަރުކަމަށް ދެން ވަޑައިގަންނަވާނީ، އެނގިފައިވާ ގޮތުގައި ޖޭޕީގެ ސްލޮޓުގައި އެންވަޔަރްމަންޓު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަނަށެވެ. އެންވަޔަރްމަންޓް މިނިސްޓަރަކަށް އައްޔަންކުރަން ނިންމާފައިވަނީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެވެ.

ޓެލެކޮމިއުނިކޭޝަން މިނިސްޓަރުކަމަށް ވެސް ވަރަށް އަވަހަށް ބޭފުޅަކު އައްޔަންކުރާނެ ކަމަށް ވެ އެވެ. އެ މަގާމަށް ޖޭޕީން ވަނީ، ވިލާ ކޮލެޖުގެ ޑިރެކްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ކިނާނަތުގެ ނަން ފޮނުއްވައިފަ އެވެ.

އެ މަގާމުތަކަށް މިދިޔަ އާދިއްތަ ދުވަހު ބަދަލު ގެންނަން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެކަން ލަސްވެގެންދިޔައީ އެވެ.

ރައީސް އޮފީހުގެ މިިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކެބިނެޓަށް ބަދަލު ގެންނާނީ ކޯލިޝަންގެ ލީޑަރުންނާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ކުރައްވަމުން ގެންދަވާ ކަމަށް މަބްރޫކް ވިދާޅުވެފައި ވެ އެވެ. ނަމަވެސް ޒަހާއާ މެދު ކަން ކުރި ގޮތުން އެ މަޝްވަރާގެ މިސްރާބާ މެދު މިހާރު ސުވާލު އުފެދެ އެވެ.

45 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 8%
icon angry icon angry 52%
icon wow icon wow 16%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނބޫ

06 May 2021

ކަލޭމެންގެ ސަރުކާރަކީ ވަރަށް ހަޔާތްކުޑަ ސަރުކާރެއް.

The name is already taken The name is available. Register?

ފަގުޑި

05 May 2021

އެމްޑީޕީއަކީ އެއްމެ ބޮޑު ޕާޓީ. އެކަމަކު މަތިންފެށިފެން ތިރިއަށް އެއްކޮށްވެސް ހަމަހުސް ސޮހޮލުން!!! ފަޚުރުވެރިއެއް ނުވަން އެކަމަކު ހަމަ ހަގީގަތް!

The name is already taken The name is available. Register?

ކައުންސެލަރު

05 May 2021

ސުރުޚީ މުޅިން ނުބައި. ސުރުޚީ އަކަށް ވާންޖެހޭނީ " މިސަރުކާރުން ވަޒީރުން ވަކިކުރާނީ މިހެން. އެނގިއްޖެ. ކަޑަ؟" މިސުރުޚީ އަށް ބަދަލުކޮށްލާ އަވަހަށް.

The name is already taken The name is available. Register?

ކުލޫނީ

05 May 2021

ކޮބާ މިހާރަކު މީހަކު ހަނދާނެތް ނުވާނެ އޮޑިޓަރު މެސެޖަކުން ވަކިކުރި ދުވަހެއް... އިބޫވެސް ރަނގަޅެކޭނޫން މި ބުނަނީ... ރުހުމުގެ ލޮލައް އައިބު ނުފެންނަ ވާހަކަ މި ދައްކަނީ...

The name is already taken The name is available. Register?

ކޮރަލް

05 May 2021

2023 ގެ ކުރީން އެމްޑީޕީ އަށް އެއްކޮށް ބަދަލު ކުރަނީ މަޑު މަޑުންނެވެ. ފަހަރަކު މަރު ހަލާ އެކެވެ

The name is already taken The name is available. Register?

އިޙްސާސް

05 May 2021

އެހެން މީހެއްގެ ގޮތެއް ބުނާކަށް ނޭންގޭ. އެކަމަކު އަހަރެނ މިހާރު ދެރަވެ ހިތާމަކުރަން ރައިސް ސޯލިޙްއަށް ވޯޓްދެވުނީމަ. ޒިންމާ އަދާނުކުރިއަސް ކޮންމެ މީހަކަށްވެސް ހަމައާއި އިންސާފުން އަދި ކޮންމެސްވަރެއްގެ އިޙްތިރާމެއް އޮވެގެން ކަންކަންކުރަންވެއްޖެ. މިގޮތަށް ކަންތަށް ކުރީމައި ނެތިދަނީ އެންމެ މީހެއްގެ ހައްގެއްނޫން. އެކަކު އަނެކަކަށް އިހްތިރާމް ކުރަން ބާރުއަޅަން ތިބި މީހުން މިގޮތަށް އަމަލުކުރާނަމަ މި ދެއްކެނީ ކިހާ ހުތުރު ނަމޫނާ.

The name is already taken The name is available. Register?

ބޮޑުމީހާ

04 May 2021

ހުރިހާވެސް މައްސަލައަކީ ހޮވާފަ ހުރި ވެރިމީހާ. މިނިސްޓަރު ބަހައްޓާކަށް ނުކެރޭ، ވަކި ކުރާކަށް ނުކެރޭ، ކޯލިޝަނުން ދުރުވާން ބޭނުން، ދުރަށްދާކަށް ނުކެރޭ، ރައްޔިތުންނަށްވުރެ ގާސިމް އަދި މައުމޫން ރުއްސޭތޯ އުޅެނީ. ވާއެއްނުވާއެއް ނޭގޭ ރައީސެއް

The name is already taken The name is available. Register?

ސަލާން

05 May 2021

ނޫން ނޫން އެހެން ނުބުނޭ!! އަނެއްކާ ރޯންފަށާފާނެ

The name is already taken The name is available. Register?

ކކކކކކ

06 May 2021

ދެބަންދިހާރެއްތަ؟

The name is already taken The name is available. Register?

އަށްގޮދާ

04 May 2021

މިއީ ވަރަށްވެސް ވައި ސަރުކާރެއް... ބުނެވިދާނެ ފަޑުއްކަ ސަރުކާރެކޭވެސް... ޑިސިޝަނެއް ނަގާ ކަށް ނުކެރެ. ބަލަ ރައީސް އަކީ މިގައުމުގެ ވަލީޔުލް އަމުރު... އޭނާއަކީ އެއިރަކު ނިންމަން ޖެހޭ ނިންމުންތަށް ނިންމާމިހާ..... (ދީނާ ހިލާފު ނިންމުމެއް ފިޔަވާ)... އެއަށް ދެންތިބިމީހުން އިހުތިރާމް ކުރަން ޖެހޭ... (މައުމޫން ރުއްސައިގެން، ނަޝީދު ރުއްސައިގެން ވެރިކަމެއް ނުކުރެވޭނެ.

The name is already taken The name is available. Register?

ކެޔޮޅާ

05 May 2021

މީ ރަސްކަމެއްނޫން. ޖުމްހޫރީ ވެރިކަމެއް. މުއައްސަސީ ވެރިކަމެއް. "ބޮޑުވަލިއްޔުލްއަމްރު" ނުހެދެވޭނެ. ނުހެދިވެސް ލީޑަރޝިޕާ ހިންގުންތެރިކަން ދެއްކެންވާނެ.

The name is already taken The name is available. Register?

ވަހާ

04 May 2021

މަސްވެރިކަމުގެ ކަންތައް ހައްލުނުވެގެން ކަމާބެހޭ މިނިސްޓަރު ވަކިކުރާނަމަ ކޮވިޑް ކަންތައް ބޮއްސުންލައިގެން ގޮސް އަދި އޭގެ މައްޗަށް ދޮގުހަދާތީ އެކަމާ ބެހޭ މިނިސްޓަރުވެސް ވަކިކުރަންޖެހޭ. އެތައް ބައެއްގެ ފުރާނައާ އެ ކުޅެވެނީ ވެކްސިންގެ 2 ވަނަ ޑޯޒް ހަމަނުޖެއްސުނީމަ.

The name is already taken The name is available. Register?

20000

04 May 2021

ބޮޑުވަޒީރުގެ އުދަގުލާ ހެދި ގައުމު ހިންގޭކަށް ނެތް. ޒަހާ ވަކިކޮށްފައި ނޫނީ ރައީސް ނިދިޔަވެސް ނުދިނީ ކަން ނޭގެ........... ގައުމު ހަކުރާ ޖަހާކާލައިފި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454